ޓުވިޓާ ނޯޓްސްއާއިއެކު އިންޤިލާބީ ބަދަލެއް އަންނަނީ

ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށްފަހު އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވެމުން ދިޔަ ފަދައިން ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް "ޓުވިޓާ ނޯޓްސް" ގެ ނަމުގައި ވަރަށް އަވަހަށް ތައާރަފުކުރުމުގެ މަސައްކަތް ޓުވިޓާއިން މިހާރު ކުރަމުން އަންނަ ކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ "ޓެކް ކްރަންޗް" އިން ހާމަކޮށްފިއެވެ.

މޯބައިލް އެޕް އުފެއްދުންތެރިއެއް ކަމަށްވާ ޖޭން މަންޗުން ވޮންގް ވަނީ މިހާރު ތަޢާރަފްކުރުމަށް އުޅޭ ފީޗާ ކަމަށް ބެލެވޭ ސްކްރީންޝޮޓްތަކެއް މިދިޔަ މަހު ޓުވިޓާގައި އާންމު ވެސް ކޮށްފައެވެ. އޭގެން އެނގުނު ގޮތުގައި، އެ ފީޗާ ފަރުމާކޮށްފައި ވަނީ ބްލޮގް ތަކުގައި ލިޔެފައި ހުންނަގޮތަށް ދިގުކޮށް އާޓިކަލް ލިޔެ، ފޮޓޯ އަޕްލޯޑްކޮށް، ލިންކް އަދި ޓުވީޓް ވެސް އެމްބެޑް ކުރެވޭ ފަދަ ގޮތަކަށެވެ.

ޓުވީޓާރއިން އަލަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ މި ފީޗާ މިހާރު ޓެސްޓް ކުރުމުގެ އެންމެ ފަހު މަރުހަލާތައް ކުރިއަށްދާއިރު ޓެކް ކްރަންޗް އިން ބުނެފައިވާ ގޮތުގައި މި ފީޗާއަށް ކިޔަން ނިންމާފައިވާ ނަމަކީ " ނޯޓްސް" އެވެ.

މިވަގުތު 280 އަކުރު ލިޔެވޭގޮތަށް ފަރުމާ ކުރެވިފައިވާ ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާ ލިޔެވޭ ގޮތަށް ބަދަލުވެގެން ދިއުން ވެގެންދާނީ ޓުވިޓާއަށް އަންނަ އިންޤިލާބީ ބޮޑު ބަދަލަކަށެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.