އައިފޯނު ބޭނުންކޮށްގެނަ ސްޕީލްބާގް މިއުޒިކް ވީޑިއޯއެއް އުފައްދައިފި

ރީޝަން 30 ޖުލައި 2022

އައިފޯން ކެމެރާތައް ތަރައްގީވެ، މިއުޒިކް ވީޑިއޯތަކާއި މިނިވަން ފިލްމުތައް ވެސް ޝޫޓް ކުރުމަށް ޑައިރެކްޓަރުން އެ ކެމެރާތައް ބޭނުންކުރާތަން ފެނުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. މިފަހަރު މަޝްހޫރު ފިލްމީ ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް މިއުޒިކް ވީޑިއޯއެއް ޝޫޓް ކުރުމަށް އައިފޯނެއް އިޚްތިޔާރު ކުރީ ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ މާކަސް މަމްފޯޑްއާ އެކު ޕާޓްނަޝިޕް ހަދަހަދައިގެންނެވެ.

މިއީ ސްޕީލްބާގް މިއުޒިކް ވީޑިއޯއެއް ޑައިރެކްޓްކުރި ފުރަތަމަ ފަހަރު ކަމަށާއި، އޭނާ އެކަން ކުރީ އެ ކްލިޕްގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި އާޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އޭނާގެ އަންހެނުން ކޭޓް ކެޕްޝޯގެ އެހީތެރިކަމާއެކު ކަމަށެވެ. އެމީހުން ގުޅިގެން މަސައްކަތް ކުރީ މަމްފޯޑް އެންޑް ސަންސް ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ މާކަސް މަމްފޯޑްގެ ފުރަތަމަ ސޯލޯ ލަވަ ނެރުމަށް އެހީތެރިވުމަށެވެ.

ނަމަވެސް ސްޕީލްބާގް ޑައިރެކްޓްކޮށް ފިލްމުކޮށްފައިވާ މިއުޒިކް ވީޑިއޯއެއްގެ ފަހަތުގައި ހޮލީވުޑް ފެންވަރުގެ ޕްރޮޑަކްޝަން އެއް އުފެއްދުމަށް ބައެއް މީހުން އުންމީދު ކުރެވިދާނެ ނަމަވެސް މިއީ މުޅިން އިދިކޮޅެވެ. ސްޕީލްބާގް އިޚްތިޔާރު ކުރީ ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެގެން ހައި ސްކޫލް ޖިމްނެޝަންއެއްގައި އުޅެނިކޮށް އައިފޯނު އަތުގައި ހިފައިގެން މުޅި ކްލިޕް އެއް ޓޭކެއްގައި ޝޫޓް ކުރުމަށެވެ.

ސްޕީލްބާގް ބޭނުންކުރީ ކޮން އައިފޯނެއްގެ މޮޑެލްއެއް ކަމެއް ސާފެއް ނުވި ނަމަވެސް ފޫޓޭޖްގެ ސްޓެބިލައިޒޭޝަން ފުދޭވަރަކަށް ރަނގަޅެވެ. ޝައުޤުވެރިވާ އަނެއް ތަފްޞީލަކީ މި ވީޑިއޯ ރިލީޒްކޮށްފައިވަނީ ކަޅު ހުދު ފިލްޓަރަކާއެކު ކަމުން މި ވީޑިއޯއަށް އިތުރު ޑްރާމާ އިފެކްޓެއް ލިބިގެންދެއެވެ.

ކްރިއޭޓިވް ބްލޮގުން ސިފަކޮށްފައިވާ ގޮތުގައި މުޅި ވީޑިއޯގައި ޑީވައިއައި ސިފައެއް އެކުލެވިގެންވާއިރު، އެއީ ކޮންމެ މީހަކަށްވެސް އައިފޯނެއްގައި އަމިއްލައަށް މިއުޒިކް ވީޑިއޯ ފިލްމު ކުރެވޭނެ ކަމަށް ގަބޫލުކުރުމަށް އެހެން މީހުންނަށް ހިތްވަރު ލިބިދާނެ ކަމެކެވެ. މިއުޒިކް ވީޑިއޯ ޝޫޓްކުރި ގޮތާ ބެހޭ ތަފްސީލުތައް މުމްފޯޑް ވަނީ އޭނާގެ ޓްވިޓާ ޕްރޮފައިލްގައި ހިއްސާކޮށްފަ އެވެ.

މުމްފޯޑްގެ އާ ލަވަ 'ކެނިބަލް' ގެ ފުރިހަމަ މިއުޒިކް ވީޑިއޯ ޔޫޓިއުބުން ބަލާލެވޭނެ އެވެ. އެޕަލް ޓީވީ+ އަށް ސްޕީލްބަރގް 'އެމެޒިންގ ސްޓޯރީސް' ޕްރޮޑިއުސްކުރި ނަމަވެސް، މި މިއުޒިކް ވީޑިއޯ ކްލިޕް ޕްރޮޑިއުސްކޮށްފައިވަނީ އެޕަލްއާ ގުޅިގެން ނޫނެވެ.

ރީޝަން

ރީޝަން

ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.