އެންމެ ސެކިއުރިޓީ ރަނގަޅު ހަތް މެސެޖިން އެޕް

އަޙްމަދު ދާއޫދު 03 ޖުލައި 2022

ޓެކްސްޓް މެދުވެރިކޮށް ވާހަކަތައް ޕްރައިވެޓް ކުރެވޭނެ ގޮތެއް ހޯދަން ބޭނުންނަމަ ރަނގަޅު މެސެޖިން އެޕެއް ޚިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ޢާއްމުންކޮށް އަހަރެމެންނަށް މިފެންނަ ހުރިހާ އެޕްތަކަކީ އެންޑް ޓު އެންޑް އެންކްރިޕްޓް (އީ2އީއީ) އެޕްތަކެއް ނޫން ކަމަށްވުމާއި، ބައެއް ޙާލަތްތަކުގައި މިފަދަ ބައެއް އެޕްތަކުން ތިބާގެ ޕްރައިވެސީއަށް ގެއްލުން ލިބޭ ސެކިއުރިޓީ މައްސަލަތަކެއް ހުރެދާނެ ކަމަށްވީތީއެވެ.

ފަހުގެ ގިނަ މެސެޖިން އެޕްތަކުގައި ހިމެނޭ އީ2އީއީގެ ފަންކްޝަންގެ މާނައަކީ ތިބާގެ މެސެޖުތަކުގެ ކޮންޓެންޓް ފެންނަނީ ހަމައެކަނި ތިބާ (ފޮނުވާ ފަރާތާއި) ލިބޭ ފަރާތަށެވެ. މިއީ ގިނަބަޔަކު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތިބާގެ މޯބައިލް ކެރިއަރ، އިންޓަރނެޓް ޚިދުމަތްދޭ ފަރާތް (އައިއެސްޕީ)، އަދި ފޯނު އުފައްދާ ފަރާތް ފަދަ އެއްވެސް ތިންވަނަ ފަރާތެއް ނުހިމެނޭ ކަމެކެވެ.

މިލިޔުމުގައި ލިސްޓްކޮށްފައިވާ ހުރިހާ އެޕްތަކަކީވެސް ހިލޭ ލިބޭ އެޕްތަކެއްގެ އިތުރުން އީ2އީ ފީޗަރ ލިބޭ އެޕްތަކެއް ކަމުން މިއިން އެއްވެސް އެޕެއް ބޭނުންކުރުމުގައި ތިބާގެ ޕްރައިވެސީއާ މެދު މާބޮޑަށް ކަންބޮޑުވާކަށް ނުޖެހެއެވެ.

ސިގްނަލް

ސިގްނަލް އަކީ އެންމެ މަޝްހޫރު ޕްރައިވެޓް މެސެޖިން އެޕްތަކުގެ ތެރެއިން އެއް އެޕެވެ. އެއީ ޑިވައިސްގެ ޑިފޯލްޓް މެސެޖިން އެޕްގެ ބަދަލުގައި ބޭނުން ކުރަން ފަސޭހަ ސާދާ، ރީތިކަމުގެ ގޮތުން ރަނގަޅު އިންޓަފޭސްއެކެވެ. އަދި އެޕްގެ ތެރޭގައި އެއްވެސް އިޝްތިހާރެއް ނުވަތަ ޓްރެކަރެއް ނުހިމެނޭ "މިނިވަން ނޮންޕްރޮފިޓް ކުންފުންޏެއް" ކަމަށް ސިގްނަލް އިން ސިފަކުރެ އެވެ. މެސެޖްތަކުގެ އިތުރުން ވޮއިސް އަދި ވީޑިއޯ ކޯލްތަކަކީ ސިގްނަލްގައި އީ2އީއީ އެވެ.

ނޯޓް: އެންޑްރޮއިޑްގައި ޑީފޯލްޓްކޮށް ހުންނަ މެސެޖިން އެޕަކީ ރައްކާތެރިކަން ކުޑަ އެސްއެމްއެސް / އެމްއެމްއެސް އެޕްތަކެކެވެ. އޭގެ ބަދަލުގައި ސިގްނަލް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ސިގްނަލްގައިވެސް ފުރިހަމަ ޕްރޮޓެކްޝަން ލިބޭނެ ހަމައެކަނި ގޮތަކީ ދެކޮޅުގައި ތިބި ދެ ޔޫޒަރުން ވެސް އެޕް ބޭނުންކުރާނަމަ އެވެ. (އައިފޯން ބޭނުންކުރާ މީހެއްނަމަ މިކަމާ ކަންބޮޑުވާކަށް ނުޖެހޭނެ، ސަބަބަކީ ޑިފޯލްޓް އެސްއެމްއެސް އެޕް ބަދަލު ނުކުރެވޭނެތީއެވެ.

ޓެލެގްރާމް

ޓެލެގްރާމް އަކީވެސް މޮޅު ސެކިއުރިޓީ މެސެޖިން އެޕެކެވެ. އެއީ ގްރޫޕް އަދި ޕްރައިވެޓް ޗެޓްތަކަށް ސަރވަރ-ކްލައިންޓް އެންކްރިޕްޝަން ފޯރުކޮށްދޭ އެޕެކެވެ. ޓެލެގްރާމްގެ ސީކްރެޓް ޗެޓްސް ފީޗާ ބޭނުންކޮށްގެން އީ2އީއީ އިން މެސެޖުތައް ފޮނުވޭނެއެވެ. ޓެލެގްރާމުން ފޮނުވާ މެސެޖުތައް ވަކި މުއްދަތަކަށްފަހު ފޮހެވިގެން ދާގޮތަށްވެސް މެސެޖް ފޮނުވާލެވެއެވެ. އަދި ޗެޓެއްގައި މެސެޖެއް ޑިލީޓް ކޮށްފިނަމަ އެމެސެޖު ލިބޭ ފަރާތުގެ ޑިވައިސް އިން ޑިލީޓް ވާނެ އެވެ.

ވަޓްސްއެޕް

ވަޓްސްއެޕް އިން އޭގެ މެސެޖުތަކާއި ކޯލްތަކަށް ޑިފޯލްޓްކޮށް އީ2އީއީ އެނެބަލް ކޮށްދެ އެވެ. ކޮންޓެކްޓްސް ލިސްޓުގައި ނުހިމެނޭ މީހެއްގެ މެސެޖެއް ލިބުމުން ވަޓްސްއެޕް އިން އިންޒާރު ދޭނެ އެވެ.

މެޓާ (ފޭސްބުކްގެ ބެލެނިވެރި ކުންފުނި) ގެ އެއްވެސް އެއްޗަކުން ހަގީގަތުގައި ޕްރައިވެސީގެ ޔަޤީންކަމެއް ނުލިބުނަސް ވަޓްސްއެޕް އަކީ އިސްތިސްނާ އެއްޗެކެވެ. ވަޓްސްއެޕް އިން އޭގެ މެސެޖުތަކާއި ކޯލްތަކަށް ޑިފޯލްޓްކޮށް އީ2އީއީ އެނެބަލް ކޮށްދެ އެވެ. ސިގްނަލް އަދި ޓެލެގްރާމް ފަދައިން ވަޓްސްއެޕް މެދުވެރިކޮށް ގްރޫޕް ޗެޓް އުފެއްދުމުގެ އިތުރުން ރައްކާތެރިކަމާއެކު ތަސްވީރު، ވީޑިއޯ، އަދި ވޮއިސް މެސެޖުތައް ފޮނުވޭނެ އެވެ. އެއެޕްގައި ވިޔަފާރިތަކާ މުއާމަލާތްކުރާ ޔޫޒަރުން ފޭސްބުކްއާ ޑޭޓާ ހިއްސާ ކުރަން ޖެހޭ ގޮތަށް މިދިޔަ އަހަރު އަޕްޑޭޓް ކުރި ޕްރައިވެސީ ޕޮލިސީއާ ގުޅިގެން އެ ކުންފުންޏަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެހެންނަމަވެސް، މިކަމުގެ ސަބަބުން އެއެޕްގައި ކޮންމެ ދުވަހަކު ދައްކާ ޒާތީ ވާހަކަތަކަށް އަސަރެއް ނުކުރާކަން ފާހަގަކުރުން މުހިންމެވެ.

ވަޓްސްއެޕް އަކީ ފޭސްބުކްގެ ބެލެނިވެރި ކުންފުންޏެއް ކަމަށް ވިޔަސް އެ ކުންފުނިން ޑިފޯލްޓްކޮށް އީ2އީއީ ފޯރުކޮށްދެ އެވެ.

ވިކްރ މީ

ވިކްރ މީގައި ރޫމްތަކާއި، ޑީއެމްތަކާއި، ކޮންޓެކްޓްތަކުގެ ޓެބްތައް ހުރެއެވެ.

އެމެޒޯން ވެބް ސާވިސަސް އިން މިދިޔަ އަހަރު ވިކްރމީ ގަތް ނަމަވެސް އެ ހިދުމަތަކީ އަދިވެސް ވާހަކަތައް ރައްކާތެރިކޮށް ބެހެއްޓުމަށް ޚާއްޞަ ސޮލިޑް މެސެޖިން އެޕެކެވެ. ވިކްރމީ ތައްޔާރުކޮށްފައިވަނީ ވިޔަފާރީގެ ޕްރޮފެޝަނަލުންނަށް އެމީހުންގެ އެކުވެރިންނާ މުއާމަލާތް ކުރުމަށް ކަމަށްވުމުން މީގެ މާނައަކީ އާދައިގެ ޔޫޒަރަކަށް އެ އެޕް ބޭނުން ނުކުރެވުމެއް ނޫނެއެވެ. އެޕްގެ ހިލޭ ވާޝަންގެ ސަބަބުން އެންކްރިޕްޓް ކޮށްފައިވާ ޕާސަނަލް އަދި ގްރޫޕް މެސެޖިން އާއި އޯޑިއޯ އަދި ވީޑިއޯ ކޯލިން އާއި ފައިލް ޝެއާ ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި ގެއްލިގެންދާ މެސެޖުތަކަށް ޓައިމަރުތައް ސެޓް ކުރެވޭނެ އެވެ.

އެމެޒޯން ވެބް ސާވިސަސްގެ ވިކްރް މީ އަކީ ޕްރޮފެޝަނަލް ޔޫޒަރުންނަށް އިތުރަށް ތައްޔާރުކޮށްފައިވާ ޕްރައިވެޓް މެސެޖިން އެޕެކެވެ.

ވަޔަރ

ވަޔަރ ގައި ފުދޭވަރަކަށް ސާދާ އިންޓަފޭސްއެއް ހުރެއެވެ. ފަސޭހައިން ގްރޫޕްތައް އުފައްދައި ކޮންޓެކްޓްތައް އެޑް ކުރެވޭނެ އެވެ.

ވަޔަރ އަކީ ސީދާ އިންޓަފޭސްއެއް އެކުލެވޭ ސްޓްރިޕްޑް ޑައުން މެސެޖިން އެޕެކެވެ. ބައެއް ޕޭޑް ޕްރީމިއަމް އޮޕްޝަންތައް ވެސް ހުރި ނަމަވެސް އެ ޕްލޭންތަކަކީ ރައްކާތެރި ކޮލަބަރޭޝަން އެޕް ހޯދަން އުޅޭ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ޕްލޭންތަކެކެވެ.

ވަޔަރު

ވަޔަރ އަކީ ސެކިއުރިޓީ މެސެޖިންގ، ކޯލިންގ، އަދި ފައިލް ޝެއަރިންގ އަށް ސަޕޯޓްކުރާ ނޯ ނޮންސެންސް އެޕެކެވެ.

ވައިބަރ

ވައިބަރ އިން ޗެޓް ލިސްޓުގެ ތެރޭގައި ރެކޮމެންޑް ކުރެވިފައިވާ ޗެނަލްތައް ދައްކާފާނެއެވެ. އަދި އެކި މައުޟޫއުތަކާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި އެކި ޗެނަލްތައް އެކްސްޕްލޯރކޮށް ޖޮއިން ކުރެވޭނެއެވެ.

ވައިބާ އާއި އެކު، ސްޓިކާ، ޖީއައިއެފް، އަދި މެސެޖް ރިއެކްޝަން ފަދަ ޒަމާނީ މެސެޖިން އެޕް އިން ފެންނާނެ ހުރިހާ އެއްޗަކުން ފުރިހަމަ މެސެޖިން ތަޖުރިބާއެއް ފުރިހަމަ ފީޗާސްތަކެއް އެކުލެވޭ ގޮތަށް ލިބޭނެ އެވެ. ވައިބަރ ބޭނުންކުރާއިރު އިޝްތިހާރުތަކާއި ޗެނަލް ރެކޮމެންޑޭޝަންތައް ފެނިދާނެއެވެ.

މި އެޕް އަކީ ޖަޕާނުގެ އީ-ކޮމާސް ކުންފުނި ރަކުޓެންގެ މިލްކުވެރިއެޕަކަށް ވީއިރު، އެހެން ބައެއް އެޕްތަކަށް ވުރެ ވައިބަރގެ ފުރިހަމަކަން އިތުރު ވާނެކަމަށް ފެނެއެވެ.

ސްކްރެޑް މެސެންޖަރ

ސްކްރެޑް އަށް ޑިވައިސްގެ ކޮންޓެކްޓްތަކަށް އެކްސެސް ނުލިބެ އެވެ. އެކަމަކު ކިއުއާރު ކޯޑް ބޭނުންކޮށްގެން ސްކްރެޑް އަށް މީހުންނަށް ދައުވަތު ދެވޭނެ އެވެ.

ސްކްރެޑް އާއި ބެހޭގޮތުން ޝައުގުވެރިވާ ކަމަކީ ސައިން އަޕް ކުރުމަށް ފޯނު ނަންބަރެއް ނުވަތަ އީމެއިލްއެއް ބޭނުން ނުވާ ކަމެވެ. އަދި ތިމާގެ އެއްވެސް ރައްޓެއްސަކު އެ އެޕް ބޭނުންކުރޭތޯ ބެލުމަށް ފޯނުގެ ކޮންޓެކްޓްތައް ސްކްރެޑް އިން ބޭނުން ނުކުރެއެވެ. އެޕް އަށް މީހުންނަށް ދައުވަތު ދެވޭނީ އެޕް އިން ކިއުއާރު ކޯޑެއް ސްކޭން ކޮށްގެން ނުވަތަ އެހެން މެސެޖިންގ ޚިދުމަތެއް މެދުވެރިކޮށް އެ ކޯޑް ފޮނުވައިގެންނެވެ. ސްކްރެޑް އިން އީ2އީ މެސެޖިންގެ އިތުރުން ވޮއިސް އަދި ވީޑިއޯ ކޯލްތަކަށް ވެސް ސަޕޯޓް ކުރެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.