ސްމާޓްފޯން އެޕްތަކުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގޭމް އެޕްތަކަށްވުރެ އެހެނިހެން އެޕްތަކުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މީގެ ކުރީގައި އަބަދުވެސް ގޭމް އެޕްތަކަށް ސަބްސްކްރައިބް ކުރާމިންވަރު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. އެކަމަކު އެޕް އިންޓެލިޖެންސް ފާމެއް ކަމަށްވާ ސެންސަރު ޓަވަރުގެ އާ ޑޭޓާތަކަށް ބަލާއިރު އެކަން އެންމެ ފަހުން އެމެރިކާގައި މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ.
2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މިބަދަލު އަންނަން ފަށާފައިވާއިރު، ޖޫން މަހުގެ ނިޔަލަށް އެމެރިކާގެ ކޮންސިއުމަރ ސްޕެންޑިންގެ 50.3 އިންސައްތަ އެޕްތަކުގައި ހިމެނެނީ ޓިކްޓޮކް، ނެޓްފްލިކްސް އަދި ޓިންޑަރ ފަދަ ގޭމްސް ކެޓަގަރީގައި ނުހިމެނޭ އެޕްތަކެވެ.
ފަހަކަށް އައިސް ގޭމް ނޫން އެޕްތަކަށް ކުރާ ހޭދަ ގޭމްތަކަށް ކުރާ ހޭދައަށް ވުރެ ދެގުނަ ވަނީ ބޮޑުވެފަ އެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅާއި 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު އިރު ގޭމް ސްޕެންޑިން ކުރިއަރައިގެން ދިޔަ ނަމަވެސް 2020 ވަނަ އަހަރުގެ ފަހުކޮޅު، ގޭމިން ނޫން އެޕްތައް ކުރިހޯދައި، 2021 ވަނަ އަހަރު ގޭމްތަކަށް ވުރެ މައްޗަށް އަރައިގެން ދިޔަ އެވެ.
އަހަރުތަކެއް ވަންދެން ގޭމްތަކުން ބޮޑު އާމްދަނީ އެއް ލިބުނީ ކޮންމެހެން އިތުރު ޑައުންލޯޑްސް ލިބިފައި ނުވާތީ އެއް ނޫނެވެ. އެހެން ބާވަތްތަކުގެ އެޕްތައް ޑައުންލޯޑް ކުރާ މީހުންނަށް ކަމުނުގޮސް ގިނަ އެޕްތައް އެއް ފަހަރަށްވުރެ ގިނަފަހަރު ޕްރިމިއަމް އަޕްގްރޭޑް ތައް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނެވެ.
އެޕް ސްޓޯރުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެޕަލް އިން ޑިވެލޮޕަރުންނާ ބައްދަލުކޮށް، ތަކުރާރުކޮށް ސަބްސްކްރިޕްޝަން މޮޑެލް އެމީހުންނަށް އިވެންޖެލައިޒް ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގެ ސަބަބުން ސަބްސްކްރިޕްޝަންތައް ގިނަ ވައްތަރުތަކުގެ އެޕްތަކުގައި ވަނީ ވަރަށްބޮޑަށް ޢާއްމުވެފަ އެވެ.
ސަބްސްކްރިޕްޝަން މޮޑެލް އަކީ އެޕް މާކެޓްޕްލޭސްތަކުގައި ޖުމްލަ ކޮށް އާމްދަނީ ލިބޭ އެއްޗަކަށް ވަނީ ވެފަ އެވެ. ސެންސަރ ޓަވަރުން ފާހަގަކުރާ ގޮތުގައި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެޕަލްގެ އެޕް ސްޓޯރގައި ތަފާތު 400 އެޕެއް ވަނީ މަދުވެގެން 1 މިލިއަން ޑޮލަރުގެ ކޮންސިއުމަރ ސްޕެންޑިންމެނޭޖްކޮށްފައެވެ. ހަމަ އެ ކުއާޓަރުގައި އެޕް ސްޓޯރުގެ 61 އެޕް މަދުވެގެން 10 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ 2016 ވަނަ އަހަރު އެއް މިލިއަން ޑޮލަރު ލިބުނު އެޕްތަކަށްވުރެ ބޮޑު އަދަދެކެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޝިފްޓް ހަމައެކަނި އެޕަލްގެ އައިފޯނާއި އައިޕެޑް އެޕް ސްޓޯރަށް އެޕްލައި ކުރާ ކަމެވެ. ގޭމްތަކުން އަދިވެސް އިތުރު އާމްދަނީ އެއް ހޯދަމުން ދަނީ ވާދަވެރި އެންޑްރޮއިޑް ޕްލެޓްފޯމްގެ އެޕް ސްޓޯރު ކަމަށްވާ ގޫގުލް ޕްލޭ އަށެވެ.
2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގޫގުލް ޕްލޭ ގޭމްސްއަށް އެމެރިކާގެ ކޮންސިއުމަރސް އިން 2.3 ބިލިއަން ޑޮލަރު ޚަރަދުކުރި ނަމަވެސް ނޮން-ގޭމްސްއަށް ގާތްގަނޑަކަށް ޚަރަދުކޮށްފައިވަނީ އެއް ބިލިއަން ޑޮލަރެވެ.
އަދި އެޕަލްގެ އެޕް ސްޓޯރުގައި ވެސް ގޭމްތައް އަދިވެސް އެމެރިކާ އިން ބޭރުގައި ގިނަ ތަންތަނުގައި ކޮންޒިއުމާ ސްޕެންޑިންގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.