ގޫގަލް ޕިކްސެލް އަށް އެންޑްރޮއިޑް 13 ބީޓާ އަޅާނެ ގޮތް!

ހަސަން ޒަޔާން 28 ޖޫން 2022

އެންޑްރޮއިޑް 13 ބީޓާ ވަނީ ރިލީސްކޮށްފައެވެ. ނަމަވެސް އަދި އިންސްޓޯލް ކުރެވޭނީ ވަކި ޑިވައިސް ތަކަކަށެވެ.

އެންޑްރޮއިޑް 13 ގެ ކޮމްޕެޓަަލް ޑިވައިސެސް

ޕިކްސެލް 4

ޕިކްސެލް 4 އެކްސްއެލް

ޕިކްސެލް 4a

ޕިކްސެލް 4a 5ޖީ

ޕިކްސެލް 5

ޕިކްސެލް 5a

ޕިކްސެލް 6

ޕިކްސެލް 6 ޕްރޯ

އެންޑްރޮއިޑް 13 ގެ އެންމެ ފަހުގެ ބިލްޑަކީ ކޮބައިތޯ؟

ޖޫން 27، 2022 ގެ ނިޔަލަށް އެންޑްރޮއިޑް 13 ގެ އެންމެ ފަހުގެ ވަރޝަނަކީ ބީޓާ 3.3 އެވެ.

އެންޑްރޮއިޑް ބީޓާ ޕްރޮގްރާމް އިން އެންޑްރޮއިޑް 13 އިންސްޓޯލް ގޮތް

އެންޑްރޮއިޑް 13 އިންސްޓޯލް ކުރުމަށް ކޮމްޕިއުޓަރެއް ބޭނުން ނުވާނެއެވެ. އެންރޯލް ކުރާއިރު، ޔޫޒަރުންނަށް މި އާ އެންޑްރޮއިޑް ވަރޝަންތަކުގެ ބީޓާ ވަރޝަންތަކަށް އޯޓީއޭ އަޕްޑޭޓްތައް ގޮތުގައި ލިބޭނެއެވެ.

އާންމު ގޮތެއްގައި ގޫގުލްގެ ވެބްސައިޓުން އެންޑްރޮއިޑް ބީޓާ ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ. އެންމެ ފަހުގެ ސްޓޭބަލް އެންޑްރޮއިޑް 12 އަޕްޑޭޓް ހިންގާ ޑިވައިސްއަކުން އެންރޯލް ކުރާނަމަ ޖޫން ފީޗާ ޑްރޮޕް ބީޓާ ނުވަތަ އެންޑްރޮއިޑް 13 ބީޓާ އިންސްޓޯލް ކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ އެވެ.

1. ގޫގުލް ބީޓާ އެންރޯލް ވެބްސައިޓަށް ދިއުމަށް ފަހު "View your eligible devices" އަށް ފިތާލާށެވެ.

2. ދެން އެލިޖިބަލް ޑިވައިސް ތަށް ތިރީގައިވާ ތަސްވީރުން ދައްކާފައިވާ ގޮތަށް ފެނަނާނެއެވެ.

3. އެލިޖިބަލް ޑިވައިސް އެއްވާނަމަ "އޮޕްޓް އިން" ބަޓަން އައް ފިއްތާލާށެވެ. ދެން ހަމަ ގައިޑް ފޮލޯވް ކުރާށެވެ.

ޖޫން މަހުގެ ފީޗާ ޑްރޮޕް ބީޓާ މި ހަފްތާގެ ކުރީކޮޅު ނިމުނީ ސަޕޯޓްކުރާ ހުރިހާ ޕިކްސެލްތަކަކަށް އަދި އޮޓޮމެޓިކުން އަން އެންރޯލް ކުރި ޔޫޒަރުންނަށް އަޕްޑޭޓް ރޯލް އައުޓް ވުމުންނެވެ. މިވަގުތު ޕިކްސެލްގައި އެންޑްރޮއިޑް 13 ބީޓާ 3 އިންސްޓޯލް ކުރުމަށް ކުރަންޖެހޭ ހާއްސަ ކަމެއް ނެތެވެ.

ގޫގުލް ޕިކްސެލް އިން އެންޑްރޮއިޑް 13 ބީޓާ ސައިޑްލޯޑް ކުރާނެ ގޮތް

އެންޑްރޮއިޑްގެ އާ ވަރޝަނެއް ޕިކްސެލްގައި ލިބޭނެ އެންމެ އަވަސް ގޮތަކީ ސައިޑްލޯޑް ކުރުމެވެ. އެއީ ފަސޭހަ ޕްރޮސެސްއެއް ނަމަވެސް އެކަން ކުރުމަށް ސެޓް އަޕް ތަކެއް ވާންޖެހެއެވެ.

1. ބޭނުންވާ ފައިލްތައް ޑައުންލޯޑް ކުރާށެވެ.

2. ރިކަވަރީ މޯޑަށް ބޫޓް ކުރާށެވެ.

3. އޭޑީބީ ސައިޑްލޯޑަށް ދާށެވެ.

4. އޭޑީބީ ޓޫލްސް އިންސްޓޯލްކޮށްފައި ހުންނަ ކޮމްޕިއުޓަރަކަށް ފޯނު ގުޅުވާށެވެ.

5. ސައިޑްލޯޑް ކޮމާންޑް ލިޔެލާށެވެ.

6. ފޯނު ރީބޫޓް ކުރާށެވެ.

ވީޑިއޯ ގައިޑް

1. އެންޑްރޮއިޑް 13 ބީޓާ ޑައުންލޯޑް ކުރުން

ފުރަތަމަ ފެކްޓްރީ އިމޭޖެއް އިންސްޓޯލް ކުރާށެވެ.

2. ރިކަވަރީ މޯޑަށް ބޫޓް ކުރާށެވެ.

ދެން ތިބާގެ ޕިކްސެލް ރިކަވަރީ މޯޑަށް ބޫޓް ކުރާށެއެވެ. މިކަން ކުރުމަށްޓަކައި ފޯނު ފުރިހަމައަށް ޕަވަރ ޑައުން ކޮށްލާށެވެ. ދެން، ޕަވަރ ބަޓަން އާއި ވޮލިއުމް ޑައުން ބަޓަން ސީދާ އެއްވަގުތެއްގައި ހިފަހައްޓައިގެން ހުރެ ބޫޓްލޯޑަރ ޕޭޖަށް ދާންދެން ހިފަހައްޓާށެވެ. ސްކްރީނުގައި އެންޑްރޮއިޑް ފިގަރއެއް އޮށޯވެގެން އޮތްތަން ފެނުމުން ތިބާ ހުރީ ރަނގަޅު ޕޭޖް ގަ ކަން އެނގޭނެއެވެ.

ވޮލިއުމް ބަޓަންތައް ބޭނުންކޮށްގެން ތިރިއަށް ސްކްރޯލްކޮށް ރިކަވަރީ މޯޑަށް ވަދެވޭނެއެވެ. ޕަވަރ ބަޓަން އަށް ފިތާލުމުން މިކަން ހޮވާށެވެ. ނުވަތަ އޭޑީބީ އާއި އެކު ކޮމްޕިއުޓަރަކާ މިހާރުވެސް ގުޅިފައިވާނަމަ ރީބޫޓް ރިކަވަރީ ކޮމާންޑް ބޭނުން ކުރެވިދާނެއެވެ.

މިހާރު، ފެންނަން ޖެހޭނީ ކުޑަ އެންޑްރޮއިޑް ފިގަރ އޮށޯވެގެން އޮތްތަނެވެ. އޭގެ މަތީގައި އުފާވެރިކަމުގެ ނިޝާނެއް ޖަހާފައި އޮތްތަނެވެ. މިތަނުން ޕަވަރ ބަޓަން އާއި ވޮލިއުމް އަޕް ބަޓަން ގާތްގަނޑަކަށް ސިކުންތެއް ވަންދެން ފިއްތާލުމުން ރިކަވަރީ މޯޑަށް ފުރިހަމައަށް ވަދެވޭނެއެވެ. ވޮލިއުމް އަޕް ބަޓަން ދޫކޮށްލުމުން ރިކަވަރީއަށް ފޮނުވާލެވޭނެއެވެ.

3. އޭޑީބީ ސައިޑްލޯޑަށް ދިއުން

ވޮލިއުމް ބަޓަންތައް ބޭނުންކޮށްގެން ތިރިއަށް ސްކްރޯލްކޮށް އޭޑީބީން އަޕްޑޭޓް އެޕްލައިކޮށް ޕަވަރ ބަޓަން ސެލެކްޓް ކުރާށެވެ.

4. އޭޑީބީ ޓޫލްސް އިންސްޓޯލްކޮށްފައި ހުންނަ ކޮމްޕިއުޓަރަކަށް ފޯނު ގުޅުވުން

މި ފިޔަވަޅަކީ ޑައުންލޯޑް ކޮށްފައިވާ އޯޓީއޭ ފައިލް ހޭންޑްސެޓަށް ޓްރާންސްފާ ކުރެވޭނެ ހަމައެކަނި ގޮތް ކަމަށްވާތީ މި ގޮތް މުހިންމެވެ. އޭޑީބީ އަދި ފާސްޓްބޫޓް ޓޫލްސް އަތްފޯރާފަށުގައި ހުންނަން ޖެހޭނެއެވެ. އެންޑްރޮއިޑް ޑިވެލޮޕަރުންގެ ވެބްސައިޓުން އޭޑީބީ ޓޫލްސް ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ކްލޮކްވޯކްމޮޑް އިން ޔުނިވާސަލް އޭޑީބީ ޑްރައިވަރސް ޑައުންލޯޑް ކުރެވޭނެއެވެ.

5. ސައިޑްލޯޑް ކޮމާންޑް ލިޔެލާށެވެ.

ވިންޑޯޒްގައި ކޮމާންޑް ޕްރޮމްޕްޓް އޭޑީބީ ޓޫލްސް ފޯލްޑަރަށް ޑައިރެކްޓްކޮށްފައި ހުރިކަން ޔަގީންކޮށް އެޑްބީ ސައިޑްލޯޑް ލިޔެލާށެވެ. މެކްއޯއެސް ނުވަތަ ލިނަކްސްގައި އުޅޭނަމަ ޓާރމިނަލްގައިވެސް ހަމަ އެގޮތަށް ކަންތައް ކުރާށެވެ.

(ޓާރމިނަލް ރަނގަޅު ފޯލްޑަރަށް އިޝާރާތްކޮށްފައިވާކަން ޔަޤީން ކުރުމަށް “cd” އަދި “ls” ކޮމާންޑް ބޭނުންކޮށް، އެހީތެރިކަން ބޭނުންނަމަ ގޫގުލް ކޮށްލާށެވެ) ދެން "./adb sideload" ލިޔެލާށެވެ އެއަށްފަހު ގޫގުލް އިން ޑައުންލޯޑް ކުރި .zip ފޯލްޑަރުގެ ފައިލް ނަން ޖައްސައި އެންޓަރ އަށް ފިތާލުމުން އެ ޕްރޮސެސް ފެށޭނެއެވެ.

ހުރިހާ ކަމެއް ރަނގަޅަށް މަސައްކަތް ކުރަމުންދާނަމަ ކޮމްޕިއުޓަރާއި ހެންޑްސެޓްގައި ސައިޑްލޯޑާއި އިންސްޓޯލް ކުރުމުގެ ޕްރޮސެސްގެ ޕްރޮސެސް ދައްކުވައިދޭ ކޮންމެވެސް ޑައިލޮގެއް ފެންނަން ޖެހޭނެއެވެ.

6. ފޯނު ރީބޫޓް ކުރާށެވެ.

ވީޑިއޯ ބަލާ ރަނގަޅަށް އިންސްޓްރަކްޝަން ފޮލޯވް ކުރިނަމަ ތިބާގެ ފޯނަށް އެންޑްރޮއިޑް 13 ބީޓާ އިންސްޓޯލަ ވާން ޖެހޭނެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.