އެމް 2 ގެ 4 މެކްބުކެއް އެޕަލް އިން ރިލީސް ކުރަނީ

ހަސަން ޒަޔާން 28 ޖޫން 2022

ބްލޫމްބާގްގެ މާކް ގުރްމަން އޭނާގެ އެންމެ ފަހުގެ ނިވްސްލެޓަރގައި ވަނީ އެޕަލް އިން މި އާ ޕްރޮސެސަރުގެ (އެމް 2) ސައިކަލް ގައި އެޕަލް އިން ތައާރަފު ކުރާނެ ކަމަށް ލަފާކުރާ އާ އެމް2 މެކްގެ ވާހަކަ ދައްކާފައެވެ. އޭނާ ވާހަކަ ދައްކައިފައިވަނީ އެމް2 ޗިޕް އާއިއެކު އެޕަލް އިން ތަޢާރަފް ކުރާނެ މޮޑެލް ތަކާ މެދުއެވެ. އޭނާ ލަފާ ކުރާ ގޮތުގައި މިފަހަރު އެމް 2 އާއި އެކު ރިލީސް ކުރާނެ ކަމަށް ބެލެވޭ މޮޑެލް ތަކަކީ ޕްރޯ، އަލްޓްރާ، މެކްސް އަދި އެކްސްޓްރީމް އެވެ. އަދި އަންނަ މަހު އެޕަލް އިން މި މޮޑެލް ތައް އަންވެއިލް ކުރާނެއ ކަމަށް ވެސް ލަފާ ކުރެއެވެ.

އެމް 2 އާއި އެކު ރިލީސް ކުރާނެ ކަމަށް ލަފާކުރެވޭ މޮޑެލް ތައް

1. M2 މެކް މިނީ

2. M2 PRo M2 PRo މެކް މިނީ

3. އެމް 2 ޕްރޯ އަދި އެމް2 މެކްސް 14 އިންޗް14 އިންޗް14 އިންޗް14 އަދި 16 އިންޗް

4. އެމް2 އަލްޓްރާ އަދި އެމް2 އެކްސްޓްރީމް މެކް ޕްރޯ

މެކް މިނީގެ އާ ވާހަކަ ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިހާތަނަށް އައިއިރު، އެޕަލް އިން އަންނަން އޮތް ޖެނެރޭޝަން ތައާރަފު ކުރަން ރާވާފައި ވަނީ ކޮން އިރަކު ކަމެއް ނުވަތަ އެ ކުންފުނީގެ އިންޓެލް ޕާޓްނަރު އުވާލާނީ ކޮން އިރަކު ކަމެއް އަދި ނޭނގެ އެވެ.

މެކްބުކް ޕްރޯގެ އަންނަން އޮތް ޖެނެރޭޝަން އަށް އެޕަލް އިން އެމް2 ޕްރޯ އަދި އެމް2 މެކްސް ޗިޕްސް ބޭނުންކޮށްގެން އަޕްޑޭޓް ކުރާނެ ކަމުގެ އިހްސާސް ކުރެވެ އެވެ.

މާކް ގުރްމަން ގަބޫލުކުރާ ގޮތުގައި އެމް2 އަލްޓްރާ އަދި އެމް2 އެކްސްޓްރީމް ޗިޕްސް އާއެކު މެކް ޕްރޯއެއް މި ސައިކަލްގައި އާދެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެޕަލް އިން މީގެ ކުރިން ވެސް އާ މެކް ޕްރޯއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެޕަލް އިން ޓެއިޒް ކޮށްފައިވާ ކަމަށާއި ނަމަވެސް ފަހުން އިތުރު އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ޝައުޤުވެރިވާ ކަމަކީ އޭނާ އެމް2 24 އިންޗީގެ އައިމެކް ވޭރިއޭޝަންގެ ވާހަކަ ނުދައްކާކަމެވެ. އަނެއްކޮޅުން ގުރްމަން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން މަސައްކަތް ކުރަނީ އެމް3 އައިމެކް އެއް ކަމަށާއި އޭގެ މާނައަކީ މި ޕްރޮޑަކްޓް ގެ ސަބަބުން މިހާރު ހުރި ޗިޕް ޖެނެރޭޝަން ސްކިޕްކޮށް އަންނަ އަހަރުގެ ފަހުކޮޅު ރިފްރެޝް އެއް ލިބިދާނެ ކަމަށެވެ.

އެޕަލް އިން މި 4 މޮޑެލް ތައް އުފެއްދުމަކީ ބަޖެޓް ބަޔަރސް އަށް ލިބިގެންދާނެ ވަރަށް ބޮޑު ހިއްހަމަ ޖެހުމެކެވެ. ނަމަވެސް އަދިވެސް މި މޮޑެލް ތަކުގެ ޕްރައިސިންގ ރޭންޖް ލަފާ ކުރެވިފަކާ އެއް ނުވެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.