ފަހަކަށް އައިސް ސައިންސްވެރިންގެ ޝައުޤުވެރިކަން ހަނދަށް އިތުރުވެފައިވާއިރު، ޖަޕާނުން ދަނީ އެ ޝައުޤުވެރިކަމުގެ ތެރެއިން މުޅިން އައު އީޖާދެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކިޔޯޓޯ ޔުނިވާސިޓީ އާއި ކާޖިމާ ކޯޕަރޭޝަންގެ ދިރާސާވެރިންނާއި އިންޖިނިއަރުން ވަނީ ހަނދުގައި ދެމެހެއްޓެނިވި ގޮތެއްގައި އިންސާނުންގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް ތިން ދާއިރާއަކުން ކުރިއަށް ދިއުމަށް އެއްބަސް ވެފައިވާ ޖޮއިންޓް ޕްރޮޕޯސަލް އާންމުކޮށްފަ އެވެ.
ޖައްވީ ހޯދުމުގެ މުސްތަގުބަލުގައި އޯބިޓްގައި ވިޔަސް ނުވަތަ އެހެން ޕްލެނެޓެއްގެ ބިމުގައި ވިޔަސް ގްރެވިޓީ ދަށް މާހައުލުތަކުގައި ގިނަ ދުވަހު ތިބުން ހިމެނޭނެ ކަމަށް ބެލެވެ އެވެ. މައްސަލައަކީ، ޖައްވުގައި ގިނަ ދުވަހު މަޑުކުރުމަކީ އަހަރެމެންގެ ފިޒިއޮލޮޖީއަށް ގެއްލުންތަކެއް ލިބިދާނެ ކަމަކަށްވުމެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޖައްވީ އުޅަނދުތަކުގައި އުޅޭ އެސްޓްރޮނޯޓުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ކަށިތައް ހަލާކުވެ ސިއްޙީ މަސައްލަތައް ދިމާވެ އަލުން އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ކުރުމަތިވެދާނެގޮތް މެދުވެރި ވުމެވެ. ނަމަވެސް ޝުކުރުވެރިކަމާއެކު ދަންނަވަންޖެހެނީ، ކިޔޯޓޯ ޔުނިވަރސިޓީއާއި ކާޖިމާ ކޯޕަރޭޝަންގެ ދިރާސާވެރިން ދަނީ މިކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ އިންޖިނިއަރިން މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ނެރުނު ނޫސްބަޔާނެއްގައި އިއުލާންކުރި މި ހުށަހެޅުން ހީވަނީ ސައި-ފައި ނޮވެލްއެއްގެ ޞަފްޙާތަކުން ސީދާ ރިޕްކޮށްފައިވާ އެއްޗެއްހެންނެވެ. މި ޕްލޭންގައި ވަކިވަކިން ތިން އުނިއިތުރެއް ހިމެނޭއިރު، އޭގެ ތެރެއިން ފުރަތަމަ މާއްދާގެ ނަމަކީ “ދަ ގްލާސް” އެވެ. އޭގެ މަގުސަދަކީ ސެންޓްރިފިއުގަލް ފޯސްގެ ތެރެއިން ހަނދާއި މާސްއަށް ސިމިއުލެޓެޑް ގްރެވިޓީ ގެނައުމެވެ.
ހަނދާއި މާސްގައި ގްރެވިޓީއަކީ ދުނިޔޭގައިވާ ގްރެވިޓީގެ ގާތްގަނޑަކަށް %16.5 އަދި %37.9 އެވެ. ލޫނާ ގްލާސް އާއި މާސް ގްލާސް އިން އެ ފަރަގު ފުއްދައިދެވޭނެއެވެ. އެއީ ދުނިޔޭގެ ގްރެވިޓީގެ އަސަރުތައް ސިމިއުލޭޓް ކުރުމަށް ސެންޓްރިފިއުގަލް ފޯސް ބޭނުންކުރާނެ ބޮޑު، އެނބުރޭ ކޯންތަކެކެވެ. މި އެނބުރޭ ކޯންތަކުގެ ރޭޑިއަސް ގާތްގަނޑަކަށް 328 ފޫޓް (100 މީޓަރު) އަދި އުސްމިނަކީ 1،312 ފޫޓް (400 މީޓަރު) ކަމަށާއި، ކޮންމެ 20 ސިކުންތަކުން އެއް އެނބުރުން ފުރިހަމަކޮށް، އެތެރޭގައި ތިބި މީހުންނަށް 1ގ ތަޖުރިބާއެއް އުފެދޭނެ (1ގ އަކީ ދުނިޔޭގައިވާ ގްރެވިޓީ) ކަމަށް މިކަމުގައި އިސްކޮށް އުޅޭ ސައިންސްވެރި ވަނީ ބުނެފައެވެ.
މިކަން ފުރިހަކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ތަޖުރިބާއަށް ބަލާއިރު، ލޫނާ ގްލާސް ހެދުމަށް ދިރާސާވެރިން އަމާޒު ހިފާފައިވަނީ 21 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ. ނަމަވެސް މިއީ ބުއްދިވެރި ނޫން އުންމީދީ ކަމެއް ކަމަށް ބައެއް ސައިންސްވެރިން ވަނީ ކުރިން ލަފާކޮށްފަ އެވެ.
މި ޕްލޭންގެ ދެވަނަ އުނިއިތުރަކީ ގޫގުލް އިން ތަރުޖަމާކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި "ކުޑަވެފައިވާ އިކޯސިސްޓަމެއް ޖައްވަށް ބަދަލުކުރުމަށް" "ކޯ ބަޔޯމް ކޮމްޕްލެކްސް" އެވެ. ކޯ ބަޔޯމް ކޮމްޕްލެކްސް ހުންނާނީ މޫން ގްލާސް/މާސް ގްލާސް ސްޓްރަކްޗާގެ ތެރޭގައި ކަމަށާއި އެއީ އިންސާނީ އެކްސްޕްލޯރަރުން ދިރިއުޅޭނެ ތަނެއް ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.
މި ހުށަހެޅުމުގެ އެންމެ ފަހު އެއްޗަކީ ދުނިޔެއާއި މާސް އަދި ހަނދު ގުޅުވައިދޭނެ ބާރު ސްޕީޑްގައި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރެއް ކަމަށްވާ “ހެކްސަގަން ސްޕޭސް ޓްރެކް” ނުވަތަ ހެކްސަޓްރެކް އެވެ. ހެކްސާޓްރެކް އަށް މަދުވެގެން ތަފާތު ތިން ސްޓޭޝަން ބޭނުންވާނެ ކަމަށާއި، އެއް ސްޓޭޝަން މާސްގެ ހަނދު ފޯބޯސްގައި، އެއް ސްޓޭޝަން ދުނިޔޭގެ ދައުރުގައި، އަދި އަނެއް ސްޓޭޝަން ހަނދުގެ ވަށައިގެން (ބޮޑަށް ބެލެވޭ ގޮތުގައި ޕްލޭން ކޮށްފައިވާ ލޫނާ ގޭޓްވޭ) ކަމަށް ދިރާސާވެރިން ވަނީ އެ ބަޔާނުގައި ބުނެފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.