ހާޑް ޑިސްކް ސްޓޯރޭޖް އުފެއްދުން ހުއްޓުމަކަށް އަންނަނީބާ؟

ޝުޖާޢަތު ރަޝީދު 31 ޖުލައި 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޓޯރޭޖް ނިއުސްލެޓަރއިން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހާޑް ޑިސްކު ޝިޕްމަންޓްތައް ދަށްވެފައިވާ މިންވަރުގެ މައްޗަށް މަޝްވަރާކޮށް، އަހަރުން އަހަރަށް މާކެޓު 33 އިންސައްތައިގައި އެއްހަމައެއްގައި ދަށަށް ގޮސްފައިވާކަން ހާމަކޮށްފައެވެ.

މި އަދަދު ދަށްވާ ސަބަބަކީ ހާޑް ޑިސްކު ގަންނަ ފަރާތްތަކުން އަބަދު އެ ގަތުމަށް ޑިމާންޑް ނުލިބުން ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ ކުއާޓާގައި ހާޑް ޑިސްކު ޑްރައިވްތަކުގެ ޝިޕްމަންޓުތައް ކޮންޒިއުމަރުންނަށާއި ވިޔަފާރިތަކުގެ މާކެޓަށް ވިކިފައިވަނީ ގާތްގަނޑަކަށް 45 މިލިއަން ޔުނިޓެވެ. 2010 ވަނަ އަހަރާއި މި އަޅާ ބަލައިފިނަމަ އެއަހަރު 651 މިލިއަން ޔުނިޓު ވިކި ހަމަ އެ އަހަރުގެ ކޮންމެ ކުއާޓާއެއްގައި 162 މިލިއަން އެވްރެޖްކޮށް ވިކިފައިވެއެވެ.

ޓޮމްސް ހާޑްވެއާ އިން ހާމަކުރަނީ އެންޓަޕްރައިސް މާކެޓުގައި މިހާރު ހައި ޕާފޮމަންސް ކޮމްޕިއުޓިން ސިސްޓަމް (އެޗް.ޕީ.ސީ) މާބޮޑަށް ބޭނުންވެއެވެ. މީގެ އިތުރުން ކްލައުޑް ބޭސްޑް ސްޓޯރޭޖް ކެޕެބިލިޓީ ހުންނަ އެންވަޔަރަމަންޓުތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުން އަދި އަގުވެސް ތިރިވަމުންނެވެ.

ކްލައުޑް ސްޓޯރޭޖް ހިދުމަތަކީ އެސް.އެސް.ޑީ އާއި އަޅާ ބަލާއިރުވެސް މާބޮޑު ސްޓޯރޭޖް ހިދުމަތެއް ދޭ ބަޔަކަށް މިވަނީ ވެފައެވެ.

އެހެންކަމުން، ވިޔަފާރިތަކުން ހާޑް ޑިސްކަށް އޮންނަ ޑިމާންޑު ދައްވަމުން ގޮސް އެންމެ މަދުން ގަނެވޭނެ މިންވަރެއްވެސް ކަނޑައަޅާ ހިސާބަށް 2021 ގައި މި މާކެޓު މިވަނީ ގޮސްފައެވެ.

އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، އެތަކެއް ކުއާޓަރެއްގައި 2.5 އިންޗީގެ ހާޑް ޑިސްކުގެ ސޭލް 40 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ކޮންޒިއުމާ އެންޑް ޑެސްކްޓޮޕް އިލެކްޓްރޯނިކްސް ދެވަނަ އަށް ދަށްވިއިރު، ކުއާޓާއަކަށް ވުރެން ކުއާޓާއެއް 30 އިންސައްތަ ގެއްލުމެއް ވެ، 17 މިލިއަން ޔުނިޓަށް ވަނީ ތިރިވެފަ އެވެ.

ރީޓެއިލް، ޕީސީ، އަދި ސަވައިލެންސް ޔޫޓިލައިޒޭޝަންގެ ޑިމާންޑް ނެތުމަކީ ވެސް އެންމެ ބޮޑު އެއް ސަބަބެވެ. 8.6 ޕަސެންޓަށް ވުރެ މައްޗަށް މައްޗަށް ދިޔަ އަނެއް ސަބަބަކީ އިންފްލޭޝަން އެވެ.

ބެލެވޭ ގޮތުގައި ކަރަންސީ ގެ ގޮތުގައި ރައްކާކުރުމަށް ބޭނުން ކުރާ ކްރިޕްޓޯކަރަންސީ ޗިއާ ގެ ސަބަބުން ޑިމާންޑް އިތުރުވެގެން ދިއައެވެ. ނަމަވެސް، ހަމައެކަނި ކްރިޕްޓޯކަރަންސީ ދަށްވުމާ އެކު، އެ ހާއްސަ ސަބަބާ ހެދި މާ ބޮޑު އަސަރެއް ކުރި ނަމަ، އެއީ ވަރަށް ބޮޑު ހީއެއް ކަމުގައި ގިނަ މާހިރުން ދެކެއެވެ.

އެސް.އެސް.ޑީ ތަކުން އަގު ހެޔޮކުރުމުގެ ސަބަބުން، ހާޑް ޑިސްކު ތަކާއި އަޅާބަލާއިރު، ދެން އަންނަ ޖެނެރޭޝަންގެ ސްޓޯރޭޖް އޮޕްޝަން، ކޮންޒިއުމަރުންނަށާއި ވިޔަފާރިވެރިންނަށްވެސް މިވަނީ ބަލަން ޖެހިފައެވެ.

2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 10 އިންސައްތަ އިގެ ކުރިއެރުމެއް ލިބުނުއިރު، މިދިޔަ ކުއާޓަރުގައި ކިއުއެލްސީ އަދި ޓީއެލްސީ އެންއޭއެންޑީގެ ވެފަރ (އިންޓަރގްރޭޓެޑް ސަރކިޓްތައް ފެބްރިކޭޓް ކުރުމަށް އިލެކްޓްރޯނިކްސްގައި ބޭނުންކުރާ ކްރިސްޓަލައިން ސިލިކޯން ފަދަ ސެމިކޮންޑަކްޓަރ މެޓީރިއަލްގެ ތިނެސްކަން ސްލައިސްއެއް) ޚަރަދުތައް ވަނީ 13 އިންސައްތަ ދަށަށް ގޮސްފައެވެ.

ޓެކްނޮލޮޖީގެ ދާއިރާތަކުގައި އާ، މަތީ ފަންތީގެ ސްޓޯރޭޖް ސޮލިއުޝަނެއް އަންނަންދެން، ކޮންޒިއުމާ އަދި ބިޒްނަސް މާކެޓްތަކުގައި ހާޑް ޑިސްކުގެ ބަދަލުގައި އެސް.އެސް.ޑީ ކުރިއަރަމުން ދާނެ ކަމަށް ބެލެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.