ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުގެ ސްޓޯރޭޖް އެނގޭތަ؟

އަޙްމަދު ދާއޫދު 19 ޖުލައި 2022

ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ އެންމެ އަގުބޮޑު ޓެލެސްކޯޕްގެ ސްޓޯރޭޖަކީ ކިހާވަރެއްކަން އެނގޭހެއްޔެވެ؟

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިޔުއެސްޓީ) މިހާރު ޕަވަރ އަޕްކޮށް، ރީތި ބައެއް ތަސްވީރުތައް ނަގާއިރު، އެ ފޮޓޯތައް ރައްކާކުރަނީ ސީދާ ކިހިނެއްތޯ ސުވާލު އުފެދިދާނެ އެވެ. ހައިރާންވާންޖެހޭ ކަމަކީ، އައިއީއީ ސްޕެކްޓްރަމް އިން ބުނާ ގޮތުގައި އެ ޓެލެސްކޯޕްގައިވަނީ ނިސްބަތުން ކުޑަ 68ޖީބީގެ އެސްއެސްޑީއެއް ކަމެވެ.

ދުވާލެއްގެ މައްޗަށް އެ ޓެލެސްކޯޕުން ނަގާ ފޮޓޯތައް އެ ކާޑުގައި ރައްކާކުރެވުނު ކަމުގައިވިޔަސް އެފަދަ ޓެލެސްކޯޕަކަށް 68 ޖީބީއަކީ އެކަށީގެންވާ މިންވަރެއް ނޫންކަމަށް މިފަދަކަންކަން ދިރާސާކުރައްވާ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

އެއީ 10 ބިލިއަން ޑޮލަރުގެ ނިޒާމަކަށްވާއިރު، ނާސާއިން އެ ނިޒާމު ހޮވި ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ޖޭޑަބްލިޔުއެސްޓީ އިން ފޮޓޯތައް ނަގަމުންދަނީ ދުނިޔެއާ އެތައް މިލިއަން މޭލު ދުރުން ކަމަށްވެފައި، އެތަނުން އުފައްދާ ރޭޑިއޭޝަން، އެބްސޮލިއުޓް 50 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށް ފިނިހޫނުމިނެއްގައި އޮޕަރޭޓް ކުރާ ކަމެވެ. އެހެންކަމުން އެސްއެސްޑީ ވެސް އެހެން ހުރިހާ ބައިތަކެކޭ އެއްފަދައިން ހަލާކުނުވެ ސަލާމަތުން ބަރާބަރަށް އޭގެ މަސައްކަތް އަދާކޮށްދެއެވެ.

ކޮންސިއުމަރ އެސްއެސްޑީތަކާ ގާތްގަނޑަކަށް އެއްވަރަށް އަވަސް ނޫން ނަމަވެސް، އަދިވެސް ޓެލެސްކޯޕްގެ 48 އެމްބީޕީއެސް ކޮމާންޑް އެންޑް ޑޭޓާ ހެންޑްލިން ސަބްސިސްޓަމް (އައިސީޑީއެޗް) މެދުވެރިކޮށް 120 މިނެޓުގެ ތެރޭގައި ގާތްގަނޑަކަށް ފުރިހަމަ ކުރެވޭނެ އެވެ. ހަމައެއާއެކު ޖޭޑަބްލިޔުއެސްޓީން ޑީޕް ސްޕޭސް ނެޓްވޯކަށް 25.9 ގިގަހަޒް ކޭ ބޭންޑް ކަނެކްޝަން މެދުވެރިކޮށް 28 އެމްބީޕީއެސްގެ ބާރުމިނުގައި އަނބުރާ ދުނިޔެއަށް ޑޭޓާ ޓްރާންސްމިޓް ކުރެވޭނެ އެވެ.

މާނައަކީ ހަބްލް އިން މިހާތަނަށް އެއްކުރި ވަރަށް ވުރެ މާ ގިނަ ޑޭޓާ އެއްކުރާއިރު އެ ހުރިހާ ޑޭޓާއެއް ގާތްގަނޑަކަށް 4.5 ގަޑިއިރުގެ ތެރޭގައި އަނބުރާ ދުނިޔެއަށް ޓްރާންސްފާ ކުރެވޭނެ އެވެ. އެއިން ކޮންމެ ދުވަހަކު 4 ގަޑިއިރުގެ ދެ ކޮންޓެކްޓް ވިންޑޯއެއްގެ ތެރޭގައި އެކަން ކުރާއިރު، ކޮންމެ ވިންޑޯއަކުން 28.6ޖީބީގެ ސައިންސް ޑޭޓާ ޓްރާންސްމިޓް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއަށް ބޭނުންވަނީ ހަމައެކަނި ދުވަހެއްގެ ރީތި ތަސްވީރުތައް އެއްކުރުމަށް ފުދޭވަރުގެ ސްޓޯރޭޖެކެވެ. އެހެންކަމުން އެ ތަސްވީރުތައް ޚުދު ޓެލެސްކޯޕްގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ.

ނަމަވެސް ސުވާލެއް އެބައޮތެވެ. ނާސާއިން ލަފާކުރާ ގޮތުގައި ޖޭޑަބްލިޔުއެސްޓީގެ 10 އަހަރުގެ އުމުރު ނިމުމުން ވޭއާ އާއި ރޭޑިއޭޝަންގެ ސަބަބުން ލިބޭނީ އެންމެ 60ޖީބީގެ ސްޓޯރޭޖެވެ. އަދި ޑްރައިވްގެ 3 ޕަސެންޓް ބޭނުންކުރަނީ އިންޖިނިއަރިން އަދި ޓެލެމެޓްރީ ޑޭޓާ ސްޓޯރޭޖަކަށެވެ. އެއީ ޖޭޑަބްލިޔުއެސްޓީއަށް ވަރަށް މަދު މާރޖިންއެއް ދޫކޮށްލާނެ ކަމެއް ކަމުން، ހަބްލްގެ ދިގު އުމުރާ ޖޭޑަބްލިޔުއެސްޓީ އާއި އަޅާ ކިޔޭނެތޯ ސުވާލު އުފެދެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.