700 މިލިއަން ޔޫޒަރުންނާއި އެކު ޓެލެގްރާމް ޕްރީމިއަމް ނެރެފި

އަޙްމަދު ދާއޫދު 22 ޖޫން 2022

ޓެލެގްރާމް އަކީ 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެގިނައިން ޑައުންލޯޑް ކުރި 5 އެޕް ތެރެއިން އެއް އެޕް ކަމަށާއި މިހާރު މަހެއްގެ މައްޗަށް 700 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން އިތުރުވާކަމަށް ޓެލެގްރާމުން ހާމަކޮށްފިއެވެ. މި ކުރިއެރުމަކީ ހަމައެކަނި ޓެލެގްރާމް ބޭނުންކުރާ ޔޫޒަރުންގެ ފަރާތުން ލިބުނު ކުރިއެރުމެއްކަމަށާއި، ޓެލެގްރާމް އިޝްތިހާރު ކުރުމަށް ދުވަހަކުވެސް ފައިސާ ދީފައި ނުވާނެކަމަށް ޓެލެގްރާމް އިން ބުނެފައިވއެވެ.

ޓެލެގްރާމް ރޮކެޓް ސްޕީޑުގައި ކުރިއަރަމުންދާއިރު، ގިނަ ޔޫޒަރުން ވަނީ ޓެލެގްރާމް ޓީމަށް ސަޕޯޓް ދިނުމުގެ ގޮތުން ޚިޔާލުތައް ފާޅުކޮށްފައެވެ.

"މިއަދު އަޅުގަނޑުމެން ލޯންޗް ކުރަނީ ޕްރީމިއަމް ޓެލެގްރާމް ޕްރީމިއަމް، ޓެލެގްރާމްގެ ކުރިއަށް އޮތް ތަރައްގީއަށް ސަޕޯޓްކޮށްދީ، އެކްސްކްލޫސިވް އިތުރު ފީޗާސްތަކަށް އެކްސެސް ލިބޭނެ ސަބްސްކްރިޕްޝަނެއް." ޓެލެގްރާމުން މިއަދު ބުނެފައިވެއެވެ.

މިއީ މުޅިދުނިޔޭގައިވެސް ބޭނުން ކުރެވޭ އެންމެ ބާރުގަދަ މެސެންޖަރަށް ރައްކާތެރި ކަމާއެކު ހިލޭ ވަދެވޭނެ ގޮތް ހަދައިދީ އަހަރުތަކެއް ވަންދެން ހުރިހާ ޔޫޒަރުން އެދުނު ހުރިހާ ރިސޯސް ހެވީ ފީޗާސްތަކެއް ފޯރުކޮށްދިނުމުގެ ނަތީޖާކަމަށް ޓެލެގްރާމް އިން ވަނީ ބުނެފައެވެ.

ޓެލެގްރާމް ޕްރީމިއަމް ފީޗާސް:

ޔޫޒަރުންނަށް ގިނަ އަދަދެއްގެ އާ ފީޗާސްތަކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޑަބަލް ލިމިޓް ކުރުމާއި، ބޮޑެތި އަޕްލޯޑް ކުރުމާއި، އަވަހަށް ޑައުންލޯޑް ކުރުމާއި، އިޝްތިހާރު ނުހިމެނުމާއި، އަދިވެސް އެތައް ކަމެއް ހިމެނެއެވެ. އަދި ޕްރީމިއަމް ނޫން ޔޫޒަރުންނަށް އިތުރު ބޮޑެތި ލިޔެކިޔުންތައް ޑައުންލޯޑްކޮށް، ޕްރީމިއަމް ޔޫޒަރުން ފޮނުވާ ސްޓިކާތައް ބަލާ، ޕްރީމިއަމް ރިއެކްޝަންތަކުގައި ކައުންޓަރ އިތުރު ކުރުމަށް ޓެޕް ކުރެވޭނެ އެވެ. ތިރީގައި މިވަނީ ޓެލެގްރާމް ޕްރީމިއަމްގެ އިތުރު ހުރިހާ ފީޗާތަކެއްގެ ފުރިހަމަ ލިސްޓެކެވެ.

4ޖީބީ އަޕްލޯޑްސް

ފައިސާ ދައްކާ ފަރާތްތަކަށް 4ޖީބީ އާއި ހަމައަށް ފައިލް އަޕްލޯޑްކޮށް ފޮނުވޭނެ އެވެ. މީގެ އިތުރުން ޓެލެގްރާމްގެ ގަވާއިދުން ހިލޭ ލިބޭ ވަރޝަން ބޭނުންކުރާ ފަރާތްތަކަށް 2ޖީބީގެ އަޕްލޯޑް ކުރުން ހަނިކުރެވޭނެއެވެ. އެހެން ނަމަވެސް، ހިލޭ ޓިއާ ބޭނުންކުރާ ފަރާތްތަކަށް ޓެލެގްރާމް ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކުން ފޮނުވާ 4ޖީބީގެ ފައިލްތައް ޑައުންލޯޑް ކުރެވޭނެ އެވެ.

އަވަހަށް ޑައުންލޯޑް ކުރެވޭނެ

ޓެލެގްރާމް އިން ބުނީ ޕްރީމިއަމް ކަސްޓަމަރުންނަށް ފާސްޓްކޮށް މީޑިއާ އާއި އެހެނިހެން ފައިލްތައް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. "ތިމާގެ އަންލިމިޓެޑް ކްލައުޑް ސްޓޯރޭޖްގައި ހުންނަ ހުރިހާ އެއްޗެއް ނެޓްވޯކުން ކުރިއަށް ގެންދެވޭހާ އަވަހަކަށް އެކްސެސް ކުރެވޭނެ،" އެ ކުންފުނިން ބްލޮގް ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

ލިމިޓްތައް އިތުރުކުރުން

ޓެލެގްރާމް ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކަށް އެޕްގައި ހުންނަ ގާތްގަނޑަކަށް ހުރިހާ އެއްޗަކަށް ވެސް މަތީ ލިމިޓްތަކެއް ލިބެ އެވެ. އެމީހުންނަށް 1،000 ޗެނަލް ފޮލޯކޮށް، ކޮންމެ ޗެނަލަކުން 200 ޗެޓް ހިމެނޭ 20 ޗެޓް ފޯލްޑަރެއް އުފައްދައި، ކޮންމެ ޓެލެގްރާމް އެޕަކަށް ހަތަރު ވަނަ އެކައުންޓެއް އިތުރުކޮށް، މައި ލިސްޓުގައި 10 ޗެޓް ޕިންކޮށް، ފޭވަރިޓް 10 ސްޓިކާ ސޭވް ކުރެވޭނެ އެވެ. އެއީ ހިލޭ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް ލިބޭ ހުރިހާ އެއްޗެއްގެ ދެގުނައެވެ.

ވޮއިސް ޓު ޓެކްސްޓް

އާ ޕޭޑް ސާވިސްގެ ސަބަބުން އަޑުގަދަކޮށް އަޑުއަހާ ނުލެވޭ ހާލަތެއްގައި ވޮއިސް މެސެޖުތައް ޓެކްސްޓަށް ބަދަލުކުރެވޭނެ އެވެ. އަދި ޓްރާންސްކްރިޕްޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓްރާންސްކްރިޕްޝަންތަކުގެ ރޭޓް ވެސް ޔޫޒަރުންނަށް ކުރެވޭނެ އެވެ.

އިތުރު ސްޓިކާތަކާއި ރިއެކްޝަންތައް

ޕްރީމިއަމް ޓިއާ ޔޫޒަރުންނަށް ފުލް ސްކްރީން އެނިމޭޝަންތަކާއެކު އިތުރު ސްޓިކާތަކުގެ އިތުރުން 10 އާ އިމޯޖީ ލިބޭނެ އެވެ. މިކަންކަން ހުރިހާ ޔޫޒަރުންނަށް ފެންނާނެއެވެ. މާނައަކީ ފްރީ ޓިއާ ޔޫޒަރަކަށް ޓެލެގްރާމް ޕްރީމިއަމް ޔޫޒަރަކު ފޮނުވާ މި އެކްސްކްލޫސިވް ސްޓިކާތައް ފެންނާނެ އެވެ.

ޗެޓް މެނޭޖްމަންޓް

ސަބްސްކްރައިބަރުންނަށް އާ ޗެޓް މެނޭޖްމަންޓް ޓޫލްސް ވެސް ވަނީ އިތުރުކޮށްފަ އެވެ. މި ހިދުމަތަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އެމީހުންގެ ޑިފޯލްޓް ޗެޓް ފޯލްޑަރ ބަދަލު ކުރެވޭނެ ކަމަށާއި އެހެންކަމުން އެޕް އަބަދުވެސް ހުޅުވާނީ ކަސްޓަމް ފޯލްޑަރެއްގައެވެ. އަދި އާ ޗެޓްތައް އޮޓޮމެޓިކުން އަރުޝީފްކޮށް މީއުޓް ކުރުމަށް ޕްރައިވެސީ އެންޑް ސެކިއުރިޓީގައި ސެޓިންގއެއް ސަބްސްކްރައިބަރުންނަށް އެނެބަލް ކުރެވޭނެ އެވެ.

އެނިމޭޓެޑް ޕްރޮފައިލް ފޮޓޯތަކާއި ޕްރީމިއަމް ބެޖްތައް

ޓެލެގްރާމް ޕްރީމިއަމް ސަބްސްކްރައިބަރުންނަށް އެނިމޭޓެޑް ޕްރޮފައިލް ފޮޓޯތައް ބެހެއްޓޭނެ އެވެ. އެ ފޮޓޯތައް ހުރިހާ ޔޫޒަރުންނަށް ވެސް އެގޮތަށް ފެންނާނެ އެވެ. އަދި ޗެޓް ލިސްޓާއި ޗެޓް ހެޑަރާއި ގްރޫޕްތަކުގައި މެމްބަރު ލިސްޓްތަކުގައި ނަމުގެ ކައިރީގައި ހާއްސަ ބްލޫ ސްޓާ ޕްރީމިއަމް ބެޖެއް ލިބޭނެ އެވެ.


އަލުން ޑިޒައިންކޮށްފައިވާ އެޕް އައިކޮން

އެއީ ކުޑަ ފީޗާއެއް، އެކަމަކު އާ ފީޗާއެކެވެ. ، އާ ތިން އައިކޮން. ސަބްސްކްރައިބަރުންނަށް އާ ޕްރީމިއަމް ސްޓާ، ނައިޓް ސްކައި، ނުވަތަ ޓާބޯ ޕްލޭން އައިކޮންތަކުގެ ތެރެއިން ޚިޔާރުކޮށް، އެމީހުންގެ ވޯލްޕޭޕަރާއި ރަނގަޅަށް ގުޅޭ ގޮތަށް ހޯމް ސްކްރީނަށް އެޑް ކުރެވޭނެ އެވެ.

އިޝްތިހާރެއް ނެތުން

ބައެއް ގައުމުތަކުގައި ޓެލެގްރާމް އިން ބޮޑެތި، އާންމު ޗެނަލްތަކުގައި ސްޕޮންސަރޑް މެސެޖުތައް ދައްކައެވެ. އެ ޕްލެޓްފޯމުން ބުނާ ގޮތުގައި މި އިޝްތިހާރުތަކުން ޓެލެގްރާމްގެ އޮޕަރޭޓިން ހަރަދަށް އެހީތެރިވެދޭ ނަމަވެސް ޓެލެގްރާމް ޕްރީމިއަމްގެ ސަބްސްކްރައިބަރުންނަށް ދެން އެފަދަ އިޝްތިހާރެއް ނުފެންނާނެ އެވެ.

ޓެލެގްރާމްގެ އިޢުލާނުގައި މަހުން މަހަށް ނަގާ ސީދާ ޗާޖުގެ ވާހަކަ ބަޔާންކޮށްފައި ނުވާއިރު، މިހާރުވެސް ޕްރިމިއަމް އޮންނަ ފަރާތްތަކުން އައިއޯއެސް އަށް މަހަކު 4.99 ޑޮލަރާއި އެންޑްރޮއިޑް ގައި 3.99 ޑޮލަރުގެ އަގެއް (އެކި ޤައުމުތަކުގެ އެކި އެކި ތަފާތުތަކާއެކު) ދައްކައެވެ.

މަތީގައި މިފާހަގަ ކޮށްލެވުނީ ޓެލެގްރާމް ޕްރީމިއަމްސް އާއި އެކު ލިބޭ ހުރިހާ އާ ފައިދާތަކާއި ފީޗާސްތަކެވެ. ނިކަން ހުރެ އަޖުމަ ބައްލަވާލައްވާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.