މެޓާ އާއި އެޕަލް އިން "ވަރަށް ބޮޑު، ފިލޯސަފިކަލް ކޮމްޕެޓިޝަން" އަކަށް ދަނީ ކަމަށާއި، އެ ކޮމްޕެޓިޝަންގެ ތެރެއިން އިންޓަނެޓްގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ކަމަށް މެޓާ ސީއީއޯ މާކް ޒަކަބަރގް ވިދާޅުވެއްޖެއެވެ.
ދަ ވާޖް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އާއި މެޓާ އިން ވެސް ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި މިކްސްޑް ރިއަލިޓީއަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ރާވާފައިވާ އިރު، އޭއާރް/ވީއާރް/އެކްސްއާރް ލޭންޑްސްކޭޕް އައިޑިއަލް ކޮށް ހުންނަން ޖެހޭ ގޮތާ މެދު އެ ދެ ކުންފުނިން ވަނީ ޑައިމެޓްރިކް ގޮތުން ދެކޮޅު ތަސައްވުރެއް ގެންގުޅެފަ އެވެ.
މެޓާގައި ކުރިއަށް ދިޔަ "އޯލް ހޭންޑްސް އެމްޕްލޯއީ މީޓިން" އެއްގެ އޯޑިއޯ ރެކޯޑިން އެއް ދަ ވާރޖް އިން ހޯދާފައިވާއިރު، އެ އޯޑިއޯގައި ޒަކަބަރގް ވަނީ އެޕަލް އާއި އެކު އެކުންފުނީގެ މުސްތަޤުބަލުގައި އޮންނަ މުބާރާތާ ބެހޭ ގޮތުން މުވައްޒަފެއްގެ ސުވާލަށް ވަރަށް ތަފްޞީލުކޮށް ޖަވާބު ދީފައެވެ. އޭނާގެ ވާހަކަތަކުގައި މެޓާއަށް މި ވާދަވެރިކަން ފެންނަނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް އަލިއަޅުވާލި އެވެ.
"އަޅުގަނޑަށް ފެންނަނީ އެޕަލް އަކީ ހަމައެކަނި ޕްރޮޑަކްޓެއްގެ ގޮތުގައި ނޫން، ފިލޯސަފިކަލީ ވެސް އަޅުގަނޑުމެންނާ ވާދަވެރި އަކަށް ވާނެކަން ވަރަށް ސާފު،" ޒަކަބަރގް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ހުޅުވާލެވިފައިވާ މަގަކުން، މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ އީކޯސިސްޓަމެއް ބިނާކުރުމަށް." އޭނާއެހެން އެ ވިދާޅުވީ މެޓާ އިން މައިކްރޯސޮފްޓް ފަދަ އެހެން ކުންފުނިތަކާ އެކު މެޓަވާސް އޯޕަން ސްޓޭންޑާޑްސް ގްރޫޕް އުފެއްދީ ވާޗުއަލް ސްޕޭސްތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ އިންޓްރޮޑަކްޓިވިޓީއެއް ނުވަތަ ޕޯޓެބިލިޓީއެއް ގާއިމް ކުރުމުގެ މަގްސަދުގައި ކަމަށް ބެލެވެއެވެ.
މިއީ ފިލޯސަފީއާއި ޚިޔާލުގެ ވާދަވެރިކަމެއް، އަޅުގަޑުމެން ގަބޫލުކުރާ ގޮތުގައި، ކޮންމެ ކަމެއްއަމިއްލައަށް ކުރުމަށްވުރެ ކޮންސިއުމަރ އެކްސްޕީރިއަންސެއް ބިނާކުރުން ރަނގަޅު. އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކި ކުންފުނިތަކުގައި، ސްޕެޝަލައިޒްކުރުމުގައި ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަހުރި، އެއިން އެއަށް ވުރެ ބޮޑު އީކޯސިސްޓަމެއް އޮތުމުގެ ފުރުސަތު ލިބިގެންދާނެ.
އަޅުގަނޑަށް ހީވާ ގޮތުގައި ޝައުޤުވެރިވާ އެއްކަމަކީ، ހުޅުވާލެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ އީކޯސިސްޓަމެއް އޮތުން ރަނގަޅުވާނެކަން ނުވަތަ ނޫންކަން. ޕީސީތަކަށް ފަހަތަށް ބަލާނަމަ، ވިންޑޯސް އަކީ ވަރަށް ސާފުކޮށް އެއަށް ވުރެ ބޮޑު ސްކޭލެއް އޮތް އަދި މީހުން ބޭނުންކުރި ޑިފޯލްޓް އަދި ނޯރމް އަކަށް ވެގެން ދިޔަ އެއްޗެއް. އަދި މެކް ވެސް ރަނގަޅު، އެކަމަކު އަޅުގަނޑަށް ހީވަނީ ޕީސީ އާއި ވިންޑޯސް، އަޅުގަނޑަށް ހީވަނީ އެ މާހައުލުގައި އޮތް ޕްރިމިއަރ އީކޯސިސްޓަމް އެއަށްވުރެ މާފުޅާހެން.
މޯބައިލްގައި އަޅުގަނޑު ދަންނަވާނީ، އެއަށްވުރެ މާ ބޮޑަށް އެހެން ގޮތްގޮތް. އައިއޯއެސް ޑިވައިސްތަކަށް ވުރެ އެންޑްރޮއިޑް ޑިވައިސްތައް ގިނަ، އެކަމަކު އަޅުގަނޑަށް ހީވަނީ ކުރިއަރާފައިވާ ގައުމުތަކާއި އެމެރިކާ ނުވަތަ ހުޅަނގު ޔޫރަޕް ފަދަ ތަންތަނުގައި ހައި އެންޑް، ވަރަށް ގިނަ ކަލްޗާ ސެޓަރުންނާއި ޑިވެލޮޕަރުން، ތިބިއިރު އަޅުގަނޑަށް ހީވަނީ އައިފޯނާއި އައިއޯއެސް އާ ދިމާއަށް ތަންކޮޅެއް ބޮޑަށް ސްކިވް ކުރާހެން. އެހެންވީމާ، އަޅުގަނޑު މޮބައިލްގައި ދަންނަވާނީ، އެޕަލް އިން ހަމަ ޙަޤީޤަތުގައިވެސް ވަރަށް ރަނގަޅު ޕޮޒިޝަނެއް، ނަގައިފައިވާކަމަށް. ހަމަ އެގޮތަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކީ، ނޫނީ ދުނިޔޭގެ އެންމެ އަގުބޮޑު ދެކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏަކަށް އެޕަލް ވެދާނެ.
ޒަކަބަރގް އާއި އެޕަލްގެ ސީއީއޯ ޓިމް ކުކް ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ ޑެސްކްޓޮޕް އަދި މޯބައިލް އިރާސް އަށް ފަހު، އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީ، ނުވަތަ މިކްސްޑް ރިއަލިޓީ އަކީ ދެން އަންނަ ބޮޑު ކޮމްޕިއުޓިން ޕްލެޓްފޯމަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އަދި ޒަކަބަރގްގެ ވާހަކަތަކުން އަންގައިދެނީ އެޕަލް އިން މެކް (ޑެސްކްޓޮޕް) އަދި އައިފޯން (މޯބައިލް) އާއި އެކު ކުރިން ވެސް އޮތް ހަމަ ކްލޯޒްޑް އީކޯސިސްޓަމަށް އަމަލުކުރާ އިރު، އޭނާ ދެކެނީ މެޓާ މިކްސްޑް ރިއަލިޓީއަށް ވިންޑޯޒް ނުވަތަ އެންޑްރޮއިޑްގެ އޯޕަން އެންޑެޑް ރޯލު ނަގާ ކަމަށެވެ.
އެކަމަކު ވެސް އޭނާ ބުންޏެވެ: "އަޅުގަނޑަށް ހީވަނީ މުސްތަގުބަލު މިތަނުގައި މިހާތަނަށް އޮތީ މެޓަވާސް އަށް ހެން،" އޭނާ އިއުތިރާފުވެވަޑައިގެންފައި ވަނީ އޭނާގެ މުޅި ކުންފުންޏަށް ބެޓް ކުރެއްވި ސްޓްރެޓެޖީ އަކީ އެންމެ ފަހު ވަގުތު ރަނގަޅު ސްޓްރެޓެޖީ އަކަށް ވާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ.
ލީކްތަކާއި އެނަލިސްޓުން ބުނާ ގޮތުގައި އެޕަލް އިން އެ ކުންފުނީގެ ފުރަތަމަ މިކްސްޑް ރިއަލިޓީ ހެޑްސެޓް، ޗިޕް ޑިޒައިން ކުރުމުގައި އެ ކުންފުނިން އެންމެ ފަހުން ހޯދި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ޕްރިމިއަމްގައި ވިއްކުމަށް ހަމަޖެހިފައިވާ އޭއާރް/ވީއާރް ހައިބްރިޑް ޑިވައިސްއެއް ލޯންޗުކުރަން ތައްޔާރަށް އޮތް އިރު، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އެ ކުންފުނިން ވެސް އޭއާރް ހެޑްސެޓެއް ލޯންޗުކުރަން ވަނީ ރާވާފަ އެވެ.
އަދި މަޝްހޫރު ކުއެސްޓް ހެޑްސެޓާއެކު އޮކިއުލަސް ގަތުމަށްފަހު މެޓާއަށް ވީއާރް މާކެޓްޕްލޭސް މިހާރުވެސް ކޮންމެވެސް ވަރަކަށް މިލްކުވެފައި ވެއެވެ. މެޓާ އިން ވެސް ވަރަށް އަވަހަށް މިކްސްޑް ރިއަލިޓީ ހެޑްސެޓެއް ލޯންޗު ކުރަން ވަނީ ރާވާފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.