ޗައިނާގެ ބިޔަ ޓެލެސްކޯޕް ހަބުލް އަށް ވުރެ 300 ގުނަ މޮޅު!

އަޙްމަދު ދާއޫދު 25 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހަބުލް އަށް ވުރެ 300 ގުނަ ފުޅާ ވިއުއެއް ލިބޭ، މޮޅު ޓެލެސްކޯޕެއް ޗައިނާއިން އުފައްދައިފިއެވެ.

ޒުންޓިއަން ނަމުން އުފެއްދި މި ޓެލެސްކޯޕާއިއެކު ޗައިނާ ސްޕޭސް ސްޓޭޝަނުން ފުރަތަމަ ފަހަރަށް ބޮޑު ސްޕޭސް އޮބްޒަވޭޓަރީއެއް ލޯންޗުކުރާނެ ކަމަށާއި، 2024 ވަނަ އަހަރު އަންނަންވާއިރަށް ސައިންޓިފިކް އޮޕަރޭޝަންތައް ފަށާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ، ސީޖީޓީއެން އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން، "ދަ ޒެންޓިއަން" ނުވަތަ ޗައިނީޒް ސާވޭ ސްޕޭސް ޓެލެސްކޯޕް ނުވަތަ ޗައިނީޒް ސްޕޭސް ސްޓޭޝަން ޓެލެސްކޯޕް (ސީއެސްއެސްޓީ) ނަމަކަށް ކިޔާ މި ޓެލެސްކޯޕުން އުޑުގެ ބޮޑެތި ސްޕޭސް ސާވޭތައް ކުރާނެ އެވެ.

ޗައިނާގެ ފުރަތަމަ ބޮޑު އޯބިޓަލް އޮބްޒަވޭޓަރީ

ފުރަތަމަ ސައިންޓިފިކް ފޮޓޯތައް ހާމަކުރި ޖައްވީ އިދާރާ ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕާ ޚިލާފަށް، ޗައިނީޒް ސްޕޭސް ޓެލެސްކޯޕް ދުނިޔެއާއި ވަރަށް ގާތުގައި ގިނަ ވަގުތު އޮންނާނެ އެވެ.

ޖޭމްސް ވެބް އަކީ ލަގްރޭންޖް ޕޮއިންޓް 2 ގައި ބިމުން ފެށިގެން ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު (އެއް މިލިއަން މޭލު) ދުރުގައި ގިނަވަގުތު ހޭދަކުރާ ޓެލެސްކޯޕެކެވެ.

(ސީ.އެސް.އެސް.ޓީ) ޗައިނާގެ ސްޕޭސް ސްޓޭޝަން ދުނިޔެއާއި ކައިރިން އޯބިޓް ކުރާނެއެވެ. މާނައަކީ އޭގެ ޚިދުމަތް ލިބިގަންނަން ވަރަށް ފަސޭހަވާނެ ކަމެވެ. އެކަމަކު އެއީވެސް ގާތްގަޑަކަށް 10 އަހަރުގެ މިޝަން ލައިފްޓައިމް އެއް ކަމަށް ލަފާކުރެވެއެވެ. ޗައިނާގެ ސްޕޭސް ސްޓޭޝަނުން ބުނީ އެ މުއްދަތު ވެސް ބޭނުންނަމަ އިތުރު ކުރެވިދާނެ ކަމަށެވެ.

"ސާވޭ ޓު ހެވަންސް" ގެ ނަމުން ނަންދެވިފައިވާ މި ސާވޭގައި ބޭނުން ކުރާނެ ޗައިނާގެ ވަރުގަދަ ޓެލެސްކޯޕްގައި އެޑްވާންސްޑް ޑިޓެކްޓަރުތަކާ އެކު ދެ މީޓަރުގެ އެޕާޗާއެއް ހުންނާނެ އެވެ. އަދި އެއީ ބަރުދަނުގައި 10 ޓަނަށް ވުރެ ބަރުދަން އެކުލެވިގެންވާ ތަފާތު އާލަތްތައް އެކުލެވިފައިވާ އެއްޗެއްކަމަށް ސީޖީޓީއެން އިން ބުނެ އެވެ.

ޗައިނީޒް އެކަޑަމީ އޮފް ސައިންސަސް (ސީއޭއެސް)ގެ ދަށުން ހިންގާ ޗަންގްޗުން އިންސްޓިޓިއުޓް އޮފް އޮޕްޓިކަލްސް، ފައިން މެކޭނިކްސް އެންޑް ފިޒިކްސް އިން މިހާރު ދަނީ މި ޒެންޓިއަންގެ ޕްރޮޓޯޓައިޕެއް ހަދަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޒެންޓިއަން ސްޕޭސް ޓެލެސްކޯޕުން އުޑުގެ ގާތްގަނޑަކަށް 40 ޕަސެންޓް ސާވޭ ކުރާނެ:

ޒެންޓިއަން ސްޕޭސް ޓެލެސްކޯޕް ގައި ހިމެނޭނީ ފަސް އޮބްޒަވޭޝަން މެޝިނަރީޒް އެވެ. އޭގެ ތެރޭގައި ޒެންޓިއަން މޮޑިއުލް، ޓެރަހަރޓްސް މޮޑިއުލް، މަލްޓިޗެނަލް އިމޭޖަރ، އިންގްރިޑިއަންޓް ފީލްޑް ސްޕެކްޓްރޯގްރާފް، އަދި އެކްސްޓްރާ ސޯލާ ޕްލެނެޓަރީ އިމޭޖިންގ ކޮރޮނަގްރާފް ހިމެނެއެވެ.

ގިނަ އޮބްޒަވޭޝަންތައް ކުރިއަށް ގެންދާނީ އެކްސްޓިއަން މޮޑިއުލްއިން ކަމަށްވާއިރު، މިއީ ފުޅާ ދާއިރާއެއްގައި ވިއު ފެންނަ ކެމެރާއެކެވެ. ސީޖީޓީއެން ގައިވާ ގޮތުން، 2.5 ބިލިއަން ޕިކްސެލްގެ މި ޒޫންޓިއަން މޮޑިއުލްގެ ކެމެރާގައި ހަބުލްއާ އެއްގޮތް ރިޒޮލިއުޝަނެއް ހުންނާނެ ކަމަށާއި ނަމަވެސް ހަބުލްއަށްވުރެ 300 ގުނަ ބޮޑު ވިއު ފީލްޑެއް ހުންނާނެ އެވެ. 10 ވަރަކަށް އަހަރުގެ މި އޮޕަރޭޝަންތަކުގައި ގާތްގަނޑަކަށް އުޑުގެ 40 ޕަސެންޓް ސާވޭ ކުރެވޭނެ އެވެ.

ސީ.އެސް.އެސް.ޓީ ސައިންޓިފިކް ޑޭޓާ ރިޑަކްޝަން ސިސްޓަމްގެ ޕްރޮޖެކްޓް ސައިންޓިސްޓެއް ކަމަށްވާ ލީ ރަން ހާމަކުރި ގޮތުގައި ޒުންޓިއަން ޓެލެސްކޯޕް ހަބުލްއާ އަޅާ ބަލާއިރު، ހުރިހާ ކަމެއްވެސް ދާދި އެއްގޮތެވެ. ނަމަވެސް "ހަބުލް އަށް ފެންނަ ކޮންމެ އިމޭޖެއް ސީއެސްއެސްޓީއިން ފެންނަނީ އެތައް ހާސް، ރިޒޮލިއުޝަނެއްގައި،" އެތައް ގުނައެއް ސާފުކޮށް ކަމަށް އެ ޓީމުން ތަފްސީލުކޮށްދިނެވެ.

ޗައިނާގެ ސްޕޭސް އޮބްޒަވޭޓްރީ ލޯންޗް ކުރާނީ ސްޕޭސް ސްޓޭޝަން މުޅިން ނިމުމުން ކަމަށް ވާއިރު، އޭތި ފަރުމާކޮށްފައިވަނީ އޯބިޓް ސްޓޭޝަނާ ވަކިން އަދި ދުރުގައި އުދުހެވޭނެ ޤާބިލް ކަމާއެކުގައެވެ.

ވެބް އާއި ހަބުލް ފަދައިން، ޒެންޓިއަން ވެސް ފަރުމާކޮށްފައި ވަނީ ކޮސްމޯސްއަށް އާ އަލިކަމެއް ގެނެސްދީ، އަނދިރި ކަންތަކާއި، އަނދިރި ހަކަތައާއި، ޖައްވުގެ ކުރިއެރުމާ ބެހޭ ގޮތުން ތަހުގީގު ކުރެވޭނެ ގޮތަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.