ދުބާއީގެ މެޓަވާސް ސްޓްރެޓެޖީއިން ގިނަ ވާޗުއަލް ވަޒީފާތަކެއް

ޝުޖާޢަތު ރަޝީދު 23 ޖުލައި 2022

ދުބާއީގެ ކްރައުން ޕްރިންސް އަދި އެކްޒެކެޓިވް ކައުންސިލްގެ ޗެއާމަން ކަމުގައި ހުންނެވި ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް މިމަހު 18 ވަނަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުބާއީގެ މެޓަވާސް ސްޓްރެޓެޖީ ހާމަ ކޮށްފިއެވެ.

މި ސްޓްރެޓެޖީގެ ސަބަބުން ދުބާއީގެ ކުރިއަށް އޮތް 5 އަހަރުގެ އިގްތިސާދު ކުރިއެރުމަށް އެހީވެދީ މީގެ އިތުރަށް ޑީއެޗްއެސް4ބީއެން ޕްރޮޖެކްޓަށް މުހިންމު އެހީއެއް ލިބޭނެ ކަމަށް ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ދުބާއީ މެޓަވާސް ސްޓްރެޓެޖީ އިފްތިތާހުކުރީ، އޭގެ މަގުސަދަކީ އާ ޓެކްނޮލޮޖީގެ އާ އީޖާދުތައް ކުރިއެރުވޭ. ދުބާއީއަކީ މެޓަވާސް އަދި ބްލޮކްޗެއިން ދާއިރާގައި ހަރަކާތްތެރިވާ 1000 އަށް ވުރެ ގިނަ ކުންފުނި އޮންނަ ދުބާއީއަކީ އަޅުގަނޑުމެންގެ ގައުމީ އިގްތިސޯދަށް 500 މިލިއަން ޑޮލަރުގެ އެހީއެއް ދޭ ކުންފުންޏެއް،" ޝެއިހް ހަމްދާން ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން 40،000 ވާޗުއަލް ވަޒީފާވެސް އުފެދިގެން ދާނެ ކަމަށް ނޫސް ބަޔާނުން ހާމަވެއެވެ.

ޝެއިޚް ހަމްދާން ވަނީ ދުބާއީގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، މެޓަވާސްގެ މުސްތަގުބަލު ބައްޓަންކޮށް، އޭގެ ވައުދާއި، އޭގެ އެޕްލިކޭޝަންތައް އެކްސްޕްލޯކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ "ދުބާއީ މެޓަވާސް އެސެމްބްލީ" އިފްތިތާހުކުރިކަންވެސް އިޢުލާން ކުރައްވާފައެވެ.

ދުބާއީގެ މެޓަވާސް ސްޓްރެޓެޖީގެ މަޤްޞަދަކީ ބްލޮކްޗެއިންއާއި މެޓަވާސް ކުންފުނިތައް 5 ގުނައަށް އިތުރުކުރުމެވެ. މީގެ އިތުރަށް ދުބާއީ އަކީ ސަރަޙައްދުގެ 1 ވަނަ އަދި މެޓަވަރސް އިޤްތިޞާދުގެ ގޮތުން ދުނިޔޭގެ އެންމެ ރަނގަޅު 10 ސިޓީގެ ތެރޭގައި ހިމެނޭ ސިޓީއަކަށް ވެގެންދިޔުމަކީ މި ސްޓްރެޓެޖީގެ މުހިންމު އެއް މަޤްޞަދެވެ.

މި ސްޓްރެޓެޖީގެ މުހިންމު 3 ތަނބެއް ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- މެޓަވާސް އިނޮވޭޝަނާއި އިގްތިސޯދީ ހިއްސާއަށް ހިތްވަރުދޭ ސަގާފަތެއް އާލާކުރުން،

- ތަޢުލީމާއި ތަމްރީނުގެ ޒަރީޢާއިން މެޓަވާރސް ޓެލެންޓް ދަނޑުވެރިކަން ކުރުން،

- ދުބާއީ ސަރުކާރުގައި މެޓަވާސް ޔޫސް ކޭސް އަދި އެޕްލިކޭޝަންތައް ހެދުން،

މި ތަނބުތަކަށް ހިތްވަރު ދޭނީ ސޭފް ޕްލެޓްފޯމްތައް އެޑޮޕްޓްކުރުމާއި، ސްކޭލިންގ ކުރުމާއި، ދުނިޔޭގެ ފެންވަރުގައި ވަކާލާތުކުރުމާއި މީގެ އިތުރުން އިންފްރާސްޓްރަކްޗާ އަދި ރެގިއުލޭޝަން ރިފައިންމަންޓް ކުރުމުން ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ދުބާއީ މެޓަވާސް އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހު 28، 29 ދެ ދުވަހު މިއުޒިއަމް އޮފް ފިއުޗާ އެންޑް އެމިރޭޓްސް ޓަވަރުގައެވެ.

މި އެސެމްބްލީގައި ރަނގަޅު މުސްތަޤްބަލެއް ބިނާކޮށް ކޮލިޓީ ދިރިއުޅުމެއް އުފެއްދުމަށްޓަކައި، މުހިންމު ދާއިރާތަކުން ރިވޮލިއުޝަނަރީ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތައް ބަލާނެ ކަމަށް ނޫސްބަޔާންތަކުގައި ހާމަކޮށްފައިވެއެވެ. މި އެސެމްބްލީގައި 300 އަށް ވުރެން ގިނަ ތަޖުރިބާކާރުންނާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، ހީވާގި ލީޑަރުންނާއި، 40 އަށް ވުރެން ގިނަ ޖަމްއިއްޔާތަކުން ބައިވެރިވާނެއެވެ.


މިއަހަރުގެ ކުރީކޮޅު ދުބާއީ ސަރުކާރުން ވަނީ ޑިޖިޓަލް އިޤްތިސާދުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާފައިވެއެވެ. މެޓަވާސް ސްޓްރެޓެޖީ އަކީވެސް މި ޓާސްކްފޯސްއިން އިސްނަގައިގެން ކުރި ވަރަށް މުހިންމު މަސައްކަތެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.