މުޅިން އާ އީމޯޖީތަކެއް ސްމާރޓް ފޯނުތަކަށް އައުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މިދިޔަ ބުދަ ދުވަހު މަޝްހޫރު އިމޯޖީ ރެފަރެންސް ސައިޓެއް ކަމަށްވާ އިމޯޖީޕީޑިއާ އިން ވަނީ ދުނިޔޭގެ އިމޯޖީ ސްޓޭންޑަޑްތަކާއި އާ ރިލީޒްތައް ބަލަހައްޓާ ނޮން ޕްރޮފިޓް ޖަމިއްޔާ ޔުނިކޯޑް ކޮންސޯޓިއަމް އަށް ރުހުން ހޯދުމަށް ހުށަހަޅާފައިވާ ދިހަވަރަކަށް ވުރެ ގިނަ އާ އިމޯޖީގެ ނަމޫނާ ތަސްވީރުތައް އާންމުކޮށްފަ އެވެ.
މި އީމޯޖީތަކުގެ ތެރޭގައި ހައި-ފައިވް އެއް ފަދަ އާ "ޕުޝިން ހެންޑް" ޖެޝަރ ހިމެނެއެވެ. މިގޮތުން ތެޅިތެޅި އޮތް މޫނަކާއި، އިނގުރު ނޮބެއް، އަދި ޓެކްސްޗަރޑް ލޮކްސް ސްޓައިލް ކުރުމަށް ހެއާ ޕިކެއް ވެސް ހިމެނެ އެވެ
މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ޕިންކް ކުލައިގެ ހިތެއް ކަމަށްވާ މަރަކާސް އާއި ބައެއް ދީންތަކުގެ ސަޤަފީ ރަމްޒުތައް އެކުލެވޭ އީމޯޖީތައްވެސް ހިމެނެއެވެ. މި އީމޯޖީތައް އިތުރުވެގެން މިއަންނަނީ ފާއިތުވި އަހަރުތަކުގައި އިމޯޖީތައް އިތުރަށް ހިމެނޭ ގޮތަށް ހެދުމަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޔުނިކޯޑުން ފައިނަލް އެޕްރޫވަލް ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު އެވެ. އެއަށްފަހު އެ އިމޯޖީސްތައް 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ބޮޑެތި ޕްލެޓްފޯމްތަކަށް ސޮފްޓްވެއާ އަޕްޑޭޓްގެ ގޮތުގައި ނެރެން ހަމަޖެހިފައިވެއެވެ.
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި