އައިފޯން 14 ޕްރޯ މެކްސް ބެޓެރީ ލައިފްގެ ފަހުގެ ޗެމްޕިއަން!

އަޙްމަދު ދާއޫދު 01 ޖުލައި 2022

5000 މިލީއެމްޕްސްގެ ބެޓެރީއަކާއެކު އައިފޯން 14 ޕްރޯ މެކްސް ވެގެންދާނީ އެންޑްރޮއިޑް އާއި އެޕަލްގެ ބެޓެރީގެ ބަހުސްގެ ނިމުމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ފްލެގްޝިޕް ސްމާޓްފޯނުތަކަށް ބަލާއިރު އައިފޯން 13 ޕްރޯ މެކްސް އަކީ މިހާރުގެ ބެޓެރީ ލައިފް ޗެމްޕިއަން އެވެ. އެކަމަކު އައިފޯންގެ ބެޓްރީ ސިސްޓަމަކީ ސެމްސަންގް، ގޫގުލް، ވަންޕްލަސް، މޮޓޯރޯލާ، އަދި ޝިއޯމީ އާޢި އަޅާކިޔާއިރު، ނިސްބަތުން ކުޑަ ހާޑްވެއާއަކުން (އެކަމަކު ރަނގަޅު އޮޕްޓިމައިޒޭޝަން) އެކަން މެނޭޖް ކުރާ ސިސްޓަމެކެވެ.

އެހެންވީމާ، އެޕަލް އިން މާ ވަރުގަދަ ޗިޕްތަކާއި އަދި ބޮޑެތި ބެޓެރީތަކާއެކު "މާ ބުރަކޮށް" މަސައްކަތް ކުރާތަން ނުފެނުނު ނަމަވެސް، އައިފޯން 13 ޕްރޯ މެކްސް އަދިވެސް އޮތީ އަމިއްލަ ބެޓެރީ ލީގެއްގައި ކަމަށް ވުމުން، އައިފޯން 14 އަށް ކުރާ އުންމީދާއި، ކުރެވޭ ހީކުރުންތަކުގެ މައްޗަށް ޓެކް ބޭފުޅުން ގެންދަވަނީ ތަފާތު ޚިޔާލުތައް ފާޅުކުރައްވަމުންނެވެ.

އައިފޯން 14 ޕްރޯ މެކްސް (ސެޕްޓެމްބަރު މަހު ނެރޭ) ގައި ގެލެކްސީ އެސް22 އަލްޓްރާ އާއި ޕިކްސެލް 6 ޕްރޯ އާއި އެއް ސައިޒެއްގެ ބެޓެރީ ހުރި ނަމަ ކިހިނެއް ވާނީ؟ އެއް ޗާޖަކުން ފުރިހަމަ ދެ ދުވަހު ނުހިފަހައްޓާނެ ހެއްޔެވެ؟

ނޫން. ފަހަރެއްގައި ތިން ދުވަސް ވެސް ވެދާނެ، އެކަން ކަނޑައަޅާ ބުނަން އެނގޭނީ ތިމާގެ ބޭނުންތަކަށް ބަލާފައި؟ މި ސުވާލަށް ޖަވާބު ދިނުމަށްޓަކައި އައިފޯން 14 ލީކް ވުމާއި މިހާތަނަށް އަހަރެމެންނަށް ފެނުނު ބައެއް އަޑުތަކަށް ވެސް ބަލާލަން ޖެހޭނެ، އެވެ.

އެހެންކަމުން، ނަންބަރުތަކާއި، އަދަދުތަކާއި، ނިޝާންތަކާއި، ލީކްތަކާއި، އަދި އެދެމެދުގައިވާ ހުރިހާ އެއްޗެއް ޖަހައި، 5000 އެމްއޭއެޗްގެ ސެލްއަކުން އައިފޯން 14 ޕްރޯ މެކްސްގެ ބެޓެރީ ލައިފްއަށް އަންނާނެ ހެޔޮބަދަލެއް ބަލާލަމާ ހިނގާށެވެ.

އެޕަލް އިން އަމިއްލަ ބެޓެރީ ލީގެއްގައި އުޅޭއިރު، އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީ ބެޓެރީ ލައިފް އަކީ އަޖައިބެކެވެ.

އެޕަލްގެ މިނީ އައިފޯން އަންނަނީ މެކްސިމަމް އެންޑަރަންސް އާއި އެކުގަ އެވެ. އެހެންކަމުން 5000 އެމްއޭއެޗްގެ ބެޓެރީއަކާއެކު އައިފޯން 14 ޕްރޯ މެކްސް އައުމަކީ އެންޑްރޮއިޑް އާއި އެޕަލްގެ ބެޓެރީގެ ބަހުސްގެ ނިމުމަކަށް ވާނެކަމެކެވެ.

އައިފޯން 13 ޕްރޯ މެކްސްގައި 4352 އެމްއޭއެޗްގެ ސެލްއެއް ހުންނައިރު، އޭގެ ފުލްކެޕޭސިޓީއަށް ބަލާއިރު، މިއީ މީޑް ރޭންޖް އެންޑްރޮއިޑް ފޯނުތަކުގައި ވެސް ހުންނަ ކަމަށް ބެލެވޭ އެވްރެޖެވެ.

އައިފޯން 14 ޕްރޯ މެކްސް އަށް 5000 އެމްއޭއެޗްގެ ބެޓެރީއެއް ލިބިއްޖެނަމަ، އެއީ އެޕަލްގެ މިހާރުގެ ޓޮޕް ފްލެގްޝިޕްއާ އަޅާބަލާއިރު ކެޕޭސިޓީ %15 ބޮޑުވެ، ގެލެކްސީ އެސް22 އަލްޓްރާ އަދި ޕިކްސެލް 6 ޕްރޯއާ އެއްވަރަށް ވާނެ ކަމެކެވެ.

އަދިވެސް މިހާރުވެސް އައިފޯން 13 ޕްރޯ މެކްސް އަށް ގެލެކްސީ އެސް22 އަލްޓްރާ އަށް ވުރެ ދިގު މުއްދަތަކަށް އެވްރެޖްކޮށް ގާތްގަނޑަކަށް %25 ޗާޖު ކުރެވޭނެއެވެ.

އައިފޯން އާއި ޕިކްސެލް 6 ޕްރޯ އަޅާކިޔާނަމަ ފެންނާނީ ގޫގުލްގެ އެންމެ ޕްރީމިއަމް ފްލެގްޝިޕް އިން އެޕަލްގެ ބެޓެރީ ލައިފް އަށް ވުރެ %40 އަށް ވުރެ މަދު ނުވަތަ މަދުކޮށް ބެޓެރީ ލައިފް ލިބޭ ކަމެވެ.



އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.