މެޓައިން އެޕަލް ވޮޗްގެ ވާދަވެރިޔާ އުފެއްދުން ހުއްޓާލައިފި

ޢާއިޝަތު ޝައިހާ 19 ޖޫން 2022

މެޓަ ސްމާޓްވޮޗް އުފެއްދުމަށް ހުއްޓުމެއް އައިސްފައި ވާކަމަށް، ނަން ހާމަނުކުރުމަށް އެދިފައިވާ "ކަމާއި ގުޅޭ މައުލޫމާތު އެނގޭ" ފަރާތަކާއި ހަވާލާދީ ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ.

ފޭސްބުކްގެ ބެލެނިވެރި ކުންފުނިން މިކަން އަދި ޔަގީންކޮށްދީފައި ނުވެއެވެ. އެ ކުންފުނިން ދިޔައީ އެޕަލް ވޮޗްއާއި ސެމްސަންގްގެ ގެލެކްސީ ވޮޗްއާއި ވާދަވެރި ސްމާޓްވޮޗެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެފަރާތުން ވަނީ ބްލޫމްބާގްގެ ވާހަކަތަކަށް ދެކޮޅު ހަދާފައެވެ. ކަންމިހެން އޮތް ނަމަވެސް، ބްލޫމްބާގްއިން ބުނާ ގޮތުގައި، މެޓައިން ވަނީ، މިލާން ކިޔާ ކޯޑް ނަމެއް ވާ ސްމާޓްވޮޗެއް ތައްޔާރުކުރުމަށް "ފާއިތުވި 2 އަހަރުގެ" ތެރޭގައި މަސައްކަތް ކުރަމުންނެވެ.

ރިޕޯރޓުތައް ގޮތުގައި މެޓައިން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ބަހާރު މޫސުމުގައި 350 ޑޮލަރަށް އޭގެ ސްމާޓްވޮޗެއް ނެރުމަށެވެ. ނަމަވެސް "މިދިޔަ ހަފްތާގެ ތެރޭގައި މި ޑިވައިސް އުފެއްދުމުގެ މަސައްކަތް އިތުރަށް ކުރިއަށް ނުދާނެ ވާހަކަ" ވަނީ މަސައްކަތްތެރިންނަށް އަންގާފައެވެ.

ބްލޫމްބާގްއިން ބުނާ ގޮތުގައި އެފަރާތަށް ވަނީ މެޓަ ވޮޗްގެ ޕްރޮޓޮޓައިޕްތަކުގެ ތަސްވީރުތަކާއި މަންޒަރުތައް ފެނިފައެވެ. އެ ސްމާޓްވޮޗްގައި އެޕަލް ވޮޗް ޒީރޯއާއި ވާދަކުރުމަށްޓަކައި ދެ ކެމެރާ ވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. މި ޑުއަލް ކެމެރާ ފަރުމާގައި 5 އެމްޕީ ކެމެރާއެއް ގަޑީގެ މޫނުމަތީގެ ދެކުނުގައި ހަރުކޮށްފައި ވާއިރު، ގަޑި އަޅާ ފަރާތުގެ އަތާއި ދިމާވާނެހެން ގަޑީގެ ފަހަތުގައި 12 އެމްޕީގެ ކެމެރާއެއްވެސް ވެއެވެ. މައުލޫމާތު ލިބުނު ގޮތުގައި، މި ކެމެރާތައް މައްސަލައިގައި ހިއްސާވެއެވެ.

ބްލޫމްބާގްގެ ފަރާތަކާއި ހަވާލާދީ އެނގޭ ގޮތުގައި، މެޓަ ކެމެރާގެ ފަހަތު ކެމެރާއިން މީހުންނަށް ބޭރު ދުނިޔޭގެ ފޮޓޯ ނެގުމުގައި އެހީވެދެއެވެ. ނަމަވެސް، ބްލޫމްބާގް އިން ބުނާ ގޮތުގައި، ކެމެރާގައި "މައްސަލަ ޖެހެން" ފެއްޓީ އިލެކްޓްރޯމަޔޯގްރަފީގެ ސަބަބުންނެވެ. މިއީ ފޭސްބުކްއިން އެ ބޭނުންކުރާ ފަރާތްތަކުގެ ނާރުގެ ސިގްނަލުތައް ގަޑިއަށް އަންގާ އެންގުންތައް ބަދަލުކޮށްދޭ ޓެކްނޮލޮޖީއެކެވެ. ފޭސްބުކްއިން ވަނީ މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި އަތުގެ ބޮޑުވާ އިނގިއްޔާއި މެދު އިނގިލި ޖައްސާ ފިއްތާލުމަށްފަހު ދޫކޮށްލަމުން 'ކްލިކް' ކޮށްލުމާއި، ވާޗުއަލް ކީބޯޑުގެ އިތުރުން އޮގްމެންޓެޑް ރިއަލިޓީއަށް ވަނުމަށް ފުރުސަތު ދިނުން ހިމެނެއެވެ.

ބްލޫމްބާގްއިން ވަނީ މެޓަ ވޮޗް އުފެއްދުން ހުއްޓިގެން ދިޔުމުގައި އިގްތިސާދުން އަދާކޮށްފާނެ ދައުރުވެސް ފާހަގަކޮށްފައެވެ. މެޓަގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭޕްރިލް މަހު ލިބުނު އާމްދަނީގެ ސަބަބުން، 2022 ވަނަ އަހަރު ކުރާ ޚަރަދުގެ އަންދާޒާ ވަނީ 97-92 ބިލިއަން ޑޮލަރުން 95-90 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. މެޓައިގެ އޭއާރް / ވީއާރް "މެޓަވާސް" އަށް ބޮޑަށް ސަމާލުކަން ދޭ، އަދި ބްލޫމްބާގްއާއި ހަވާލާދީ ބުނާ ގޮތުގައި ސްމާޓްވޮޗް އުފައްދަމުން އައި މެޓައިގެ ރިއަލިޓީ ލެބް، 2022 ވަނަ އަހަރުގެ ދެވަނަ އަށް އެންމެ ބޮޑު އެކްސްޕެންސް ގްރޯތް ޑްރައިވަރަށް ވެގެން ދާނެ ކަމަށް މެޓައިން އަންދާޒާކުރި ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. މެޓައިން މޭމަހުގައި ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ޚަރަދުތަކުގެ ސަބަބުން ރިއަލިޓީ ލެބުން ވަނީ ބައެއް ޕްރޮޖެކްޓުތައް ކެންސަލުކޮށް އަނެއްބައި ޕްރޮޖެކްޓުތައް ފަހަތަށް ޖައްސާލާފައެވެ.

މެޓައިގެ އުފެއްދުމެއް އަތުކުރީގައި އަޅާލަން ބޭނުންވާނަމަ އަދިވެސް އުއްމީދު އެބަ އޮތެވެ. ބްލޫމްބާގްއިން ބުނާ ގޮތުގައި މެޓައިން "އަތުކުރީގައި އަޅާ އެހެނިހެން އުފެއްދުންތައް" އުފެއްދުމައިގެން ކުރިއަށް ދާނެ ކަމަށާއި، އަދި ސްމާޓްވޮޗް ދިރާސާކޮށް އުފައްދާ ފަރާތްތަކުން އޭގެ ސިފަތައް އެހެން އުފެއްދުމެއްގެ ތެރެއަށް ލުމަކީ އެކަށީގެންވާ ކަމެކެވެ.

ބްލޫމްބާގް އިން އިތުރަށް ބުނާ ގޮތުގައި، މި ސިފަތަކުގެ ތެރޭގައި، ރަން ކުލައިގެ ކޭހެއްގެ، ބަދަލުކޮށްލެވޭ ގަޑީގެ މޫނުމައްޗަކާއި، ކޭހުގައި އޭގެ އިތުރުން ދެ ފިތަކާއި އީސިމް ލައްވާލެވޭނެ ޖާގައިގެ އިތުރުން، ސްޕޮޓިފައި، ވަޓްސްއެޕް، އިންސްޓަގްރާމް ސްޓޯރީ އެޕް، ހަރަކާތްތެރިވާ މިންވަރާއި، ހިތުގެ ހިނގުމާއި ނޭވާލުން ބަލަހައްޓާ އެޕްތަކުގެ އިތުރުން، ތަސްވީރުތަކާއި ކަލަންޑަރު އެޕްތަކުގެ އިތުރުން 18 ގަޑިއިރު ހިފަހައްޓާލާ ބެޓަރީއެއް ހިމެނެއެވެ.

ބްލޫމްބާގްއާއި ހަވާލާދީ އެނގޭ ގޮތުގައި، ވާން އުޅުނު އެޕަލް ވޮޗްގެ ވާދަވެރިޔާގައި އެކުއެކީގައި ހިމެނޭ އެޕް ސްޓޯއެއް ނެތުމުން، ބޭނުންކުރާ ފަރާތްތަކުގެ އަތުގައި އެކަން ބެލެހެއްޓުމަށްޓަކައި ފޭސްބުކް އެކައުންޓެއް އޮންނަން ޖެހޭނެއެވެ.

އެންމެ ފުރަތަމަ މެޓަ ވޮޗްގެ ޕްރޮޓޯޓައިޕް ތަސްވީރެއް ފެނިފައި ވާކަމަށް ދެކެވިފައި ވަނީ ފޭސްބުކް ވިއު އެޕްގައި، އޮކްޓޯބަރު މަހު ރޭބަންގެ ސްމާޓްސަންގްލާސް ތަކުގެ ސްޓޯރީތަކުގެ ތެރެއިންނެވެ. މިއީ 2021 ވަނަ އަހަރުގެ ޖޫން މަހުގައި ދަ ވާޖް އިން، ފޭސްބުކް އިން ދެ ކެމެރާގެ ސްމާޓްވޮޗެއް ތައްޔާރުކުރަމުން ދާ ކަމަށް ބުނި ބުނުމަށް ފަހުގައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.