އަލްޓްރާ ޓޯލް ފޮޓޯގެ ސަޅި ފީޗާއެއް އިންސްޓަގްރާމުން!

އަޙްމަދު ދާއޫދު 06 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސްޓަގްރާމް އިން ވަރަށް އަވަހަށް އަލްޓްރާ ޓޯލް ފޮޓޯތައް ފުލް ސްކްރީން ރީލްތަކާ ގުޅޭތޯ ޓެސްޓް ކުރަން ނިންމައިފި އެވެ.

ފޮޓޯ އާއި ވީޑިއޯ ހިއްސާކުރާ ޕްލެޓްފޯމް އިންސްޓަގްރާމް އިން އަލުން ޑިޒައިން ކުރުން ހުއްޓާލާފާނެ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް އޭގެ މާނައަކީ ފުލް ސްކްރީން ކޮންޓެންޓަށް ފޯކަސް ކުރުން ހުއްޓާލަން ރާވާފައިވުން ނޫން ކަމަށް ދަ ވަރޖް އިން ބުނެފިއެވެ.

ދަ ވަރޖް އިން ބުނާ ގޮތުގައި ހަފްތާއަކު އެއްފަހަރު ނެރޭ "ސްކް މީ އެނީތިންގް" ގެ ތެރޭގައި ސީއީއޯ އޭޑަމް މޮސެރީ ވަނީ އިންސްޓަގްރާމް އިން "ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި" އަލްޓްރާ ޓޯލް 9:16 ގެ ފޮޓޯތައް ޓެސްޓް ކުރަން ފަށާނެކަން ކަށަވަރުކޮށްދީފަ އެވެ.

"ޓޯލް ވީޑިއޯތައް ލެވޭނެ، އެކަމަކު އިންސްޓަގްރާމްގައި ޓޯލް ފޮޓޯތަކެއް ނުކުރެވޭނެ. އެހެންވެ އަހަރެމެނަށް ވިސްނުނީ ޓޯލްފޮޓޯ އާއި ޓޯލް ވީޑިއާ އާއި މެދު ހަމަހަމަ ގޮތެއްގައި ކަންތައް ކުރާކަން ޔަގީން ކުރަން ޖެހޭނެ ކަމަށް،" މޮސެރީ ބުންޏެވެ.

މިވަގުތު އިންސްޓަގްރާމް ޓޮޕް އައުޓް ކުރަނީ ގާތްގަނޑަކަށް 4:5 ގައި އެއަށް ރިޢާޔަތްކޮށް ކްރޮޕްކޮށްފައިވާ ވަރުގަދަ ތަސްވީރުތައް ދައްކާއިރުގައެވެ. އެކަމަކު ސްލިމަރ، ޓޯލް 9:16 ފޮޓޯތަކަށް ސަޕޯޓް ތައާރަފް ކުރުމުން އެޕްގެ ފީޑް ސްކްރޯލް ކުރާއިރު މުޅި ސްކްރީން ފުރިހަމަ ކުރުމަށް އެހީތެރިވެދޭނެ އެވެ.

ދަ ވަރޖް އިން ރިޕޯޓްކުރާ ގޮތުގައި އިންސްޓަގްރާމްގެ ޓިކްޓޮކް ފަދަ ރީޑިޒައިން އަށް ބައެއް ފޮޓޯގްރާފަރުން ވަނީ 9:16 ގެ ފްރޭމެއްގައި ހުރިހާ ފޮޓޯއެއް ވެސް ޝެއަރ ކުރަން އުނދަގޫ ތަކެއް ހުރުމުން ފާޑުކިޔާފަ އެވެ. އަދި އާ ފީޑުގައި ޕޯސްޓްތަކުގެ ތިރީއަށް އޯވަރލޭ ގްރޭޑިއަންޓްތައް އިތުރުކޮށްފައި ވަނީ ޓެކްސްޓް ކިޔަން ފަސޭހަވާނެ ގޮތަކަށެވެ. އެކަމަކު އެއީ ފޮޓޯގްރާފަރުންގެ މަސައްކަތްތަކުގެ އަސްލު ސިފައާ ފުށުއަރާ ކަމެކެވެ.

އިންސްޓަގްރާމް އިން ޔޫޒަރުންނާއެކު ކުރިއަށް ގެންދިޔަ ރީޑިޒައިން ޓެސްޓުގެ ތެރޭގައި މޮސެރީ ވަނީ ފުލް ސްކްރީން ތަޖުރިބާ ފޮޓޯތަށް ރަނގަޅު ނޫން ކަމަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު އެއްބަސްވެފަ އެވެ.

ދަ ވަރޖް އިން ބުނާގޮތުގައި އަލަށް ތަޢާރަފް ކުރާ އައު ފީޗަރ އަދި ޓެސްޓިން މަރުހަލާގައި އޮތްއިރު، އިންސްޓަގްރާމް އިން އަދިވެސް ގަސްތުކުރަނީ އެ އަލްޓްރާ ޓޯލް ފޮޓޯ ތަޖުރިބާ ކުރުމުގެ މަސައްކަތް ފުޅާކުރުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.