ގޫގަލް ހޭންގްއައުޓްސް ނޮވެމްބަރުގައި ބަންދުކުރަނީ

ޢާއިޝަތު ޝައިހާ 29 ޖޫން 2022

ވޭތުވެދިޔަ ފެބްރުއަރީ މަހުގައި ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށް ގޫގަލް ހޭންގްއައުޓްސް އިރުއޮއްސުމަށްފަހު، ގޫގަލް އިން މިހާރު ވަނީ އަމިއްލަ ހޭންގްއައުޓްސް ބޭނުންކުރާ ފަރާތްތައް ޗެޓްއަށް ހިޖުރަކުރުވުމުގެ މަރުހަލާ ފެއްޓުމަށް ތައްޔާރުވަމުންނެވެ. ގޫގަލްގެ ބްލޮގްގައި މިކަން އިޢުލާން ކުރުމަށް ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހޭންގްއައުޓްސްގެ މޮބައިލް އެޕް އަދިވެސް ބޭނުންކުރާ ފަރާތްތަކަށް ޗެޓްއަށް ބަދަލުވުމަށް އެދި ކުޑަ ލިޔުމެއް ފެންނާނެއެވެ.

ވެބްސައިޓުގައި ޖީމެއިލް މެދުވެރިކޮށް ހޭންގްއައުޓްސް ބޭނުންކުރާ ފަރާތްތަކަށް ބަލައިލާ ކަމުގައި ވާނަމަ، ގޫގަލް އިން ބުނެފައި ވަނީ، ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރާ ފަރާތްތަކަށް ބަދަލުކުރުމަށް އެދި ފެންނަ ކުޑަ ލިޔުންކޮޅު ނުފެންނާނެއެވެ. ނޮވެމްބަރު މަހާއި ޖެހެންދެން ހޭންގްއައުޓްސް ކޮމްޕިއުޓަރު މެދުވެރިކޮށް ބޭނުންކުރެވޭ އިރު، ގޫގަލް އިން ބުނެފައި ވަނީ، ހޭންގްއައުޓްސް ސައިޓް ޗެޓަށް ބަދަލުވުމުގެ ކުރިން "އެންމެ މަދުވެގެން އެއް މަސް ދުވަހުގެ ކުރިން" ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެވޭނެ ކަމަށެވެ.

ބައެއް ފަރާތްތަކަށް އޮޅުން އަރާ ކަމެއް ވެއެވެ. ގޫގަލް ޗެޓްއަކީ، މި މަހުގެ ކުރީކޮޅި ގޫގަލް އިން ކުރިއަށް ގެންދިޔުން އެއްކޮށް ހުއްޓާލާފައިވާ ޖީޗެޓް (ނުވަތަ ގޫގަލް ޓޯކް) އާއި އެއްގޮތް އެއްޗެއް ނޫނެވެ. ކުންފުނިން ހޭންގްއައުޓްސް ބޭނުންކުރާ ފަރާތްތަކުން ޗެޓަށް ބަދަލުކުރުމަށް ރޭވި ރޭވުންތަކުގެ އިޝާރާތެއް އެންމެ ފުރަތަމަ ކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ. އަދި މި ސިފަ ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތް ހަދާފައި ވަނީ 2020 ވަނަ އަހަރުގައެވެ.

އަދިވެސް ހޭންގްއައުޓްސް ބޭނުންކުރާ ފަރާތެއް ވާނަމަ، މިހާރު ގޫގަލްއިން އޮޓޯކޮށް އެހެން މީހުންނާއި ދެކެވިފައިވާ ހުރިހާ ވާހަކަތަކެއް ޗެޓްއަށް ބަދަލުކުރާނެއެވެ. މީގެ އިތުރުން ކުންފުނިން އޭގެ ޓޭކްއައުޓް ޚިދުމަތް ދީ، ނޮވެމްބަރު މަހުގައި ރަސްމީކޮށް ހޭންގްއައުޓްސް އެއްކޮށް ހުއްޓާލުމުގެ ކުރިން، ހޭންގްއައުޓްސްގައި ހުރި ތިމާއާއި ބެހޭ ހުރިހާ މައުލޫމާތެއްގެ ނަކަލެއް ޑައުންލޯޑުކޮށްލުމުގެ ފުރުސަތުވެސް ދެއެވެ.

ޗެޓްއަށް ބަދަލުކުރުމަށް ބޭނުންކުރާ ފަރާތްތަކުގެ ހިތް ޖެއްސުމަށްޓަކައި، ގޫގަލް އިން ދަނީ ތަފާތު އެކިއެކި ސިފަތައް ތަޢާރަފްކުރަމުންނެވެ. އޭގެ ތެރޭގައި ސީދާ ކޯލްތައް ކުރުމުގެ ޤާބިލުކަމާއިމ ސްޕޭސްގައި އިން-ލައިން ތްރެޑްތައް ހެދުމުގެ އިތުރުން އެއް ތަސްވީރަށް ވުރެ ގިނަ ތަސްވީރުތައް ބަލައިލާ ހިއްސާކުރުވޭ ސިފައެއް ހިމެނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.