އައިއޯއެސް 16 ގައި މައިކްރޮސޮފްޓް އެޖް، ގޫގުލް ކްރޯމް، އަދި މޮޒިލާ ފަޔަރފޮކްސްގައި އެޕަލް ޕޭ ބޭނުން ކުރެވޭގޮތް ހަދައިފިއެވެ. މެކްރޫމަރސްގެ ނޫސްވެރިޔާ ސްޓީވް މޯސަރ އަށް އެޕަލް ޕޭ އައިއޯއެސް 16 ބީޓާ 4 ގައި އެޖް އަދި ކްރޯމް އާއި އެކު މަސައްކަތް ކުރާކަން އެނގުމުން އޭނާގެ ހޯދުންތައް ޓްވިޓާގައި ހިއްސާކުރި އެވެ.
މޯސަރގެ ސްކްރީންޝޮޓްތަކުން ފެންނަނީ އެޖް ބޭނުންކުރާއިރު އެޕަލްގެ ޗެކްއައުޓް ޕޭޖުގައި 'ކޮންޓިނިއު ވިތު އެޕަލް ޕޭ' އޮޕްޝަނެކެވެ. އެޕަލް ޕޭ މަސައްކަތް ކުރަނީ ހަމައެކަނި އައިއޯއެސް 15 އާއި އެއަށްވުރެ މަތީގެ ސަފާރީގައި ކަމުން އިންޓަނެޓުން ވިޔަފާރި ކުރާއިރު އެޕަލް ޕޭ އިން ފައިސާ ދައްކަން ބޭނުންނަމަ އެހެން ބްރައުޒާއެއް ބޭނުން ނުކުރެވޭނެ އެވެ.
މޮސަރ ފަޔަރފޮކްސްގެ ވާހަކަ ނުދެއްކި ނަމަވެސް، އައިއޯއެސް 16 ބީޓާ 4 ނެރުމުގެ ކުރިން އެޕަލް ޕޭ އެ ބްރައުޒާއާ ގުޅޭކަން އެހެން ޔޫޒަރުންނަށް ފާހަގަ ކުރެވުނެވެ. އައިއޯއެސް 16 ބީޓާ 3 ގެ އެހެން ޔޫޒަރަކު ބުނާ ގޮތުގައި ފަޔަރފޮކްސްގައި ވެސް އެޕަލް ޕޭ އިން ފައިސާ ދެއްކުމުގެ އިޚްތިޔާރު އެމީހުންނަށް އެބައޮތެވެ. އެޕަލް ޕޭއަށް ސަޕޯޓް ސަފާރީ ނޫން އެހެން ބްރައުޒާތަކަށް ދޭން ފެށީ ކޮން އިރަކު ކަމެއް، އަދި އެއީ ކޮން ބްރައުޒާތަކަށް ކަމެއް އަދި ޔަގީނެއް ނުވެއެވެ. މިހާތަނަށް އަދި މިކަމާއި ގުޅޭގޮތުން އެޕަލް އިން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.
އެޕަލް ޕޭ އަދިވެސް އެންމެ ފަހުގެ މެކްއޯއެސް ބީޓާގައި ލިބޭކަށް ނެތެވެ. މޮސަރ ފާހަގަކޮށްފައިވާ ގޮތުގައި މިއީ ކްރޯމް، އެޖް، އަދި ފަޔަރފޮކްސް ފަދަ ބްރައުޒަރ ތަކުން އައިއޯއެސްގައި ސަފާރީގެ ރެންޑަރިންގ އިންޖީނު ވެބްކިޓް ބޭނުންކުރާތީ އޭގައި ހުރި ބަޔެއް ހުރަސްތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ. ތަރޑް ޕާރޓީ ބްރައުޒާތަކަށް މެކްއޯއެސްގައި އަމިއްލަ އިންޖީނު ބޭނުން ކުރުމަށް މިނިވަން ކަން އޮތުމުގެ ސަބަބުން މެކްސްގައި ސަފާރީން ނޫން ބަރައުޒަރ ތަކުން އެޕަލް ޕޭ އަށް ސަޕޯޓް ކައިރިމުސްތަޤްބަލެއްގައި ލިބިދާނެ ކަމަށް ނުބެލެވެއެވެ.
މި ބަދަލުތައް ގެނައުމުގައި އެޕަލްގެ ހިތް ބަދަލުވެގެން ދިއުމުގެ އަސްލަކީ ބިގް ޓެކްގެ އެންޓި ކޮމްޕެޓިޓިވް ޕްރެކްޓިސްތައް ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން އިން ރާވާފައިވާ ކަންކަމާ ގުޅުން ހުރި ކަމެއް ކަމަށް ވެދާނެ އެވެ. ޑިޖިޓަލް މާކެޓްސް ގާނޫނަށް 2023 ވަނަ އަހަރުގެ ބަހާރުމޫސުމުގައި އަމަލުކުރަން ފަށާއިރު، ކުދި ކުންފުނިތަކާ ވާދަވެރިކަން ކުރިއެރުވުމަށް އެޕަލް، މެޓާ، އަދި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކަށް ގަވާއިދުތަކެއް ކަނޑައަޅާފައިވެ އެވެ.
ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން