ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 4 އަދި ގެލެކްސީ ޒީ ފްލިޕް 4 ގެ ފޯނުތައް މިހާރު ހުރީ ގާތްގަނޑަކަށް ރިލީސް ވުމާއި ކައިރިކައިރީގައި ކަމަށްވާއިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ފޯނުތައް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.
ކޮރެއަން ސައިޓް ދަ އެލެކް ގައި މި ފޯނުތަކުގެ ފުރަތަމަ ތަފުސީލު ތައް ހިމަނާފައި ވާއިރު، މި ތަފުސީލުތަކުން ދައްކުވައިދެނީ އަހަރުން އަހަރަށް މިފޯނުތައް އުފެއްދުމާއި ޑިޒައިނިންގ ރަނގަޅު ވަމުން އަންނަ ކަމެވެ.
ގިނަބަޔަކު އުންމީދު ކުރިގޮތަށް މި ފޯނުތަކުގައި ކުއަލްކޮމްގެ ކުރިއަށް އޮތް ބޮޑު ޗިޕް - ސްނެޕްޑްރެގަން 8 ޖެން 2 ދައްކުވައިދޭނެ ކަމަށް ވަނީ މި ތަފްސީލް ތަކުން ހާމަވެފައެވެ. އެއީ ސެމްސަންގް ގެލެކްސީ ޒީ ފްލިޕް 5 ގެ ހަމައެކަނި ތަފްސީލު ނަމަވެސް މިއީ މި ބޮޑު ފޯލްޑަބަލް އަށް ކެމެރާ ފްރޮންޓްގައި ލިބޭ އިތުރު މައުލޫމާތެކެވެ.
ރިޕޯޓްތައް ބުނާގޮތުން ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 5 ގައި އެ ކުންފުނީގެ އައިސޮސެލް ޖީއެން3 އިން ލީޑް ކުރާ ޓްރިޕްލް ކެމެރާ އެރާއެއް ހިމެނޭނެއެވެ. އެއީ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 3 އިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ރިޕޯޓުގައި 12އެމްޕީ ފްރޮންޓް ފޭސިން ކެމެރާއެއްގެ ވާހަކަ ވެސް ހިމަނާފައިވާއިރު ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 3 ގައި ފެންނަ ފަދަ ދެވަނަ ކެމެރާއެއްގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. އެއީ ހަމައެކަނި ތަފްސީލުތައް ކަށަވަރު ނުވުމުން ކަމަށް ވެދާނެއެވެ. އެކަމަކު އޭގެ މާނައަކީ ޒެޑް ފޯލްޑް 3 ގައި ހިމެނޭ އަންޑަރ ސްކްރީން ކެމެރާގެ ބަލިކަށި ޕާފޯމަންސް ސެމްސަންގުން މުސްތަގުބަލުގައި މޮޑެލްއެއްގައި ރެޕްލިކޭޓް ކުރަމުން ނުދާ ކަމެވެ.
އެކަމަކު ހަމަ އެ ރިޕޯޓުން އަންގައިދެނީ 2022 ވަނަ އަހަރު ސެމްސަންގުން 15 މިލިއަން ޔުނިޓްގެ ފޯލްޑަބަލް ސޭލްސް އަންދާޒާ ކުރާނެ ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ ސެމްސަންގްގެ އަމިއްލަ އަންދާޒާތަކުން ވެސް އަންނަ އަހަރު ޑިމާންޑް ދަށްވާނެ އެވެ.
ޑިވެލޮޕާރ