ވިމެން އިން ޓެކް މޯލްޑިވްސްގެ މެންޓަރިންގ ޕްލެޓްފޯރމް ވިމެންޓަރސް ލޯންޗްކޮށްފި

ވިމެން އިން ޓެކް މޯލްޑިވްސް އިން "ވިމެންޓަރސް" ޕްލެޓްފޯރމް ތަޢާރަފް ކޮށްފިއެވެ. މިޕްލެޓްފޯމަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިޔުމުގެ އެކި ފުރުސަތުތަކާއި ހުނަރު ހޯދުމަށާއި މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުވާލައިދޭނެ ޕްލެޓްފޯރމްއެކެވެ. މީގެ އިތުރުން މިޕްލެޓްފޯމުގައި ވަޒީފާތަކުގައި ކުރިއަރަން ބޭނުންވާ މުވައްޒަފުންނާއި އަދި އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް ދާއިރާއާއި ގުޅުން ހުރި އިރުޝާދުތަކާއި، އެ ފަރާތްތަކުގެ އަމިއްލަ ތަޖްރިބާ އަދި ޢިލްމު ހިއްސާ ކުރެވޭނެއެވެ.

މި ޕްލެޓްފޯރމްގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުގެ އިރުޝާދު ލިބިގަނެވޭނެ ފުރުސަތުފަހިކޮށްދިނުމާއި ، މެންޓަރސްގެ ގޮތުގައި ދާއިރާގައި ހަރަކާތްތެރިވާ މީހުން ފީޗަރކުރުމާއި، އަދި އެއް ތަނަކުން ދާއިރާއާއި ގުޅުން ހުރި އެކިއެކި ފުރުސަތުތައް އާއްމު ފަރާތްތަކަށް ފެންނާނެ ގޮތް ހެދުން ހިމެނެއެވެ.

މެންޓަރސްގެ ގޮތުގައި ޓެކޮންލޮޖީ ދާއިރާގެ ފަންނީ މީހުން ލިސްޓުކޮށް އެމީހުންގެ މަސައްކަތުގެ ދާއިރާގެ މައުލޫމާތު ހިމަނާލާފައިވާ މެންޓަރސް ލިސްޓިންގް އެއް މި ޕްލެޓްފޯރމުގައި ހިމެނެއެވެ. އަދި މި ލިސްޓު ފުޅާކޮށް ތަފާތު ހުނަރުވެރިން އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްލެޓްފޯރމު ތައާރަފު ކުރިއިރު ޓެކްނޮލޮޖީދާއިރާގެ ވަޒީފާއަކަށް ދާއިރު ޓެކްނިކަލް އިންޓަރވިއުއަކަށް ތައްޔާރު ވާނެ ގޮތުގެ ޕްރޮގްރާމެއްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ވިމެންޓަރސް އަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އައު ޖީލެއް ބިނާކުރުމުގެ ހިޔާލުގެ މައްޗަށް، 2020 ވަނަ އަހަރުގައި ޔުނިސެފް ސައުތު އޭޝިޔާ އިން އިންޓަރނޭޝަލް ޑޭ އޮފް ދަ ގާލް ޗައިޑް އާއި ގުޅިގެން ސައުތު އޭޝިއާ އަށް ޚާއްސަކޮށްގެން ބޭއްވުނު ޗެލެންޖަށް ހުށަހެޅުނު ޚިޔާލެއްގެ މައްޗަށް އުފެއްދުނު ޕްލެޓްފޯމެކެވެ. މި ޗެލެންޖްގައި ވިމެންޓަރސް ޕްލެޓްފޯރމްގެ ޕްރޮޕޯސަލް އަށް ވަނީ 02 ވަނަ ލިބިފައެވެ. ވިމެންޓަރސް އުފެއްދުމަށް ޔުނިސެފްގެ ސައުތު އޭޝިޔާގެ ރީޖަނަލް އޮފީހާއި ޔުނިސެފް މޯލްޑިވްސް އިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ.

ވިމެންޓަރސް ވުޖޫދަށް އައީ އަންހެނުންނައި އަންހެންކުދިންނަށް ހާއްސަ ކޮށްގެން ނަމަވެސް، މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުން ދެ ޖިންސަށް ވެސް މި ޕްލެޓްފޯރމްގެ ތެރެއިން، ވަޒިފާތަކަށް ޚާއްސަވާ އެކިއެކި ހުނަރުތައް، ވަޒީފާ އަށް އަލަން ނިކުންނަ އިރު ބޭނުންވާ އެކިއެކި ހުނަރުތައް، ޓެކްނޮލޮޖީދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަސްކޮށްދިނުމާއި ގައިޑެންސް ދިނުމާއި އިލްމާއި އަދި ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުސްތަގުބަލުގައި ވިމެންޓަރސް (womentors.mv) ފުޅާކޮށް ސައިންސް އިންޖިނިއަރިންގް އަދި މެތަމެޓިކްސްގެ ދާއިރާއިންވެސް ފުރުސަތު ހުޅުވާލާނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއަކީ، ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށާއި މިދާއިރާގައި އަންހެން ކުދިން މަސައްކަތް ކުރުމަށް ބާރުއެޅުމަށާއި އަދި މިދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތްތައް ހިއްސާކޮށް ފާހަގަކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ އެންމެ މުހިއްމު ބޭނުމަކީ މިދާއިރާއިން ލިބެން ހުރި ފުރުސަތުތައް ހާމަކޮށް އަދި މިދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އަދި މީގެ ސަބަބުން އަންހެނުން ކުރިއަރާ އަދި މުޖުތަމަޢަށް ފައިދާ ހުރި ކަންތައްތަކެއް ކޮށްދިނުމެވެ.


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.