ސައިންސްވެރިން އިންސާނާގެ ހަންގަނޑެއް ހަދަނީ

ފުރަތަމަ ފަހަރަށް އިންސާނާގެ ސެލްތައް ބޭނުންކޮށްގެން ރޮބޮޓިކް އިނގިލީގައި ދިރިހުރި އިންސާނެއް ފަދަ ހަންގަނޑެއް ހެދުމަށް ސައިންސްވެރިއް ދަސްކުރި ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ރޮބޮޓް އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ އާޓިފިޝަލް ހަންގަނޑާ ހިލާފަށް މި ހަންގަނޑު ދިރިހުރި ކަމަށް ޔުނިވާސިޓީ އޮފް ޓޯކިޔޯގެ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ސައިންސްގެ މެކޭނިކަލް އެންޑް ބަޔޯފަންކްޝަނަލް ސިސްޓަމްސްގެ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޕްރޮފެސަރު ލީޑް ދިރާސާ ލިޔުންތެރިޔާ ޝޯޖީ ޓަކެއުޗީ ވިދާޅުވި އެވެ. އަދި މި މެޓީރިއަލް އަކީ ލެބުގައި ހެދިފައިވާ ކޯޓިންގ އެއް ކަމުން ފެން ދުރުކޮށް، ހަރަކާތްތެރިވާއިރު ރިއްސުން ފަދަ ކަންކަން ކުރިމަތިވެފައިވެއެވެ.

ބަޔޯމެޓީރިއަލް ބޭނުންކުރުމުގެ ފައިދާއަކީ އަމިއްލައަށް މަރާމާތު ކުރެވޭ އަދި ވަރަށް ނާޒުކު އެއްޗެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި "ހަން" ޓްރާންސްޕްލާންޓް ކުރުމާއި، ކޮސްމެޓިކް ކުރުމާއި، ބޭސް ޓެސްޓް ކުރުމަށް ނުވަތަ ޕްރޮސްތެޓިކް އަތްފައި ނިވާކުރުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށްވެއެވެ.


އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.