ޖޭމްސް ވެބްސްޕޭސް ޓެލެސްކޯޕަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

އަޙްމަދު ދާއޫދު 21 ޖުލައި 2022

މިޓިއޯރ އިމްޕެކްޓް (ޖައްވީ ކުދި ހިލަތަކެއް) ގެ ސަބަބުން ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުގެ ލޯގަނޑު ތަކަކަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަމަށް ނާސާއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިއުއެސްޓީ) ލޯންޗުކުރި ފަހުން، މިހާތަނަށް މަދުވެގެން 19 ކުދި ސްޕޭސް ހިލަ ވަނީ އެ ޓެލެސްކޯޕްގައި އެކިފަހަރުމަތިން ޖެހިފައެވެ. އެ ހިލަތައް ޖެހުމުގެ ސަބަބުން ޓެލެސްކޯޕުގެ 18 މިރޯ ނުވަތަ ލޯގަނޑުގެ ތެރެއިން އެއް ލޯގަނޑު ވަނީ ވަރަށް ބޮޑަށް ކްރެކް ވެފައެވެ.

ނާސާގެ ދިރާސާކުރާ ފަރާތްތަކުން ޕްރީ ޕްރިންޓް ޑޭޓާބޭސް arXiv.org އަށް ޕޯސްޓްކޮށްފައިވާ ރިޕޯޓެއްގައި ވަނީ އެ ގެއްލުން ތަކުގެ މިންވަރު ދައްކުވައިދޭ ފުރަތަމަ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ފޮޓޯގެ ކަނާތް ފަރާތު ތިރީ ފަޅީގައި ވާ (C3) މިރޯ ފެންނަ އިރު، އިމްޕެކްޓް ސައިޓް ފެންނަނީ ހުދު ކުލައިގައި އެއްވެސް ކުލައެއް ނެތް ތަނެއްގެ ގޮތުގަ އެވެ.

މި އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޓެލެސްކޯޕަށް މި ގެއްލުންތައް ވެފައިވާއިރު "ރަނގަޅު ނުކުރެވޭ" ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ. ނަމަވެސް މި ކުޑަކުޑަ ޑަންޓްގެ ސަބަބުން ޓެލެސްކޯޕުގެ ޕާފޯމަންސަށް އެއްވެސް ވަރަކަށް އަސަރު ކޮށްފާނެ ކަމަކަށް ނުބެލެވޭކަމަށް އެ ރިޕޯޓްގައި ވެއެވެ.

ހަޤީޤަތުގައި ޖޭޑަބްލިއުއެސްޓީގެ ޕާފޯމަންސަކީ ލަފާކޮށްލަންވެސް ނޭންގޭހާ ހައިކޮލިޓީގައި ވޯކް ކުރާ އަދި ސައިންސްވެރިންގެ އެކްސްޕެކްޓޭޝަންތައް ފަހަނައަޅައި ގޮސްފައިވާ ޕާފޯމަންސެކެވެ.

ޖޭޑަބްލިއުއެސްޓީގެ މިރޯ ތަކަށް ލިބިފައިވާ ގެއްލުން ދައްކުވައިދޭ ގްރެފިކްސްއެއް. ހަލާކުވެފައިވާ ސީ3 ލޯގަނޑު ވަނީ ފޮޓޯގެ އެންމެ ތިރީ ކަނާތް ފަރާތުގައެވެ.

(އިމޭޖް ކްރެޑިޓް: ނާސާ/ އީއެސްއޭ/ ސީއެސްއޭ).

މައިކްރޯމީޓިއޮރޮއިޑްސް ނަމަކަށް ކިޔާ ކުދި ކުދި ހިލަތަކަކީ، ދުނިޔޭގެ އޯބިޓް ގައި ހިމެނޭ ޖައްވީ އުޅަނދަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ނުރައްކަލެކެވެ. އެމެރިކާގެ ސްޕޭސް ސަވައިލެންސް ނެޓްވޯކުން ސޮފްޓްބޯލްއެއްގެ ސައިޒަށް ވުރެ ބޮޑު 23،000 އަށް ވުރެ ގިނަ އޯބިޓަލް ކުނީގެ ބައިތައް ޓްރެކް ކުރާ އިރު، ކައިރި ސްޕޭސް ބައިތަކުގެ ތެރެއިން އެތައް މިލިއަން ބައިތަކަކީ މޮނިޓާ ނުކުރެވޭ ވަރުގެ ކުދި ބައިތަކެކެވެ.

އޭގެ ބަދަލުގައި ނާސާ އާއި އެހެން ސްޕޭސް އެޖެންސީތަކުން ރާވާފައި ވަނީ އޭގެ ނުރައްކާ ކުޑަކުރެވިދާނެ އައު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ކޮންމެ ޖައްވީ އުޅަނދަކަށް ވެސް މައިކްރޯމީޓިއޯލޮއިޑްސް ކުރިމަތިވާނެ،" އެ ރިޕޯޓުގައި ބުނެފައި ވެއެވެ. މިހާތަނަށް ހަ މައިކްރޯމީޓިއޯރައިޑް ގެ ސަބަބުން ޖޭޑަބްލިއުއެސްޓީގެ ލޯގަނޑު ތަކުގައި ފާހަގަކުރެވޭ ވަރުގެ ކްރޭކް ތަކެއް ވާކަމަށް ވެއެވެ.

ޖޭޑަބްލިއުއެސްޓީ ބިނާކުރިއިރު، އިންޖިނިއަރުން ވަނީ މައިކްރޯމީޓިއޮރޮއިޑް ސައިޒުގެ އެއްޗެހި ބޭނުންކޮށްގެން އެކްސްޕެރިމެންޓް ކޮށްފައެވެ. އެފަދަ ކުދި ހިލައިގެ ސާމްޕަލްތަކެ ބޭނުންކޮށްގެން ޓެލެސްކޯޕުގެ ޕާފޯމަންސަށް އަސަރުކުރާނީ ކިހިނެއްތޯ ބެލުމަށް ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.

ޓެލެސްކޯޕް ލޯންޗްކުރި ފަހުން ދިމާވާ ހުރިހާ ކަމެއް ވެސް ހިނގަމުންދަނީ ސައިންސްވެރިން ކުރިން އިންތިޒާރުކުރި އިމުގެ ތެރޭގައި ކަމަށް އެރިޕޯޓްގައި ފާހަގަ ކޮށްފައިވިޔަސް، ނާސާގެ ސައިންސްވެރިން ސިއްސުވާލީ ހީވެސް ނުކުރާ ހާ ބޮޑު އިމްޕެކްޓަރެއް (ހިލަކޮޅެއް) ޓެލެސްކޯޕްގެ C3 މިރޯއަށް އަރައި ގެއްލުން ލިބުމުންނެވެ.

މި ސްޕޭސް ރޮކް އަކީ ޓީމު ތައްޔާރުކުރި ވަރަށް ވުރެ ބޮޑު ހިލައެއް ކަމަށް ބެލެވޭ އިރު، ދިރާސާކުރާ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ޖޭޑަބްލިއުއެސްޓީ އަށް މިފަދަ އިތުރު ހަމަލާތަކެއް އަތުވެއްޖެނަމަ ކުރާނެ އަސަރު ދެނެގަތުމަށެވެ.

މިހާތަނަށް ޕިއަރ-ރިވިއު ކުރެވިފައި ނުވާ މި އާ ސްޓޭޓަސް ރިޕޯޓަކީ ނާސާއާއި، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (ޖޭޑަބްލިއުއެސްޓީގެ ކޮންސްޓްރަކްޝަން އެންޑް ލޯންޗްކުރުމުގައި އެހީތެރިވާ ފަރާތް) އާއި ނާސާ އާއި ކެނޭޑިއަން ސްޕޭސް އޭޖެންސީ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ސައިންސްގެ އެހެން އިންސްޓިޓިއުޓްތަކުގައި މަސައްކަތް ކުރާ 200 އަށް ވުރެ ގިނަ ސައިންސްވެރިން ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ސީ3 މިރޯއަށް ހީވެސް ނުކުރާފަދަ އަސަރެއް ކުރި ނަމަވެސް، ދިރާސާކުރި ފަރާތްތަކުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، 6 މަސް ދުވަހުގެ ކޮމިޝަންކުރުމުގެ މަރުހަލާއަށްފަހު، ޓެލެސްކޯޕުން އެއްވެސް މައްސަލައެއް ނުޖެހި މަސައްކަތް ކުރަމުން އަންނަ އިރު، ޖައްވީ ދިރާސާތަކުގެ އުޖާލާ މުސްތަގުބަލެއް އެބަ އޮތް ކަމަށެވެ.

"ޖޭ.ޑަބްލިއު.އެސް.ޓީ.ގެ ތަޞައްވުރު ގައި އޮތީ، ގެލެކްސީތަކާއި، ތަރިތަކާއި، ޕްލެނެޓަރީ ސިސްޓަމްތައް އުފެއްދުމާއި، އެ ނިޒާމުތައް ކުރިއެރުވުމުގައި އަސާސީ ކުރިއެރުންތައް ހޯދައި، އެ ހޯދުންތަކުގެ އަލީގައި އިތުރު ތިއަރީ ތަކެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން ސައިންސްވެރިންނަށްލިބިފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.