ވީޑިއޯ ޒޫމް ކުރެވޭ އާފީޗާއެއް ޔޫޓިއުބުން ޓެސްޓްކުރަނީ!

އަޙްމަދު ދާއޫދު 05 އޯގަސްޓު 2022

ވީޑިއޯ ޒޫމް ކުރެވޭނެ އާ ފީޗާއެއް ޔޫޓިއުބުން ތަޖުރިބާ ކުރަމުން އެބަދެއެވެ.

ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ޔޫޓިއުބުން ޕްރީމިއަމް ސަބްސްކްރައިބަރުންނާއެކު އާ މޯބައިލް އެޕް ފީޗާއެއް ޓެސްޓް ކުރަމުން އަންނައިރު، އެ ފީޗާއެއްގެ ސަބަބުން ކޮންމެ ވީޑިއޯއެއް ވެސް ޒޫމް ކުރެވޭނެ އެވެ.

ދަ ވަރޖް އަދި 9to5 ގޫގުލް އިން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ފަހުގެ އޮޕްޓް-އިން އެކްސްޕެރިމެންޓަލް ފީޗާގެ ސަބަބުން ވީޑިއޯތަކަށް ޕިންޗް ޓު ޒޫމް ޖެޝަރ އެއް ލިބިގެންދާއިރު، ޕޯޓްރެއިޓް އަދި ފުލް ސްކްރީން ލޭންޑްސްކޭޕް ވިއު އިން ވެސް މި ފީޗަރ މަސައްކަތް ކުރެ އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޒޫމް ފީޗާ ޓެސްޓް ކުރަމުންދާއިރު، ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ޔޫޒަރުންގެ ފީޑްބެކް އެއްކޮށް، ކަންކަން ރީފައިން ކުރުމުގެ ކުރިން އެ ފީޗާ އިތުރަށް ފުޅާކޮށް ރޯލް އައުޓް ކުރެވޭނެ އެވެ.

ޕިންޗް ޓު ޒޫމް ކުރެވޭނެ ގޮތް ހެދުމަށްޓަކައި ފޯނުން ނުވަތަ ވެބްސައިޓުން ޖެހޭނީ ޔޫޓިއުބްގެ ސެޓިންގްސް މެނޫ އަށް ގޮސް އެފީޗަރ އިޚްތިޔާރު ކުރާށެވެ. އެކަމަކު މި ފީޗަރ ލިބޭނީ ޔޫޓިއުބް ޕްރީމިއަމް އަށް ސަބްސްކްރައިބް ކުރުމުންނެވެ.

ޔޫޓިއުބް ޕްރިމިއަމް ޔޫޒަރުންނަށް މިފަދަ ގިނަ ފީޗަރ ތަކެއް ރޯލްއައުޓް ކުރުމަށް ތައްޔާރުވާއިރު، މިވަގުތު ޓެސްޓް ކުރުމަށް ލިބެން ހުރި ހަމައެކަނި ފީޗާއަކީ ޒޫމް ފަންކްޝަން އެކަންޏެވެ. ބެލެވޭގޮތުގައި ވީޑިއޯ ޒޫމް އިން ފީޗަރ އާއި ޕިންޗް ޖެސްޗާ ބޭނުންކުރެވޭނެ ގޮތް ހެދުމާ ދެމެދު ލަސްވުމެއް އޮވެދާނެ ކަމަށް ދަ ވަރޖް އިން ބުނެއެވެ.

ދަ ވަރޖްގެ ޓެސްޓިންގައި ޓޮގްލް ކުރުމަށްފަހު ވަގުތުން އެއްވެސް ވީޑިއޯއެއް ޒޫމް އިން ނުކުރެވުނު ކަމަށާއި، އެކަމަކު އެކްޓިވް ވުމުން 8x އާއި ހަމައަށް ޒޫމް އިން ކުރެވޭނެ ކަމަށް ވަރޖްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެންޑްރޮއިޑް އަދި އައިއޯއެސްގައި އެކި އެކްސެސިބިލިޓީ ފަންކްޝަންތަކާއެކު ޔޫޓިއުބްގެ ކޮންޓެންޓް ޒޫމް އިން ކުރެވޭނެ ގޮތްތައް މިހާރުވެސް ހުރި އިރު، ސާފުކޮށް އެނގޭ ގޮތުގައި، ޑެސްކްޓޮޕް ބްރައުޒާއެއްގައި އެކަން ކުރަން ވަރަށް ފަސޭހަ ކަމަށް ދިރާސާވެރިން ބުނެއެވެ. އެކަމަކު މޯބައިލް އެޕްގައި އިޚްތިޔާރީ ނެޓިވް ފީޗާއެއްގެ ގޮތުގައި ހުރުމަކީ އެއަށްވުރެ އަދި މާ ފަސޭހަ ކަމެކެވެ.

މިދިޔަ މަހު ޔޫޓިއުބުން އެންމެ ފަހުން ވަނީ ޕްރީމިއަމް ކަސްޓަމަރުންގެ މެދުގައި ފުރަތަމަ ޓެސްޓް ކުރުމަށް ފަހު އައިފޯނާއި އައިޕެޑަށް ޕިކްޗާ އިން ޕިކްޗާ މޯޑް ފޯރުކޮށްދީފާ ވާއިރު، އެ ފީޗާއަކީ އެންޑްރޮއިޑްގައި ގިނަ ދުވަސްތަކެއް ވަންދެން ލިބެން ހުރި ފީޗާއެއް ކަމަށް ދަ ވަރޖް އިން ބުނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.