އެފްބީއައިގެ ކުރީގެ ގިނަޢަދަދެއްގެ އެޖެންޓުންތަކެއް ޓްވިޓާގެ އެކިއެކި މަޤާމްތަކަށް ނަގަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިންޓް ޕްރެސްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން ޓްވިޓާއިން ދަނީ ގިނަ އަދަދެއްގެ ކުރީގެ އެފްބީއައިގެ އެޖެންޓުންނާއި ކުރީގެ އެހެން "ފެޑްސް އެންޑް ސްޕައިސް" ހޯދަމުން ކަމަށް ވަޒީފާއާއި ރިކްރޫޓްމަންޓް ވެބްސައިޓްތަކުގެ ތަހުލީލުތަކުން ދައްކަ އެވެ.
މައިކްރޯބްލޮގިން މެޖޯރިޓީން ވަނީ "ސެކިއުރިޓީ، އިތުބާރާއި، ސަލާމަތާއި ކޮންޓެންޓްގެ ދާއިރާތަކުގައި މަސައްކަތް ކުރުމަށް "ގައުމީ ސަލާމަތީ ދައުލަތުގެ ދިހަވަރަކަށް ފަރާތްތައް ވަޒީފާއަށް ނެރެފައި" ކަމަށް މިންޓްޕްރެސްއިން ރިޕޯޓްކޮށްފައިވެ އެވެ.
އެފްބީއައި މަޝްހޫރުވެފައިވަނީ އާންމުކޮށް ޑޮމެސްޓިކް ސެކިއުރިޓީ އެންޑް އިންޓެލިޖެންސް ފޯސްއެއްގެ ގޮތުގައި ނަމަވެސް ދާދި ފަހުން ވަނީ ސައިބަރ ސްޕޭސްއަށް ވެސް އެ ކުންފުނީގެ ރެމިޓް ފުޅާކޮށްފައި ކަމަށްވެސް އެލިޔުމުގައި އިތުރަށް ބުނެފައިވެ އެވެ.
އެ ތަހުލީލުން އެނގުނު ގޮތުގައި އެފްބީއައިގެ ކުރީގެ ބައެއް އޮފިޝަލުން ވަނީ ސޯޝަލް މީޑިއާ ޓްވިޓާގައި މުހިންމު މަޤާމްތަކެއް ހިފަހައްޓާފަ އެވެ. މިސާލަކަށް ސިލިކަން ވެލީގައި ހުންނަ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ކޯޕަރޭޓް ރެސިލިއެންސްގެ މަގާމަށް 21 އަހަރު ވަންދެން ސްޕެޝަލް އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެފްބީއައިގެ ވެޓެރަން ކެރެން ވޯލްޝް ވަނީ ހަމަޖައްސާފަ އެވެ. އެހެނިހެން ރޯލުތައް އަދާކުރެއްވީ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ އާއި ނޭޓޯގެ ތިންކް ޓެންކް އެޓްލާންޓިކް ކައުންސިލްގެ ކުރީގެ މުވައްޒަފުންނެވެ.
2019 ވަނަ އަހަރު ޓްވިޓާގެ މުޅި ޔޫރަޕާއި މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދުގެ އެޑިޓޯރިއަލްގެ ވެރިޔާ ގޯޑަން މެކްމިލަން އަކީ ހަގީގަތުގައި، އިނގިރޭސި ސިފައިންގެ ނަން މަޝްހޫރު 77 ވަނަ ބްރިގޭޑިއާގެ އޮފިސަރެކެވެ. މި އަސްކަރީ ޔުނިޓަކީ އޮންލައިން ހަނގުރާމައާއި ނަފްސާނީ އޮޕަރޭޝަންތަކަށް ޚާއްޞަ ޔުނިޓެކެވެ.
މީގެއިތުރުން އެ ތަހުލީލުތަކުން ޔަގީންވާގޮތުން ޓްވިޓާގެ ބައެއް ޓޮޕް މެނޭޖަރުންނާއި މުވައްޒަފުންނަކީ އެމެރިކާގެ ސެކިއުރިޓީ ސާވިސް އާއި ޖާސޫސީ އިދާރާގެ މުވައްޒަފުންކަން ފާހަގަކުރެވުނެވެ.
އެފްބީއައިގެ ކުރީގެ އެޖެންޓް އަދި ވިސްލްބްލޯވާ ކޯލީން ރޯލީ މިންޓްޕްރެސްއަށް ވިދާޅުވީ މި އޭޖެންޓުންގެ ތެރެއިން ބައެއް އޭޖެންޓުންގެ ލޯ މިހާރުވެސް ހުރީ ރިޓަޔާމަންޓަށް ފަހު ވަޒީފާތަކަށް ކަމަށާއި އޭގެ ތެރޭގައި ޓްވިޓާ ވެސް ހިމެނޭ ކަމަށެވެ. "ހަގީގަތަކީ އެފްބީއައިގައި މީހުން ދެއްކި ހުރިހާ އާދައިގެ ވާހަކަތަކުގެ %50 ވާހަކަ ދެއްކީ ރިޓަޔާ ކުރުމަށް ފަހު ފައިސާ ހޯދަން އުޅޭ ގޮތާ ބެހޭ ގޮތުން،" އޭނާއާ ހަވާލާދީ އެ އިދާރާއިން ބުންޏެވެ.
"ނިއުޓްރަލިޓީ" އާ ބެހޭ ގޮތުން ޓްވިޓާއިން ބޮޑެތި ދައުވާތަކެއް ކުރާއިރު، އެމެރިކާގެ ގައުމީ ސަލާމަތީ ޖަމިއްޔާތަކުން ގިނައިން މުވައްޒަފުން ހޯދުމުގެ ރެކޯޑުން އެ ކުންފުނީގެ ސްޓޭންޑާ މެދު ސުވާލު އުފެދެ އެވެ. އެ ބާވަތުގެ މުވައްޒަފުންނާއެކު ޓްވިޓާ އަކީ ޝައްކެއްވެސްނެތްގޮތުގައި، "ދުނިޔޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ފުޅާ ދާއިރާއެއްގައި ނުފޫޒު ފޯރުވާ ބައެއް އޮޕަރޭޝަންތަކުގެ މަސްދަރު" ކަމަށް އެނަލިސިސްގައި ބުނެފައިވެ އެވެ.
މިންޓްޕްރެސް އިން އިންޒާރު ދެއްވަމުން ވިދާޅުވީ ޓްވިޓާއިން އެކުލަވާލާފައިވާ ލިސްޓްތައް ވެސް ތަހުލީލުކޮށްފައި ވަނީ ދޮގު މައުލޫމާތުތަކާއި ސިޔާސީ ބައިބައިވުމާ ކުރިމަތިލާން ޖެހިފައިވާ ގައުމުތަކުގެ މައްޗަށް ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.