މާސް ގެ އުޅަދަކަށް 2 ގަރުނަށް ފަހު ވިންޑޯސް 98 ގެ އަދާހަމަ

ހަސަން ޒަޔާން 28 ޖޫން 2022

ވިންޑޯޒްގެ އެންމެ ފަހުގެ ވަރޝަންތަކަށް ޕެޗް މެނޭޖްކުރުމަކީ ދުނިޔޭގައި ތިބި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުމަކަށް ވެދާނެ ނަމަވެސް، މީގެ އިތުރުން ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ)ގެ މާސް އެކްސްޕްރެސް ޖައްވީ އުޅަނދަށް 19 އަހަރު ތެރޭގައި ވިންޑޯވްސް 98 ބިނާކޮށްފައިވާ ސިސްޓަމަށް އަށް ފުރަތަމަ އަޕްޑޭޓް ލިބިއްޖެ އެވެ.

މި މިޝަން އެންމެ ފުރަތަމަ ފެށީ މާސްގައި ދައުރުވާ ފެނުގެ އަލާމާތްތައް ފެނުމަށް ކަމަށާއި އޭގެ ތެރޭގައި ރަތް ޕްލެނެޓްގެ ދެކުނު ޕޯލާ ސަރަހައްދުގައި 1.5 ކިލޯމީޓަރުގެ އައިސް ދަށުގައި ވަޅުލާފައިވާ 20x30 ކިލޯމީޓަރުގެ ލޮނުފެނުގެ ލޭކެއް ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

މި އަޕްޑޭޓްތައް ކުރިއަށް ގެންގޮސްފައިވަނީ އިޓަލީގެ އިސްޓިޓޫޓޯ ނޭޒިއޮނަލް ޑި އެސްޓްރޯފިޒިކާ (އައިއެންއޭއެފް) ގެ އިންޖިނިއަރުން ކަމަށާއި، މި އަޕްޑޭޓްތަކަށް ފުރިހަމައަށް ފައިސާ ދީފައިވަނީ އިޓަލީގެ ސްޕޭސް އެޖެންސީ (އޭއެސްއައި) އިން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ މާނައަކީ ކޮބާ؟

އެ އިދާރާއިން ބުނީ މި އަޕްގްރޭޑް ކުރުމުން މާސް އާއި އޭގެ ހަނދު ފޯބޯސް އަށް ތަފްސީލު ރަނގަޅު ފެންވަރެއްގައި ބަލާލެވޭނެ ކަމަށެވެ.

މާސް އެކްސްޕްރެސްގައި ހުންނަ މާސް އެޑްވާންސްޑް ރެޑާ ފޯ ސަބްސަރފޭސް އެންޑް އަޔަނޮސްފެރިކް ސައުންޑިން (މާސިސް) އިންސްޓްރޫމެންޓުން އޭގެ 40 މީޓަރުގެ ދިގު އެންޓެނާ ބޭނުންކޮށްގެން ލޯ ފްރީކުއެންސީ ރޭޑިއޯ ރާޅުތައް ޕްލެނެޓާ ދިމާއަށް ތިރިއަށް ފޮނުވަ އެވެ.

މި ރާޅުތަކުގެ ތެރެއިން ގިނަ ރާޅުތައް ޕްލެނެޓްގެ ބިމުން ރިފްލެކްޓް ވިޔަސް ގިނަ އަދަދެއްގެ ރާޅުތައް ކްރަސްޓް ތެރެއިން ދަތުރުކޮށް، އައިސް، ފަސްގަނޑު، ހިލަ، އަދި ފެން ހިމެނޭ ގޮތަށް ބިމުގެ ތިރީގައިވާ ތަފާތު މާއްދާތަކުގެ ފަށަލަތަކުގެ މެދުގައިވާ ބައުންޑަރީތަކުގައި ރިފްލެކްޓް ވެއެވެ.

ރިފްލެކްޓް ކުރެވޭ ސިގްނަލްތައް ބެލުމުން ސައިންސްވެރިންނަށް މާސްގެ ބިމުގެ ތިރީގައިވާ ސްޓްރަކްޗަރ މަދު ކިލޯމީޓަރެއްގެ އަޑިއަކަށް މެޕްކޮށް، އޭގެ ޕޯލާ އައިސް ކެޕްތަކުގެ ބޯމިނާއި އެކުލެވުމާއި އަލިފާންގަނޑު އަދި ސެޑިމެންޓަރީ ހިލަ ފަށަލަތަކުގެ ސިފަތައް ދިރާސާ ކުރެވޭނެއެވެ.

ސްޕޭސް އެޖެންސީން އަޕްޑޭޓް ލިބުނު ހާޑްވެއާގެ ސްޕެކްސްއާ ގުޅޭ ގޮތުން މާ ބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް ޓޮމްސް ހާޑްވެއާ އިން ލަފާކުރި ގޮތުގައި ޕެންޓިއަމް 90 ޕްރޮސެސަރެއް ހުރެދާނެ އެވެ.

"ކުރިން މާސްގެ އެންމެ މުހިންމު ސިފަތައް ދިރާސާ ކުރުމަށް، އަދި އެއްގޮތަކަށް ވެސް އޭގެ ހަނދު ފޯބޯސް ދިރާސާ ކުރުމަށް ބަރޯސާވީ ކޮމްޕްލެކްސް ޓެކްނިކެއްގެ މައްޗަށް ކަމަށާއި އެ ޓެކްނިކުން ވަރަށް ގިނަ ހައި ރިޒޮލިއުޝަން ޑޭޓާ ރައްކާކޮށް އިންސްޓްރޫމެންޓްގެ އޮންބޯޑް މެމޮރީ ވަރަށް އަވަހަށް ފުރާލާ ކަމަށް" މާސިސްގެ ޑެޕިއުޓީ ޕްރިންސިޕަލް އިންވެސްޓިގޭޓަރ އަދި އައިއެންއޭއެފްގެ އޮޕަރޭޝަން މެނޭޖަރު އެންޑްރިއާ ސިޗެޓީ ބުންޏެވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންނަށް ބޭނުން ނުވާ ޑޭޓާ އުކާލުމުން، އާ ސޮފްޓްވެއާގެ ސަބަބުން މާސިސް ފަސް ގުނަ ދިގު މުއްދަތަކަށް ސްވިޗް އޮންކޮށް، ކޮންމެ ޕާހަކާއެކު އެއަށްވުރެ ބޮޑު ސަރަހައްދެއް ހޯދައިލެވޭނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.