ދިހަ އަހަރަށް ފަހު ސްނެޕްޗެޓް ޑެސްކްޓޮޕްތަކަށް އަންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް މިހާރު ކޮމްޕިއުޓަރ ބޭނުންކޮށްގެން މެސެޖާއި ވީޑިއޯ ޗެޓް ކުރެވޭނެކަމަށް ސޮނެޕްޗެޓުން ވަނީ ހޯމަ ދުވަހު އިއުލާންކޮށްފައެވެ.

ސްނެޕްޗެޓްގެ ޑެސްކްޓޮޕް ވާޝްން އެންމެ ފުރަތަމަ ލިބޭނީ އޮސްޓްރޭލިޔާއާއި ނިއު ޒިލޭންޑުގައި އުޅޭ ފަރާތްތަކަށެވެ. ނަމަވެސް އެމެރިކާ، ޔޫކޭ، އަދި ކެނެޑާގައި ދިރިއުޅޭ ސްނެޕްޗެޓް ޕްލަސް ބޭނުންކުރާ ފަރާތްތަކަށްވެސް ވެބްއިން ސްނެޕްޗެޓަށް ވަދެވޭނެއެވެ. ސްނެޕްޗެޓް ޕްލަސް ތައާރަފްކުރީ މިއަރުގެ ޖޫން މަހުގައެވެ. ސްނެޕްޗެޓް ޕްލަސް ބޭނުންކުރުމުން އެޕްގެ އައިކޮން ބަދަލުކުރުމާއި، ސްޓޯރީ ބަލާ މީހުންގެ ލިސްޓު އެނގުންފަދަ އެޑްވާންސްޑްފީޗާސް ބެނުންކުރެވޭނެއެވެ. ފީދައްކައިގެން ބޭނުންކުރެވޭ ސްނެޕްޗެޓް ޕްލަސް ބޭނުންކުރުމަށް މަހަކު 3.99$ ދައްކަންޖެހެއެވެ.

ސްނެޕްޗެޓްގެ ވެބް ވާޝަން ބޮޑަށް ބިނާކުރާނީ އެއެޕްގެ މެސެޖިންގް ފީޗާއަށެވެ. އަދި މޮބައިލް އެޕް އާއި އެއްގޮތަށް 24 ގަޑިއިރަށްފަހު މެސެޖްތައް އަމިއްލަޔަށް ފޮހެވޭނެއެވެ. ސްނެޕްޗެޓްއިން ބުނާގޮތުގައި އެކުންފުނިން ދަނީ ވެބް ވާޝަންއަށް ލެންސް ފަދަ ފީޗާތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިވަގުތު ސްނެޕްޗެޓްގެ ވެބް ވާޝަން ބޭނުން ކުރެވެނީ ހަމައެކަނި ކްރޯމްއިންނެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހެން ބްރައުސާރތައް ސަޕޯޓުކުރާނެކަމަށް އެކުންފުނިންވަނީ އަންގާފައެވެ. އަދި މުސްތަޤުބަލުގައި ޑެސްކްޓޮޕް އެޕެއެއް ތާއާރަފްކުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބުނެފައިވެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.