އެޕަލްއިން އެމް2 ޗިޕް އިއުލާނުކޮށްފި

ޢާއިޝަތު ޝައިހާ 03 ޖުލައި 2022

އެޕަލް އިން އެމް1 ޗިޕް އިއުލާނު ކުރިތާ ބަރާބަރު 2 އަހަރު ފުރުމާއި އެކު، އޭގެ ސީދާ ވާރިޘު މި ވަނީ އެންމެ ފަހުން ދައްކާލާފައެވެ. އަހަރީ ޑެވެލޮޕަރުންގެ ކޮންފަރެންސްގައި، އެޕަލްގެ އިސްވެރިންނާއި ޕްރޮޑަކްޓް މެނޭޖަރުން ވަނީ އާ ޗިޕްއާއި ބެހޭ އިތުރު މައުލޫމާތުތައް ހިއްސާކޮށްފައެވެ.

އެމް2 އަކީ އެމް1 އާއި އަޅާ ބަލާއިރު އެތައް ގޮތަކުން ކުރިއެރުންތަކެއް ލިބިފައިވާ ޗިޕެއް ނަމަވެސް، މިއީ މެކްބުކް ޕްރޯ އަދި މެކް ސްޓޫޑިއޯގައިވާ މަތީ ފެންވަރުގެ އެމް1 ޕްރޯ، އެމް1 މެކްސް ނުވަތަ އެމް1 އަލްޓްރާ އަށް ވުރެ ބޮޑަށް ކުރިއަރައިގެން ދާނެ ޗިޕެއް ނޫނެވެ. އެމް2 ޕްރޯ، މެކްސް އަދި އަލްޓްރާގައި، އެމް2 ގެ މަސައްކަތަށް އައިސްފައިވާ ކުރިއެރުންތައް ބާރު ދުވެއްޔެއްގައި ފަހަނައަޅައިގެން ދާނެ މަތީ އަދަދެއްގެ ސީޕީޔޫ އަދި ޖީޕީޔޫ ކޯ ކައުންޓެއް ވާނެއެވެ.

އެމް1 ޗިޕެކޭ އެއްފަދައިން އެމް2 ގައި 8 ސީޕީޔޫ ކޯ (4 ހައި-އެންޑް-ޕާފޯމެންސް ކޯ އަދި 4 ލޯ-ޕަވަރ-އެފިޝިއަންސީ ކޯ) ހިމެނޭނެއެވެ. އެޕަލްއިން ބުނާ ގޮތުގައި، އެމް1 ޗިޕްއާއި އަޅާ ބަލާއިރު މި ޗިޕް 18 އިންސައްތަ އަވަސް މިނެއްގައި މަސައްކަތް ކުރާނެއެވެ. ހަމައެހެންމެ އަށަކުން ދިހައަކަށް ޖީޕީޔޫ ކޯ ބަމްޕް ކުރާނެއެވެ. މީގެ ސަބަބުން މަސައްކަތަށް 35 އިންސައްތައިގެ ކުރިއެރުމެއް އަންނާނެއެވެ. އެހެންނަމަވެސް އެމް1 ޗިޕެކޭ އެއްފަދައިން ތަފާތު އަދަދުތަކެއްގެ ޖީޕީޔޫ ކޯ ވާ އެމް2 ޗިޕްގެ އެތައް ވައްތަރުތަކެއް ޝިޕް ވާތަން ފެނިގެން ދިޔުން އެކަށީގެން ވެއެވެ.

އެޕަލްއިން ބުނެފައިވާ ގޮތުގައި އެމް2 އިން 20 ބިލިއަން ޓްރާންސިސްޓަރު ބޭނުންކުރާ ކަމަށެވެ. މިއީ އެމް1 އާއި އަޅާ ބަލާއިރު 25 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ސިކުންތެއްގައި 100 ޖީބީ ގެ މެމަރީ ބޭންޑްވިތް ބޯސްޓްވެސް ކުރެވެއެވެ. މީގެ ސަބަބުން ހުރިހާ މަސައްކަތްތަކާއި އެކު އެންމެ ބޮޑަށް އެއިން ފައިދާ ކުރާނީ ގުޅިފައިވާ ޖީޕީޔޫގެ މަސައްކަތަށެވެ. މި ޕްރޮސެސަރ އުފައްދާފައި ވަނީ އެމް1 އޭ އެއްފަދައިން 5 ނެނޯމީޓަރުގެ މެނުފެކްޗަރިންގ ޕްރޮސެސްގެ މައްޗަށެވެ. ހަމައެއާއެކު މި ޗިޕް ގައި، އެމް1 ޗިޕްގެ 16 ޖީބީ އިމުގެ މަތިން 24 ޖީބީއާއި ހަމައަށްވާ މެމަރީއެއްވެސް ހިމެނެއެވެ.

އެޕަލްއިން އިތުރަށް ބުނާ ގޮތުގައި، އެމް1 ގައިވާ ނިއުރަލް އިންޖީނުގެ ސިފައަށްވުރެ އަވަސް ނިއުރަލް އިންޖީނުގެ ސިފައަކާއި، 8 ކޭ ގެ ރިސޮލިއުޝަނަކާއިއެކު ޑީކޯޑުކުރުމުގައި ބޭނުންކުރުމަށް އެޗް.264 އަދި އެޗްއީވީސީ ހާޑްވެއާއެއްގެ އިތުރުން، އެތަކެއް 4 ކޭ އަދި 8 ކޭ ވީޑިޔޯތައް އެއްފަހަރާ ސްޓްރީމްކުރުމަށް އެހީވެދޭ ޕްރޯރެސް އިންޖީނަކާއި، އަދި ވެބްކެމްގައި އަޑު މަޑުކުރުމުގެ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާ އިމޭޖް ސިގްނަލް ޕްރޮސެސަރ (އައިއެސްޕީ) އެއް އެމް2 ގައި ހިމެނޭނެއެވެ. ކަންމިހެން އޮތް ނަމަވެސް، އެމް1 އޭ އެއްފަދައިން، ލެޕްޓޮޕްގެ އިންޓާނަލް ސްކްރީނުގައި، ލެޕްޓޮޕެއްގައި ބޭނުންކުރާނަމަ އަޕް-ޓު-6 ކޭ އެކްސްޓާނަލް މޮނީޓަރަކާއި އެކު އެމް2 އިން ވެސް ބޭނުންކުރެވޭނީ 2 ސްކްރީނެވެ. އިތުރު މޮނީޓަރުތައް ބޭނުންވާ ކަމުގައި ވާނަމަ، ޕްރޯ، މެކްސް ނުވަތަ އަލްޓްރާ އެސްއޯސީ އެއް ބޭނުންވާނެއެވެ.

އެމް2 ޗިޕް ހިމެނޭ މެކްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝިޕް ކުރި މެކްތަކުގެ ތެރޭގައި، އާ ފަރުމާގެ މެކްބުކް އެއާ، އަދި އެމް1 ވައްތަރުގެ ފަރުމާގެ އާ 13 އިންޗީގެ މެކްބުކް ޕްރޯ ހިމެނެއެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.