އަވަސްރައިޑްގެ ބުކިންގ، މިލިއަނަކަށް ހަމަކޮށްފި

އަޙްމަދު ދާއޫދު 14 ޖުލައި 2022

މާލެއާއި ހުޅުމާލެ އަދި ހުޅުލޭގައި ދަތުރު ފަތުރު ކުރާ ފަރާތަތަކަށް އަވަސްކަމާއި، އިތުބާރާއެކު ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީގެ ދާއިރާއިން އެޚިދުމަތް ފަސޭހަކޮށްދީ ފުޅާކުރުމަށް އުފެއްދި މޯބައިލް އެޕް އަވަސްރައިޑް މެދުވެރިކޮށް ބުކިން ހެދި ކަސްޓަމަރުންގެ ޢަދަދު މިލިއަނަކަށް އަރައިފިއެވެ.

އަވަސް ރައިޑްއިން އެޕް މެދުވެރިކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝެޑިއުލް ކޮއްގެން ބޭނުން ދުވަހަކު ބޭނުން ގަޑިއަކަށް ޓެކްސީ ބުކް ކުރުމުގެ ޚިދުމަތްވެސް މިހާރު ފަށާފައިވާއިރު އެ އެޕްގެ އެއްމިލިއަން ވަނަ ކަސްޓަމަރު ހޮވާ އިއްޔެ ވަނީ އިނާމް ދީފައެވެ.

އަވަސްރައިޑް އިން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޚިދުމަތް ފަސޭހަކޮށްދީ، ހިދުމަތް ލިބިގަންނަ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ބޭނުންވާ ވަގުތެއްގައި ޓެކްސީ ބުކްކޮށް، ރައްކާތެރިކަމާއެކު އެ ބޭނުންވާ މަންޒިލަކަށް ބޭނުންވާ ދުވަހު ބޭންންވާ ގަޑިއަކަށް، ބޭނުންވާ ބާވަތެއްގެ އުޅަނދެއް ބުކްކޮއްލައިގެން ދެވޭނެ ގޮތަށް އެ ޚިދުމަތް އެވަނީ މިހާރު ތަރައްޤީކޮށްފައެވެ.

ޓެކްސީ ހޯދުމަށް އުފުލަން ޖެހުނު އެތައް ތަކުލީފްތަކެއް އަވަސްރައިޑުން ވަނީ ހައްލު ކޮށްދީފައެވެ. އެތައް ހާސް ބަޔަކު އަވަސް ރައިޑް އެޕް ދަނީ ބޭނުން ކުރަމުންނެވެ. އަވަސް ރައިޑުން އަންނަނީ ރާއްޖޭގެ ޓެކްސީގެ ޚިދުމަތަށް ބޮޑު އިންގިލާބެއް ގެންނަމުންނެވެ. އަވަސްރައިޑްއިން ދެމުން ގެންދާ ހިދުމަތަށް ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.