ދިރާސާ: އައިޓީ މައްސަލަތަކާއި ހެދި ޕްރޮޑަކްޓިވިޓީ ދައްވޭ؟

ޝުޖާޢަތު ރަޝީދު 23 ޖުލައި 2022

2020 ވަނަ އަހަރަކީ ގިނަ ކުންފުނިތަކުން ރިމޯޓް އަދި ހައިބްރިޑްކޮަށް މަސައްކަތް ކުރުން އެކްސްޕެރިމަންޓް ކުރި އަހަރެކެވެ. ރިމޯޓްކޮށް މަސައްކަތް ކުރުން ތަޢާރަފްވެ 2021 އަދި 2022 ގައި ގިނަ ކުންފުނިތަކުން މަސައްކަތް ކުރާ ގޮތްތަކަށް ބަދަލުތަކެއް ގެނައެވެ.

ގިނަ ކުންފުނިތަކަށް މިއީ ޑިޖިޓަލް އެމްޕްލޯއީ އެކްސްޕީރިއަންސް (ޑީ.އީ.އެކްސް) ކުރެވުނު އަހަރުތަކެވެ. މި ބަދަލުތަކާއި އެކީގައި ގިނަ ކުންފުނިތަކުގެ އައިޓީ ސްޓްރެޓެޖީތަކަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އައިކަން ޔަޤީނެވެ.

މިގޮތައް މަސައްކަތް ކުރަމުންދިޔަ މުވައްޒިފުންގެ ތެރެއިން 95 އިންސައްތަ މީހުން ބުނާ ގޮތުގައި އެމީހުންގެ މަސައްކަތްތަކަށް އުނދަގޫ ކުރިމަތިވީ އައި.ޓީ މައްސަލަތަކާއި ހެދިއެވެ. މީގެ ސަބަބުން ޕްރޮޑަކްޓިވިޓީ ދައްވެ މަސައްކަތް ކުރުމަށް އިތުރު ގޮންޖެހުމެއް ކުރިމަތިވިކަމަށް އެމީހުން ހާމަ ކުރެއެވެ.

މިފަދަ ޑިޖިޓަލް ބަދަލުތަކާއި ކުރިމަތިލައި އައު ޓެކްނޮލޮޖީ މަސައްކަތުގެ މާހައުލަށް އުފަން ކުރަމުން ގެންދިޔަ އިރު ކުންފުނިތަކުން ޑީ.އީ.އެކްސް އެސެސްމެންޓްވެސް ނަގަމުން ދިޔައެވެ. މިއީ ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރޫޓް ކޯޒް ހޯދުމުގެ ނިޔަތުގައި ކުރެވުނު ކަމެކެވެ.

މުވައްޒިފުންގެ ތަޖުރިބާ ރަނގަޅުކޮށް އިތުރަށް އެމީހުންނަށް މަސައްކަތް ކުރުމަށް އެހީވެދޭ ކުންފުނިތަކަކީ ޝައްކެއް ނެތި ކުރިއަރަމުންދާނެ ކުންފުނިތަކެކެވެ.

ޑީ.އީ.އެކްސް މުހިންމުވާ ސަބަބަށް ބަލައި މަޢުލޫމާތު ހޯދައިފިނަމަ، 91 އިންސައްތަ މުވައްޒިފުން ގަބޫލު ކުރާގޮތުގައި އެމީހުން މަސައްކަތް ކުރާ ކުންފުނިތަކުގައި ކޮންމެވެސް ސްޓްރެޓެޖީއެއް ބައްޓަން ކުރެވި، ނުވަތަ ކުރެވެމުން ދެއެވެ.

މީގެ އިތުރަށް ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓެޖީއެއް ކުންފުންޔެއްގައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަމަވެސް އަދިވެސް 90 އިންސައްތަ މީހުން ގަބޫލު ކުރަނީ ކުންފުނިތަކުގެ ޑިޖިޓަލް ކަންތައް ހަމަޔަކަށް އެޅި ސްޓްރެޓަޖައިޒް ކުރުމަށް ވަރަށް ބޮޑުތަނުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ދިރާސާ ކޮށްފައިވަނީ 1އީ އިން 300 އެއްހާ އައި.ޓީ ޑިސިޝަން މޭކާސްއާއި ނޮލެޖް ވޯކާސްގެ އެހީގައި މާރިޗު، އޭޕްރީލް 2022 ގައި އެމެރިކާއާއި ޔޫކޭގެ 5،000 މުވައްޒިފުން ބޭނުން ކޮށްގެންނެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.