އެމެރިކާއިން އަނެއްކާވެސް ހަނދަށް ދާން ތައްޔާރު ވެއްޖެ!

އަޙްމަދު ދާއޫދު 24 ޖުލައި 2022

1969 ވަނަ އަހަރު ހަނދަށް ދަތުރެއްކުރި ހަމައެކަނި އުޅަނދު ކަމުގައިވާ އެޕޯލޯ 11 ގެ ތާރީޚީ ދަތުރަށް އަށް 53 އަހަރު ފުރޭ ފަހުން، އަންނަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އަނެއްކާވެސް އެމެރިކާގެ ޖައްވީ ސްޓޭޝަން ނާސާއިން ހަދަން ދިއުމަށް އުންމީދީ ދަތުރެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އޭޖެންސީގެ އޮފިޝަލުން ބުނެފިއެވެ.

ނާސާއިން އޯގަސްޓް މަހު އިންސާނުންނާއެކު ހަނދަށް އުދުއްސާލަން ރާވާފައިވަނީ އެދަތުރަށް ޚާއްޞަކޮށްގެން ނާސާއިން އުފެއްދި ޚާއްޞަ އުޅަނދެކެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާސާއިން ބުނީ އަންނަ އޮގަސްޓްމަހު ހަނދަށް އަލުން ދިއުމަށް ހަމަޖެހިފައިވަނީ އިންސާނުންނާއެކު ހަނދަން ދިއުމަށް ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމް "އާޓެމިސް" ގެ ދަށުން ކަމުގައެވެ.

އާޓެމިސް އަކީ އިންސާނުން ދެވަނަ ފަހަރަށް ހަނދަށް ފޮވުމުމަށް އަލަށް އުފެއްދި ޖައްވީ އުޅަނދެއް ކަމަށްވާ "އޮރިއަން" އުފެއްދުމުގެ ކާމިޔާބު މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާއި، އަދި އެ އުޅަނދުގެ ޓެސްޓް ދަތުރުތައް ރޭވުމާއި، މުޅި މިޝަންގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެވެ.

ނާސާއިން ބުނާ ގޮތުގައި އާޓެމިސް އައި އަކީ ހަނދާއި މާސްއަށް އެސްޓްރޮނޯޓުން ގެނައުމުގެ އަމާޒާ އެކު އިތުރުވަމުން އަންނަ ކޮމްޕްލެކްސް މިޝަންތަކުގެ ބޮޑު ކެމްޕޭނެއް ފެށުމުގެ މަގުސަދުގައި ފެށި ފުރަތަމަ މިޝަން އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އޮފިޝަލުން ބުނާ ގޮތުގައި މި ބާރުގަދަ ޖައްވީ އުޅަނދަށް އެންމެ ފަހުން ވެޓް ޑްރެސް ރިހާސަލް ނުވަތަ ޓެސްޓް ރަން އެއް ބުދަ ދުވަހު ވަނީ ކުރިއަށް ގޮސްފަ އެވެ.

ނަމަވެސް އެ އިދާރާއިން އަދިވެސް ރޮކެޓްގެ ސިސްޓަމްތަކުގެ ބައެއް މަރާމާތުތައް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އޮގަސްޓް 29 އިން ސެޕްޓެމްބަރު 5 އަށް މިދަތުރުގެ ސެޝަންތައް ދެމިގެންދާނެއެވެ. ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ދަތުރުގެ އެންމެހައި ކަންކަން ކާމިޔާބު ކުރުމަށްޓަކައި ކުރެވެން ހުރި މުހިންމު މަސައްކަތްތައް މިހާރުވެސްދަނީ ކުރަމުންނެވެ.

އޮގަސްޓް 29 އިން ސެޕްޓެމްބަރު 5 އަށް މި މިޝަންގެ ތިން ލޯންޗް ވިންޑޯ އެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޮގަސްޓް 29 ވަނަ ދުވަހު ފުރަތަމަ ލޯންޗް ވިންޑޯ ފެށެނީ ހެނދުނު 8:33 ގައި ކަމަށާއި މި ލޯންޗް ވިންޑޯ ދެ ގަޑިއިރަށް ދެމިގެންދާނެ ކަމަށް ނާސާގެ އޮފިޝަލުން ވިދާޅުވެއެވެ.

ދެން، ސެޕްޓެމްބަރ 2 ވަނަ ދުވަހު، މެންދަމު 12:38 އިން ފެށިގެން ދެ ގަޑިއިރަށް ދެމިގެންދާ ގޮތަށް ލޯންޗިން ވިންޑޯއެއް އޮންނާނެއެވެ. މިއީ 39 ދުވަހަށް ދެމިގެންދާ މިޝަންއަކަށް ވާއިރު، އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ޕެސިފިކް ކަނޑުގައި ސްޕްލޭޝްޑައުން އެއް އުފެދިގެން ދާނެކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

އެންމެ ފަހު ކަމަކަށް، ސެޕްޓެމްބަރ 5 ވަނަ ދުވަހު ހަވީރު 5:12 ގައި ވިންޑޯއެއް ހުޅުވޭއިރު، ގަޑިއިރަކާއި ތިރީސް މިނެޓަށް އެ ވިންޑޯ ދެމިގެންދާނެއެވެ. މި މިޝަން 42 ދުވަހަށް ދެމިގެންދާނެ އެވެ.

އޮގަސްޓް 30 އިން ސެޕްޓެމްބަރ 1 އަށް ލޯންޗް ޕީރިއަޑެއް ނޯންނާނެކަމަށް ބުނެފައިވެއެވެ. އެއީ މި ތިންދުވަހުގެ ތެރޭގައި ނާސާއިން ބުނާގޮތުގައި އިރުކޭތައެއް ހިފާނެއެވެ. އެހެންކަމުން މި ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި އިރާއި ބިން އެލައިންވާނެ ކަމަށާއި އެހެންކަމުން "އޮރިއަން" ކެޕްސޫލްގެ ސޯލާ އެރޭންޖްތަކުން ބިމުގެ ހިޔަނީގައި ހުންނަ ފަދައިން އެކަށީގެންވާ ވަރަށް ހަކަތަ ނުއުފެއްދޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮންމެއަކަސް ނާސާގެ މި މިޝަން ކާމިޔާބު ވެއްޖެ ނަމަ އަނެއްކާވެސް އެމެރިކާ ތާރީޚުގެ ތެރެއަށް ވަންނާނެއެވެ. އެހެނީ ފުރަތަމަ ފަހަރުވެސް އަދި ދެވަނަ ފަހަރުވެސް ހަދަން އިންސާނުން ފޮނުވުމުގެ ޤާބިލްކަން ލިބިގެން ގޮސްފައިވަނީ ހަމައެކަނި އެމެރިކާއަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.