އެސްއެލްއާރު ނުވަތަ ސިންގަލް ލެންސް ރިފްލެކްޝަން ކެމެރާ އުފެއްދުން ހުއްޓާލައި ލޯގަނޑު ނެތް (މިރާރލެސް) މޮޑެލްތަކަށް ފޯކަސް ކުރުމަށް ނިކޮން އިން ނިންމައިފި އެވެ.
ސްމާޓްފޯން ކެމެރާތަކުގެ ވާދަވެރިކަން ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ޖަޕާނުގެ ކެމެރާ އުފައްދާ މަޝްހޫރު ކުންފުނި ނިކޮން އިން ސިންގަލް ލެންސް ރިފްލެކްސް ކެމެރާގެ ވިޔަފާރިން ވަކިވެ ޑިޖިޓަލް އޮފާތަކަށް ބަދަލުވާން އެ ކުންފުނިން ނިންމާފައިވާއިރު، ނިކޮންގެ އެސްއެލްއާރު ކެމެރާތަކަކީ 60 އަހަރަށް ވުރެ ގިނަ ދުވަހު ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ކެމެރާތަކެކެވެ.
ނިކޮން އިން މިހާރު ރާވާފައިވަނީ މިއަށްވުރެ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ފަހަތުގައި މެއިންސްޓްރީމް ޕްރޮޑަކްޓްތަކަށް ވެފައިވާ ލޯގަނޑު ނެތް ކެމެރާތަކަށް ވަސީލަތްތައް ފޯކަސް ކުރުމަށެވެ.
އަލަށް އުފައްދަމުން އަންނަ ސްމާޓްފޯނުތަކުގެ ކެމެރާތަކަށް އަންނަ ތަރައްޤީގެ ސަބަބުން ނިކޮންގެ ކެމެރާތަކަށް ދަނީ ގެއްލުންވަމުން ކަމަށާއި ފަހުގެ ސްމާޓްފޯނުތަކުގައި ބާރުގަދަ ކެމެރާތައް ގިނަވަމުން އަންނަ ކަމަށް ނިކޮން އިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ނިކޮންގެ އަމާޒަކީ އެފަދަ ފޯނުތައް އުފައްދާ ކުންފުނިތަކަށް ގޮންޖަހާލައި، އިތުރު ޔުނިކް ފީޗާސްތަކެއް އެކުލެވޭ ޕްރޮޑަކްޓްތައް ނިކޮން އިން ކުރިއަށް އޮތްތާންގައި އުފެއްދުމެވެ.
ނިކޮންގެ ފްލެގްޝިޕް ޑީ6 އެސްއެލްއާރު ޖޫން 2020 ގައި ނެރުނު ފަހުން އާ އެސްއެލްއާރު މޮޑެލްތަކެއް ނެރެފައެއް ނުވެ އެވެ. އެ ކުންފުނިން މިހާރު ވަނީ ކޮމްޕެކްޓް ޑިޖިޓަލް ކެމެރާތައް އުފެއްދުން ހުއްޓާލާފަ އެވެ.
މިހާރުން ފެށިގެން ޑިޖިޓަލް މިރޯލެސް ކެމެރާތަކަށް ފޯކަސް ކުރުމަށް ނިކޮން އިން ގަސްތުކުރި ނަމަވެސް މިހާރު ހުރި އެސްއެލްއާރު މޮޑެލްތައް އުފެއްދުމާއި ޑިސްޓްރިބިއުޝަން ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ނިކޮން އަކީ ކެނަން އަށް ފަހު ދެވަނައަށް އެންމެ ބޮޑު އެސްއެލްއާރު އުފައްދާ ކުންފުންޏެވެ. އެސްއެލްއާރު ކެމެރާއެއްގައި ވިއުފައިންޑަރ މެދުވެރިކޮށް ފޮޓޯގްރާފަރަށް ފެންނަ ތަސްވީރެއް ރިފްލެކްޓް ކުރުމަށް ލޯގަނޑެއް ބޭނުން ކުރެ އެވެ.
ނިކޮން އަކީ 1917 ވަނަ އަހަރު އުފެއްދި ކުންފުންޏެއްނަމަވެސް އެކުންފުނީގެ ފުރަތަމަ އެސްއެލްއާރު ކެމެރާ ނެރުނީ 1959 ވަނަ އަހަރުއެވެ. ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއި ނޫސްވެރިންގެ ފަރާތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ބޮޑަށް އިހުތިރާމާއި ލޯބި ނިކޮން ކެމެރާތަކަށް ލިބިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކުންފުންޏަކީ އެއް ޒަމާނެއްގައި މާކެޓްގައި ވެރިކަންކުރި ލޭކާ ފަދަ ޖަރުމަނުގެ އުފެއްދުންތަކަށް ގޮންޖަހާލައި ޓޮޕް ކޮލިޓީގެ ނަން ހޯދި ކުންފުންޏެއް ކަމަށްވެސް ފާހަގަ ކޮށްލެވެއެވެ.
1990 ގެ އަހަރުތަކުގެ ފަހުކޮޅު ނިކޮން އިން ވަނީ ޑިޖިޓަލް އެސްއެލްއާރު އަށް ބަދަލުކޮށްފަ އެވެ. މިދިޔަ އަހަރު 400،000 އަށް ވުރެ ގިނަ އެސްއެލްއާރު ވިއްކާފައިވާއިރު، ދުނިޔޭގެ ލީޑަރު ކެނަން އާއި އެއް ހަމައެއްގައިވަނީ ވާދަކޮށްފަ އެވެ. އެސްއެލްއާރު ވެސް އުފައްދަނީ ޕެންޓެކްސް ބްރޭންޑްގެ ދަށުން ރިކޯ އިންނެވެ.
ލޯގަނޑު ނެތް ނުވަތަ މިރޯލެސް ކެމެރާތަކުގައި ތަފާތު ވިއުވިންގ ސިސްޓަމެއް ހުންނައިރު، އެ ކެމެރާތަކުގައި ބޭނުންކުރަނީ އަލި އިލެކްޓްރިކަލް ސިގްނަލްތަކަށް ބަދަލުކުރާ އިމޭޖް ސެންސަރެވެ. އެސްއެލްއާރު ފަދައިން ގިނަ ސްމާޓްފޯނު ކެމެރާތަކުގައި ބޭނުންކުރާ ފިކްސްޑް ފޯކަލް ލެންތްތަކަށް ވުރެ މާ ބޮޑު ރޭންޖެއް ލިބޭ އިންޓަޗޭންޖް ކުރެވޭ ލެންސްތައް ވެސް އެ ލެންސްތަކަށް ބަލައިގަނެވޭނެ އެވެ. ނިކޮން ކެމެރާތަކުގެ ސިފައަކީ 1959 ވަނަ އަހަރު ތައާރަފްކުރި އެފް-މައުންޓް އެވެ. މިއީ އަބަދުވެސް ފޮޓޯގްރާފަރުންނަށް ފަހުގެ އެސްއެލްއާރުތަކުގައި ގިނަ އަދަދެއްގެ މުސްކުޅި ލެންސް ބޭނުންކުރުމުގެ ފުރުސަތު ލިބިފައިވާ ކެމެރާއެކެވެ.
ޖަޕާނުގެ ކެމެރާ އެންޑް އިމޭޖިން ޕްރޮޑަކްޓްސް އެސޯސިއޭޝަނުން ބުނާ ގޮތުގައި ލޯގަނޑު ނެތް ކެމެރާތަކުގެ ޝިޕްމަންޓްތައް 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެސްއެލްއާރުތަކަށް ވުރެ ކުރިއަރާފައިވާއިރު 2.93 މިލިއަން އަދި 2.37 މިލިއަން ޔުނިޓް މާކެޓަށް ފޮނުވާފައިވެ އެވެ.
ނަމަވެސް ޖުމްލަ ގޮތެއްގައި ބަލާއިރު އަދި އެވިޔަފާރި ވަނީ ދަށަށް ގޮސްފަ އެވެ. ކޮމްބައިންޑް މާކެޓް 2017 ވަނަ އަހަރު 11.67 މިލިއަން ކެމެރާއަށް އެންމެ މައްޗަށް ދިޔަ ނަމަވެސް 2021 ވަނަ އަހަރުގެ ނިޔަލަށް ވަނީ 5.34 މިލިއަނަށް ވެއްޓިފަ އެވެ.
މި ބޮޑު ވެއްޓުމުގެ ސަބަބުން ނިކޮންއަށް ވަނީ އަދިވެސް ކުރިއެރުމުގެ ފުރުސަތު އޮތް ސެގްމަންޓަށް ފޯކަސް ކުރަން މަޖުބޫރުވެފަ އެވެ. 2021 ވަނަ އަހަރު ލޯގަނޑު ނެތް ކެމެރާތަކުގެ މާކެޓް %31 ފުޅާވެ 324.5 ބިލިއަން ޔެން އަށް އަރާފައިވާއިރު، އެސްއެލްއާރު ކެމެރާތަކުގެ މާކެޓް %6 ދަށްވެ 91.2 ބިލިއަން ޔެން އަށް ވެއްޓުނެވެ.
ލޯގަނޑު ނެތް ކެމެރާތަކުގައި ވަރުގަދަ ކެޕޭސިޓީތަކެއް އެކުލެވިގެންވެ އެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫނާއި ލޮލުގެ ފެނުން ދެނެގަނެވޭނެ އެވެ. އަދި ޖަނަވާރުތަކާއި އުޅަނދުފަހަރާއި ތަކެތި ދެނެގަނެވޭނެއެވެ.
މިދިޔަ އަހަރު ރިލީޒްކުރި ނިކޮން ޒެޑް9 އިން ސިކުންތަކަށް 120 ފޮޓޯ ޝޫޓް ކުރެވޭއިރު، އެއީ އާދައިގެ އެސްއެލްއާރު ކެމެރާތަކަށްވުރެ ދިހަ ގުނަ ހަލުވި މިންވަރެކެވެ. ހަޤީޤަތުގައި ލޯގަނޑު ނެތް ކެމެރާތަކަކީ ލުއި، ކުދި އަދި ގެންގުޅެން ފަސޭހަ ކެމެރާތަކެކެވެ.
ލޯގަނޑު ނެތް ކެމެރާތަކުގެ އަގު ވެސް 100،000 ޔެން (730 ޑޮލަރު) އަށް ވުރެ ދަށަށް އަންނައިރު، މިއީ އެސްއެލްއާރު ކެމެރާތަކާއި އަޅައި ކިޔާއިރު ވަރަށް ކުޑަ އަގެކެވެ.
ނިކޮންގެ އިމޭޖިން ޕްރޮޑަކްޓްސް ވިޔަފާރިން ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި މިހާރުވެސް ލިބެނީ ލޯގަނޑު ނެތް ކެމެރާތަކުން ކަމަށާއި، އެސްއެލްއާރުތަކަށް ލިބެނީ ގާތްގަނޑަކަށް %30 ކަމަށް އެކުންފުނިން ބުނެއެވެ. މާރޗް މަހު ނިމުނު އަހަރު އިމޭޖިންގ ޕްރޮޑަކްޓްތަކުގެ ވިޔަފާރި ޖުމްލަ 178.2 ބިލިއަން ޔެން އަށް އަރާފައިވާއިރު، މިއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ %33 އެވެ.
ނިކޮން ގެ ވިސްނުން ބަދަލުކޮށްފައިވާއިރު، ވާދަވެރި ކެނަން އިންވެސް ވަނީ ނިކޮން އަށް ތަބާވެ ފްލެގްޝިޕް އެސްއެލްއާރު މޮޑެލްތައް އުފެއްދުން މަދު އަހަރުތަކެއްގެ ތެރޭގައި ހުއްޓާލުމަށް ރާވާފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.