އަލްޓްރާ-ރިއަލިސްޓިކް ވީއާރް ޑިސްޕްލޭޕް ޕްރޮޓޯޓައިޕްތައް މާކް ޒުކަބާގް ދައްކާލައިފި

އަޙްމަދު ދާއޫދު 21 ޖޫން 2022

މެޓާގެ ސީއީއޯ މާކް ޒުކަބާގް ގެންދަވަނީ ޒުކަބާގް ފަދަ ބޮޑެތި ޓެކް ލީޑަރުންގެ ނަޒަރުގައި ސައިންސް ފިކްޝަން އިން ރިއަލިޓީއަށް ވަރަށް އަވަހަށް ބަދަލުވުމަށްޓަކައި މެޓާވާސް އަށް ކުއާޓަރަކަށް ބިލިއަން ޑޮލަރު ޚަރަދު ކުރައްވަމުންނެވެ. އަދި މިހާރު ޒުކަބާގް ދަނީ ވާޗުއަލް ރިއަލިޓީ ތަޖުރިބާތަކަށް ހައި އެންޑް ޑިސްޕްލޭތަކުގެ ދާއިރާއިން އެ ކުންފުނިން ހޯދަމުންދާ ބައެއް ކުރިއެރުންތައް ހާމަކުރަމުންނެވެ.

މެޓާވަރސްގެ ފަހުގެ އުފެއްދުންތަކަށް ޒުކަބާގް ކުރަމުންދާ ޚަރަދުތަކާއި، ކުރާ މަސައްކަތަށް އެހެން މީހުން މަލާމާތް ކުރާއިރު، ޒުކަބާގް ދަނީ އަންނަ ޖީލުގެ ކޮމްޕިއުޓިން ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ނަމުގައި މިފަދަ ގޮންޖެހުންތަކުން ދުރުވާން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޒުކަބާގް މިހާރު ސާބިތުކޮށްދެވޭތޯ ބަލަމުން އެދަނީ އޭނާގެ ފަހުގެ ޓެކްނޮލޮޖީތަކަށް ކުރަމުން އެދަނީ ބޭކާރު ޚަރަދުތައް ނޫންކަމެވެ.

އެކަން ސާބިތުކޮށްދިނުމަށްޓަކައި ހައި އެންޑް ޕްރޮފެޝަނަލް އަދި ކޮންސިއުމަރ ހެޑްސެޓެއް މިއަހަރުގެ ފަހުކޮޅު ތައާރަފްކުރާނެކަން އޭނާވަނީ އިއުލާންކޮށްފައެވެ.

މިއަދު އޭނާ އެ ތައާރަފްކުރި ވީއާރު ހެޑްސެޓްތަކުން ރަނގަޅު 3ޑީ ވިޝުއަލް ތަޖުރިބާތަކެއް ލިބޭނެއެވެ. ނަމަވެސް އަދިވެސް އެ ތަޖުރިބާ ހަގީގީ ދުނިޔޭގައި ފެންނަ ކަންކަމާ އެތައް ގޮތަކުން ތަފާތު ކަމަށް ޒުކަބާގް ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޒުކަބާގް ހިއްސާކުރި މެޓަވާސްގެ ވައުދު ފުއްދުމަށްޓަކައި މެޓާއިން ބޭނުންވަނީ މީގެ ކުރިން ނުފެންނަ ވައްތަރެއްގެ ވީއާރު ޑިސްޕްލޭ ސިސްޓަމެއް ބިނާކުރަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"ފިޒިކަލް ދުނިޔެ ފަދައިން ދިރުމާއި ރިއަލިސްޓިކް 3ޑީ ޑިސްޕްލޭތައް ހެދުމަކީ ބައެއް ގޮންޖެހުންތައް ހުރިކަމެއް، އެކަމަކު އެއީ ހައްލުކުރަން ޖެހޭ ކަމެއް،" ޒުކަބާގް ވިދާޅުވި އެވެ. “އަހަރެމެން ޖިސްމާނީ ގޮތުން ކަންކަން ގަބޫލުކުރާ ގޮތާއި، އަހަރެމެންގެ ސިކުނޑިއާއި އަހަރެމެންގެ ލޮލުން ފެންނަ ސިގްނަލްތައް ޕްރޮސެސްކުރާ ގޮތާއި، އަހަރެމެންގެ ސިކުނޑިން އެކަންކަން މާނަކޮށް ދުނިޔޭގެ މޮޑެލްއެއް ބިނާކުރާ ގޮތާ ބެހޭ ކަންތައްތަކެއް އެބަހުރި. ޒުކަބާރގް ވިދާޅުވިއެވެ.

ޒުކަބާގް ވިދާޅުވީ މިކަން މުހިންމީ އިންސާނާގެ ތަޞައްވުރުގެ ފުރިހަމަ ޤާބިލުކަމާ އެއްގޮތްވާ ޑިސްޕްލޭތަކުން ޙަޤީޤީ ޙާޟިރީގެ އިޙްސާސެއް އުފެދިދާނެތީ، ނުވަތަ އެނިމޭޓެޑް ތަޖުރިބާއަކީ ޖިސްމާނީ ގޮތުން އެތަނުގައި ހުރި ކަމުގެ އިޙްސާސް ކުރެވޭ ވަރަށް ފީނައިގަންނަ ތަޖުރިބާއެއް ކަމުގެ އިޙްސާސް ކުރެވޭތީ ކަމަށެވެ.

“ތިޔަ ބޭފުޅުންނަށް ތަޞައްވުރު ކުރެވޭނެ ތިބާގެ އާއިލާގެ މީހަކު ދުރުގައި ދިރިއުޅޭ މީހަކު، ނުވަތަ ޕްރޮޖެކްޓެއްގައި ކޮލަބަރޭޓް ކުރާ މީހަކު ނުވަތަ، ތިބާއަށް ކަމުދާ ފަންނާނަކު ވެސް މާދުރުގައި ހުއްޓައި އެކަމަކު ތިބާ ހަމަ އެތަނުގައި ހުރެއްޖެ ނަމަ ކުރެވޭނެ އިޙްސާސް. އެ އިޙްސާސަކީ ޖިސްމާނީ ގޮތުން ތިބާ އެމީހަކާއި އެކުގައި ވާކަމުގެ އިޙްސާސް. އަހަރެން މިދައްކާ ސެންސް އޮފް ޕްރެޒެންސް،އަކީ އެއީ. ޒުކަބާގް ވިދާޅުވިއެވެ.

“އަހަރެމެން މިތިބީ ރިއަލިޒަމާ ދިމާއަށް ކުރިއަށް އެޅޭ ބޮޑު ފިޔަވަޅެއްގެ މެދުގައި. އަޅުގަނޑަކަށް ހިއެއް ނުވޭ އެހާ ގިނަ ދުވަސް ނަގާނެ ކަމަކަށް،” ޒުކަބާގް ވިދާޅުވިއެވެ. “ހަމައެކަނި މަންޒަރެއް ބަލާލުމުގެ ބަދަލުގައި، އެ މަންޒަރެއްގައި ތިބާ ހާޒިރުވެ ހުރި ކަމުގެ އިހުސާސް ކުރެވޭނެ، އެހެން ނޫންނަމަ ތަޖުރިބާ ކުރުމުގެ ފުރުސަތު ނުލިބޭނެ. އެ އިޙްސާސާއި، އެ ތަޖްރިބާ ކުރެވޭނީ މިދެންނެވި ފެންވަރަށް އެ ޓެކްނޮލޮޖީ ތަރައްޤީ ކުރެވިގެން. އެއީ ރިއަލިޒަމް ވެސް މުހިންމުވާ ސަބަބު. ޒުކަބާރގް އިތުރަށް ހާމަކުރެއްވިއެވެ.

އޭނަ އިތުރަށް ވިދާޅުވީ، މިހާރު ބޭނުންކުރާ ވީއާރު ސިސްޓަމްތަކުން ތިބާއަށް ލިބޭނީ ތިބާ އެހެން ތަނެއްގައި ހުރި ކަމުގެ އިހުސާސްކަމުގައެވެ. އެއީ ހަގީގަތުގައި ބަސްތަކުން ސިފަކުރަން އުނދަގޫ ކަމެކެވެ. އެއީ ކިހާ ބޮޑު ކަމެއްކަން އެނގިވަޑައިގަންނަވާނެ. ތިޔަބޭފުޅުންނަށް އެކަން އަމިއްލައަށް ތަޖުރިބާ ކުރަން ޖެހޭ އަދި އަޅުގަނޑު ތަޞައްވުރު ކުރަނީ ތިޔަބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަޖުރިބާ ކުރައްވާފައި ވާނެކަމަށް، އެކަމަކު އަޅުގަނޑުމެންނަށް އަދިވެސް މި ފެންވަރަށް ވިޝުއަލް ރިއަލިޒަމް އަށް ދިއުމަށް ދާން ކުރަންޖެހޭނީ ވަރަށް ދިގު ދަތުރެއް.” ޒުކަބާރގް ވިދާޅުވިއެވެ.

މެޓާރވާސް ތަރައްޤީ ކޮށް ނިމޭއިރު މިފަދަ ކުރިއެރުންތަކެއް އަތުވެދާނެކަމަށް ޒުކަބާރގް ޤަބޫލުކުރިޔަސް ބައެއް ޑިވެލޮޕަރުންގެ ނަޒަރުގައި އަދި އެފަދަ ޓެކްނޮލޮޖީއެއް ތަރައްޤީކުރުމަށް ވަރަށް ގިނަދުވަސް ނަގާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.