މިއަހަރު މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކީ އެމަޒަން

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޯވިޑް-19 ގެ އާލަމީ ބަލިމަޑުކަމުގެތެރޭގައި ވަޒީފާއިން ވަކިވި މީހުންގެ އަދަދުވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. މިކަމާ ގުޅިގެން މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާ އެކަންކަން އިތުރަށް ރަނގަޅުކޮށް ކުންފުނިތައް ހިންގާގޮތް ބަދަލުކުރުމަށްވަނީ މަޖުބޫރު ވެފައެވެ.

ލިންކްޑިންގެ އާ ދިރާސާއަކުން ދައްކާ ގޮތުގައި ބައެއް ކުންފުނިތަކުން ވަނީ މި ބަދަލުތައް އެންމެ އެދެވޭ ގޮތުގައި މަސައްކަތުގެ މާހައުލަށް ގެނެސްފައެވެ.

ބުދަ ދުވަހު ލިންކްޑިންއިން ނެރުނު އަހަރީ ' ޓޮޕް ކޮމްޕެނީސް' ގެ ލިސްޓުގައި ހިމަނާފައިވަނީ ޕްރޮފެޝަނަލުންގެ ކެރިއަރު ކުރިއެރުވުމަށް އެމެރިކާގައި މަސައްކަތްކުރަން އެންމެ ރަނގަޅު 50 ތަނެވެ. މި ލިސްޓުގެ އެއްވަނަ އެމަޒޯން ހޯދައިފައިވާއިރު ދެވަނަ ހޯދައިފައިވަނީ ގޫގުލްގެ ބެލެނިވެރި ކުންފުނިކަމަށްވާ އަލްފަބެޓްއެވެ.

ތިރީގައި މިވަނީ 2022 ވަނަ އަހަރު މަސައްކަތްކުރަން އެންމެ ރަނގަޅު 10 ކުންފުނި ކަމަށް ލިންކްޑިން އިން ބުނެފައިވާ ކުންފުނިތަކެވެ.

1.އެމަޒޯން

މައި އޮފީސް: ސިއޭޓުލް، ވޮޝިންގްޓަން

އިންޑަސްޓްރީ: ޓެކްނޮލޮޖީ

ސީއީއޯ: އެންޑީ ޖެސީ


2.އަލްފަބެޓް

މައި އޮފީސް: މައުންޓެއިން ވިއު، ކެލިފޯނިއާ

އިންޑަސްޓްރީ: ޓެކްނޮލޮގީ

ސީއީއޯ: ސުންދަރ ޕިޗައި


3. ވެލްސް ފާގޯ

މައި އޮފީސް: ސޭން ފްރޭންސިސްކޯ، ކެލިފޯނިޔާ

އިންޑަސްޓްރީ: ބޭންކިންގް

ސީއީއޯ: ޗާލްސް ޝާފް


4. ޖޭޕީ މޯގަން ޗޭސް އެންޑް ކޯ

މައި އޮފީސް: ނިއު ޔޯކު

އިންޑަސްޓްރީ: ބޭންކިންގް

ސީއީއޯ: ޖޭމީ ޑިމޮން


5. ވޯލްމާޓް

މައި އޮފީސް: ބެންޓޮންވިލް، އާރކަންސާސް

އިންޑަސްޓްރީ: ރީޓެއިލް

ސީއީއޯ: ޑޮގް މެކްމިލަން


6. އައިބީއެމް

މައި އޮފީސް: އާރމޮންކް، ނިއު ޔޯކް

އިންޑަސްޓްރީ: ޓެކްނޮލޮޖީ

ސީއީއޯ: އަރވިންޑް ކްރިޝްނާ


7. އޭޓީ އެންޑް ޓީ

މައި އޮފީސް: ޑަލަސް، ޓެކްސަސް

އިންޑަސްޓްރީ: ޓެލެކޮމިއުނިކޭޝަންސް

ސީއީއޯ: ޖޯން ޓީ ސްޓޭންކީ


8. ބޭންކް އޮފް އެމެރިކާ

މައި އޮފީސް: ޗާލޮޓް، ނޯތް ކެރޮލައިނާ

އިންޑަސްޓްރީ: ބޭންކިންގް

ސީއީއޯ: ބްރައިއަން މޮއިނިހާން


9. އެޕެލް

މައި އޮފީސް: ކިއުޕަޓީނޯ، ކެލިފޯނިޔާ

އިންޑަސްޓްރީ: ޓެކްނޮލޮޖީ

ސީއީއޯ: ޓިމް ކުކް


10. ކޮމްކާސްޓް

މައި އޮފީސް: ފިލިޑަލްފިޔާ، ޕެންސިލްވޭނިޔާ

އިންޑަސްޓްރީ: ޓެލެކޮމިއުނިކޭޝަންސް، އެންޓަޓެއިންމެންޓް

ސީއީއޯ: ބްރައިއަން އެލް ރޮބާޓްސް


މި ރިޕޯޓަށް ލިންކްޑިން އިން ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ އާއި ޑިސެމްބަރު މަހާއި ދެމެދު އެ ޕްލެޓްފޯމަށް ހުށަހެޅި ކުންފުނިތަކާ ބެހޭ އެތައް މިލިއަން މުވައްޒަފުނީގެ ޕްރޮފައިލްތަކާއި ހިޔާލުތައް ހޯދާފައެވެ. ދިރާސާކުރި ބޭފުޅުން ބޮޑަށް ފޯކަސްކުރީ މަދުވެގެން 500 މުވައްޒަފުން ތިބި ކުންފުނިތަކަށެވެ. އަދި ކުންފުނިތައް ލިސްޓުގައި ތަރުތީބުކުރުމުގައި ބެލީ މައިގަނޑު 7 ކަމަކަށެވެ. އެއީ:

- ކުރިއެރުމުގެ ގާބިލުކަން: މުވައްޒަފުން ޕްރޮމޯޓް ކުރާ އަވަސްމިން

- އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު: މުވައްޒަފުން ވަޒީފާއާއި ގުޅުމުގެ ފަހުން އާހުނަރު ދަސްވޭތޯ

- އެހެން ކުންފުނިތަކުން ލިބޭ ފުރުޞަތު: އެހެން ކުންފުނިތަކުން ރިކްރޫޓްކުރާ ފަރާތްތަކުން އެ ކުންފުނީގެ މުވައްޒަފުން ރެކްރޫޓު ކުރޭތޯ

- ކުންފުނީގެ މުވައްޒަފުންގެ މެދުގައިވާ ގުޅުން: ލިންކްޑްއިންގައި އެކަކު އަނެކަކާ ގުޅިފައިވަނީ ކިތައް މުވައްޒަފުންތޯ

- ޖެންޑަރ ޑައިވަރސިޓީ: ކުންފުންޏަކާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރޭގައި ޖެންޑަރ ޕެރިޓީ

- ކުންފުނީގެ ސްޓެބިލިޓީ: މުވައްޒަފުން ކުންފުނީގައި މަސައްކަތްކުރާ އަހަރު

- ތައުލީމީ ފެންވަރު: މުވައްޒަފުންގެ މެދުގައި ހުރި ތަފާތު ތަޢުލީމީ ފެންވަރު

އެމެޒޯނުން މިއަހަރުގެ އެއްވަނަ ހޯދީ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުކޮށް އެމީހުންގެ އަޕްސްކިލިންއަށް އެހީތެރިވުމަށް "ބޮޑެތި އިންވެސްޓްމަންޓްތަކެއް" ކުރުމަށް ފަހު ކަމަށް ލިންކްޑްއިންގެ އެޑިޓަރު އިން ޗީފް އަދި ނައިބު ރައީސް ޑޭން ރޯތް ވިދާޅުވި އެވެ.

އެމޭޒަން ސިންގަޕޯރ އޮފީސް

"މި ލިސްޓުގައި އަޅުގަނޑުމެން މި މިންކުރަމުންދާ އެއްޗަކީ މި ކުންފުނިތަކުން މުވައްޒަފުންގެ ކެރިއަރ ކުރިއެރުވުމަށް އެހީތެރިވެދޭތޯ. އެގޮތުން އަޅުގަނޑުމެންގެ ޑާޓާއަށް ބަލާއިރު ހުރިހާ ގޮތަކުންވެސް އެއްވަނަ ހޯދީ އެމަޒޯން." އޭނާ އިތުރަށް ވިދާޅުވިއެވެ.

މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެމަޒޯންއިންވަނީ އެކުންފުނީގެ ކޯޕަރޭޓް މުވައްޒަފުންނަށް ލިބޭ މުސާރަ ދެގުނައަށް ވުރެ ބޮޑުކޮށް، ނަފްސާނީ ސިއްހަތުގެ ފައިދާތައް ތައާރަފްކުރާނެކަމަށް އިއުލާންކޮށްފައެވެ.

ނަމަވެސް ކޮވިޑް-19 ގެ ދުވަސްވަރު ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކޮށް، މަސައްކަތުގެ މާހައުލުގައި އަނިޔާވެރި ސަގާފަތެއް އުފެއްދުމުގެ ސަބަބުން އެމަޒޯން އަށް ފާޑުކިޔުންތައް އަމާޒުވެފައިވާކަން ފާހަނގަކޮށްލަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ހަފްތާގައި ސްޓޭޓެން އައިލެންޑްގެ ފެކްޓްރީގައި މަސައްކަތްކުރާ އެމަޒޯންގެ މުވައަޒަފުން ވަނީ ވޯޓުދީގެން ޔޫނިއަންނެއް އުފައްދާފައެވެ.

އެމަޒޯންގެ ސީއީއޯ އޭންޑީ ޖެސީ ވަނީ އޮކްޓޯބަރު މަހު ސިއޭޓްލްގައި ބޭއްވި ގީކްވައިއަރ ސަމިޓްގައި މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތް ރަނގަޅު ކުރެވިދާނެ ކަމަށް އެއްބަސްވެފައެވެ. "އަޅުގަނޑަށް ވިސްނޭ ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެއްކުންފުންޏެއްގެ ދަށުގައި މަސައްކަތްކުރުމަކީ ކުޑަ ގައުމެއް ހިންގުން ފަދަ ކަމެއް. ކުންފުނީގައި 1.2 މިލިއަން މުވައްޒަފުން މަސައްކަތްކުރާއިރު، މިހާރަށް ވުރެ ރަނގަޅަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި." އޭނާ ވިދާޅުވިއެވެ.

"ކުރިއަރައިގެންދާ ބޮޑެތި ކުންފުނިތައް ވާދަވެރިންނާ ތަފާތުކުރާ ތިން ކަމެއް އެބައޮތް: ފްލެކްސިބަލް ވޯކް އެރޭންޖްމަންޓްސް، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތުތައް (ޓިއުޝަން ޖޮބް ރޮޓޭޝަން، މެންޓަޝިޕް) އަދި ހަރުދަނާ ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް (ހިލޭ ކައުންސެލިންގް، މުސާރަ ލިބޭ ގޮތަށް އިތުރު ޗުއްޓީތައް)" ރޯތު އިތުރަށް ބުންޏެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.