ޖީމެއިލް އާއި، އޭއޯލް ފަދަ އެކައުންޓްތަކަށް ސިއްރުންވަދެ އީމެއިލާއި، އެޓޭޗްމެންޓްތައް ބަލައި އަދި ޑައުންލޯޑްކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ބޭނުން ކޮށްފައި ނުވާ ޒާތެއްގެ މޭލްވެއަރ އެއް ދެކުނު ކޮރެއާގެ ހެކަރުންގެ ބަޔަކު ބޭނުންކުރާކަން ދިރާސާވެރިން ފަޅާ އަރުވާލައިފިއެވެ.
ސެކިއުރިޓީ ކުންފުނި ވޮލެކްސިޓީގެ ދިރާސާވެރިން ހޯދާފައިވާ "ޝާޕެކްސްޓް"ގެ ނަމުން ނަންދީފައިވާ މި މެލްވޭއަކީ ކްރޯމް އަދި އެޖް ބްރައުޒާތަކަށް ބްރައުޒާ އެކްސްޓެންޝަނެއް އިންސްޓޯލް ކުރުމުން އެއާއެކު ވަރަށް ސިއްރުން އޮޓޯއިން އިންސްޓޯލްވާ މޭލްވެއަރ ކަމަށް ވޮލެކްސިޓީގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި އެކްސްޓެންޝަން އީމެއިލް ޚިދުމަތްތަކުން ފާހަގަ ނުކުރެވޭއިރު، ބްރައުޒާ މިހާރުވެސް އޮތެންޓިކޭޓް ކުރެވިފައިވަނީ މަލްޓިފެކްޓަރ އޮތެންޓިކޭޝަން ޕްރޮޓެކްޝަންތަކެއް ބޭނުންކޮށްގެން ކަމަށްވާތީ، މި އެކްސްޓެންޝަން ދުވަހެއް ދުވަހަކަށް އަންނަނީ މަގުބޫލުވަމުންނެވެ.
އެކަމަކު ޙަޤީޤަތުގައި މި ސެކިއުރިޓީ ފިޔަވަޅަކީ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމުގައި އެއްވެސް ދައުރެއް އަދާކުރާ ފިޔަވަޅެއް ނޫނެވެ.
މި އެކްސްޓެންޝަން ގޫގުލްގެ ކްރޯމް ވެބް ސްޓޯރ، މައިކްރޮސޮފްޓްގެ އެޑްއޮންސް ޕޭޖް ނުވަތަ އެހެން ސޯސްއެއްގައި ލިބެން ނެތް ކަމަށާއި މި އެކްސްޓެންޝަން މެއިލް ސިސްޓަމަށް ވަދެގަންނަނީ އިންސްޓޯލް ކުރުމަށް ޖީމެއިލް ނުވަތަ އޭއޯއެލް މެއިލްގައި ހުރި ފަންކްޝަންތަކުގެ ތެރެއިން ކަމަށްވެސް އެޕޯސްޓްގައި ބުނެފައިވެއެވެ.
މި މެލްވޭއާ ބޭނުންކުރަމުން އަންނަތާ "އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ" ކަމަށް ވޮލެކްސިޓީން ބުނެފައިވާއިރު، މިއީ އެ ކުންފުނިން ޝާޕްޓޮންގްގެ ނަމުން ޓްރެކްކުރާ ހެކަރުންގެ ގްރޫޕެއްގެ ވިޔާނުދާ މަސައްކަތް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ގްރޫޕަކީ އުތުރު ކޮރެއާގެ ސަރުކާރުން ސްޕޮންސަރ ކުރާ ގްރޫޕެއް ކަމަށާއި، މި ގްރޫޕަކީ އެހެން ދިރާސާވެރިން ކިމްސުކީގެ ނަމުން ޓްރެކްކޮށްފައިވާ ގްރޫޕަކާ ގުޅިފައިވާ ގްރޫޕަކަށް ވާއިރު ޝާރޕެކްސްޓުން އަމާޒުކޮށްފައިވަނީ އެމެރިކާ، ޔޫރަޕް، އަދި ދެކުނު ކޮރެއާގެ ޖަމިއްޔާތަކަށް ނިއުކްލިއާ ހަތިޔާރާއި އުތުރު ކޮރެއާގެ ގައުމީ ސަލާމަތަށް މުހިންމު ކަމަށް ދެކޭ އެހެނިހެން މައްސަލަތަކުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ކަމަށް ވަނީ ބެލެވިފައެވެ.
ވޮލެކްސިޓީގެ ރައީސް ސްޓީވަން އަޑައިއާ ފޮނުއްވި އީމެއިލްގައި ވިދާޅުވީ އެކްސްޓެންޝަން އިންސްޓޯލް ކުރެވެނީ "ސްޕީއާ ފިޝިން އާއި ސޯޝަލް އިންޖިނިއަރިންގެ ގޮތުގައި ޝިކާރައަކަށް ވެފައިވާ މީހުން ހައްދާލައިގެން ގޯސް ލިޔުމެއް ހުޅުވައިގެން" ކަމަށެވެ.
މިހާރުގެ އިންކާރޭޝަންގައި މި މެލްވޭ މަސައްކަތް ކުރަނީ ހަމައެކަނި ވިންޑޯޒްގައި ނަމަވެސް އެޑައިއާ އިން ބުނީ މެކްއޯއެސް ނުވަތަ ލިނަކްސްގައި ހިންގާ ބްރައުޒާތަކަށް ވެސް އިންފެކްޓް ކުރުމަށް ފުޅާ ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.
ބްލޮގް ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ "ވޮލެކްސިޓީގެ އަމިއްލަ ވިޒިބިލިޓީން ދައްކާ ގޮތުގައި އެކްސްޓެންޝަން ފުދޭވަރަކަށް ކާމިޔާބު ވެފައިވާ ކަމަށާއި، ވޮލެކްސިޓީއަށް ލިބުނު ލޮގްތަކުން ދައްކާ ގޮތުގައި ހަމަލާދިން މީހާއަށް މެލްވޭއާ ޑިޕްލޮއިމަންޓް މެދުވެރިކޮށް އެތައް ޝިކާރައަކަށް ވެފައިވާ އެތައް ހާސް އީމެއިލްތަކެއް ކާމިޔާބުކަމާއެކު ވަގަށް ނެގިފައިވާ ކަމަށެވެ."
ފިޝިން އޮޕަރޭޝަނެއްގެ ތެރޭގައި އެންޑް ޔޫޒަރަށް ފާހަގަ ނުކޮށް ބްރައުޒާ އެކްސްޓެންޝަނެއް އިންސްޓޯލް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޝާރޕެކްސްޓް ޑިވެލޮޕަރުން ސާފުކޮށް ސަމާލުކަން ދީފައިވަނީ މިތަނުގައި، ޝާއިއުކޮށްފައިވާ ފަދަ ދިރާސާތަކަށް ކަމަށާއި، މި ދިރާސާއިން ދައްކުވައިދެނީ ކްރޯމިއަމް ބްރައުޒާ އިންޖީނުގައި ހުންނަ ސެކިއުރިޓީ މެކޭނިޒަމަކުން މެލްވޭއާ އިން ނާޒުކު ޔޫޒަރ ސެޓިންގްސްތަކަށް ބަދަލު ގެނައުން ހުއްޓުވާ ގޮތެވެ.
ހަމަލާދޭ މީހުން މި ރައްކާތެރިކަމުގެ ވަށައިގެން މަސައްކަތް ކުރުމަށްޓަކައި، ފުރަތަމަ އެމީހުން ކޮމްޕްރޮމައިޒް ކުރަމުންދާ ކޮމްޕިއުޓަރުން ތިރީގައިވާ ކަންކަން ނަގަން ޖެހެއެވެ.
1- ބްރައުޒާއިން resources.pak ފައިލްގެ ކޮޕީއެއް (އެއީ ކްރޯމް އިން ބޭނުންކުރާ އެޗްއެމްއޭސީ ސީޑް ހިމެނޭ)
2- ޔޫޒަރުގެ އެސް-އައިޑީ ވެލިއު
3- ޔޫޒަރުގެ ސިސްޓަމުން ލިބޭ އަސްލު ޕްރިފަރެންސް އަދި ސެކިއުރިޓީ ޕްރިފަރެންސް ފައިލްތައް
ޕްރެފެރެންސް ފައިލްތައް ބަދަލުކުރުމަށްފަހު ޝާރޕެކްސްޓް އިން އޮޓޮމެޓިކުން އެކްސްޓެންޝަން ލޯޑްކޮށް ޕަވަރޝެލް ސްކްރިޕްޓެއް އެގްޒެކެޓްކޮށް ޑެވްޓޫލްސް އަށް އެނެބަލް ކުރާއިރު، މިއީ ބްރައުޒާއަށް ކަސްޓަމައިޒް ކޮށްފައިވާ ކޯޑާއި ސެޓިންގްސް ހިންގޭނެ ސެޓިންގްއެކެވެ.
"އެ ސްކްރިޕްޓް ހިނގަނީ އިންފިނިޓް ލޫޕެއްގައި ޓާގެޓް ކުރެވިފައިވާ ބްރައުޒާތަކާ ގުޅުން ހުރި ޕްރޮސެސްތައް ޗެކްކޮށްގެން،" ވޮލެކްސިޓީ ވިދާޅުވި އެވެ.
މީގެ އިތުރުން މި ސްކްރިޕްޓް ބޭނުންކުރަނީ ޝިކާރައަކަށް ވެފައިވާ މީހާއަށް އެލާޓް ކުރެވިދާނެ އެއްވެސް ވިންޑޯއެއް ފޮރުވުމަށެވެ. މިސާލަކަށް މައިކްރޮސޮފްޓް އެޖް އިން ވަކިވަކިން ޑިވެލޮޕަރ މޯޑުގައި އެކްސްޓެންޝަންތައް ހިނގަމުންދާނަމަ ޔޫޒަރަށް އިންޒާރުގެ މެސެޖެއް ދައްކާލައެވެ (ފޮޓޯ 5). މި ވިންޑޯ ފެންނަތޯ ސްކްރިޕްޓުން މެދުނުކެނޑި ޗެކްކޮށް، ShowWindow() އާއި SW_HIDE ފްލެގް ބޭނުންކޮށްގެން ފޮރުވައެވެ.
މި ޕޯސްޓް ލައިވް ކުރުމަށްފަހު ގޫގުލްގެ ތަރުޖަމާނަކު އީމެއިލްކޮށް ތަކުރާރުކޮށް ބުނީ އެ އެކްސްޓެންޝަން ގޫގުލްގެ ސާވަރުތަކުގައި ހޯސްޓްކޮށްފައި ނުވާ ކަމަށާއި ކާމިޔާބު ފިޝިން ނުވަތަ ސޯޝަލް އިންޖިނިއަރިން ހަމަލާއަކަށް ފަހު ޕޯސްޓް އެކްސްޕްލޮއިޓް މެލްވެއަރ އެއްގެ ގޮތުގައި އިންސްޓޯލް ކޮށްފައިވާ ކަމަށެވެ.
އެންޓި މެލްވޭއާ ހިދުމަތްތަކާއި ކްރޯމްއޯއެސް ފަދަ ސެކިއުރިޓީ ހަރުކަށި އޮޕަރޭޓިން ސިސްޓަމްތައް ބޭނުންކުރުމަކީ މިކަމާއި މިފަދަ ބާވަތުގެ ހަމަލާތައް ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތްތަކެވެ.
މި މެލްވޭއާ އަމާޒުކޮށްފައިވާ ނުވަތަ ސިސްޓަމަށް އިންސްޓޯލް ކުރެވިފައިވާކަން ދެނެގަތުމަށް ބޭނުންކުރެވޭނެ ތަސްވީރުތަކާއި ފައިލް ނަންތަކާއި އެހެނިހެން އިންޑިކޭޓަރުތައް މި ބްލޮގް ޕޯސްޓުގައި ހިމަނާފައިވެ އެވެ.
އެ ކުންފުނިން އިންޒާރު ދިން ގޮތުގައި އެ މޭލްވެއަރގެ ނުރައްކާ ގިނަދުވަސްތަކަކަށް ދެމިގެން ގޮސްފައިވުމުން އެއިން އަވަހަށް ސަލާމަތް ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
"ވޮލެކްސިޓީއަށް ފުރަތަމަ ފަހަރަށް ޝާޕްއެކްސްޓާ ދިމާވިއިރު، އެއީ ގިނަ އަދަދެއްގެ ބަގްތައް ހިމެނޭ ކުރީގެ ޑިވެލޮޕްމަންޓްގައި ހުރި ޓޫލެއް ކަމުގައި ހީވި، އެއީ އެ ޓޫލް ފުރިހަމަ ނުވާ ކަމުގެ އިޝާރާތެއް،" އެ ކުންފުނިން ބުންޏެވެ.
އެންމެ ފަހުގެ އަޕްޑޭޓްތަކާއި މިހާރު ކުރިއަށްދާ މެއިންޓެނަންސްތަކުން ދައްކާ ގޮތުގައި ހަމަލާދޭ މީހާ އެ ލަނޑުދަނޑިތައް ހާސިލް ކުރަމުންދާކަން، މިހާރު ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވެމުންދާކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.