މޫސުން ގޯސްވުމުން ގޭގެ އިންޓަނެޓް ސްޕީޑް ދަށްވޭތަ؟

އަޙްމަދު ދާއޫދު 07 އޯގަސްޓު 2022

ގޭގައި ބޭނުންކުރާ އިންޓަނެޓަށް މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އަސަރެއްކުރާކަން މިހާތަނަށް އެނގިފައިވޭހެއްޔެވެ؟

ބޯކޮށް ވާރޭވެހުމާއި، ވައި ގަދަވުމާއި، ޖައްވު ނުސާފުވެ އުޑުމަތި ބަނަވުމާއި އަދި އުޑުމަތީގައި ބޯ ވިލާތައް އުފެދުމަކީ އިންޓަނެޓް ކަނެކްޝަންގެ ބާވަތަށް ބަލާފައި އިންޓަނެޓްގެ ހިދުމަތަށް ހުރަސް އެޅިދާނެ ކަމެކެވެ.

މޫސުމުގެ ސަބަބުން ހިދުމަތް މެދުކެނޑިގެން ދިއުމުގެ ފުރުޞަތު އެންމެ ބޮޑީ ސެޓެލައިޓް އިންޓަނެޓް ނަމަވެސް ފިކްސްޑް ވައިލެސް ނުވަތަ 5ޖީ ހޯމް އިންޓަނެޓް ކަނެކްޝަން ބޭނުންކުރާ ފަރާތްތަކަށްވެސް މޫސުމާ ގުޅުން ހުރި އިންޓަނެޓްގެ މިދެންނެވި މައްސަލަތައް ކުރިމަތިވެދާނެ އެވެ.

ކޭބަލް، ޑީއެސްއެލް އަދި ފައިބަރ އިންޓަނެޓް ކަނެކްޝަންތަކަކީ މާ އިތުބާރު ކުރެވޭ ކަނެކްޝަންތަކެކެވެ. ނަމަވެސް މި ދެންނެވި ބާވަތްތަކުގައި އޮތް ގޮންޖެހުމަކީ ކަރަންޓް ކެނޑުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން ބާރުގަދަ ތޫފާނެއް އަތުވެއްޖެނަމަ ތިބާގެ ސަރަހައްދާއި ތިބާގެ ގޭގެ އިންޓަނެޓަށް އަސަރު ފޯރާފާނެ އެވެ.

އެހެންކަމުން މޫސުމީ މިފަދަ ކަމެއް މެދުވެރިވެގެން ތިބާގެ އިންޓަނެޓްގެ ޚިދުމަތް ކުޑަވަގުތުކޮޅަކަށް ނަމަވެސް ކެނޑުމުގެކުރިން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ސެޓެލައިޓް އިންޓަނެޓް:

މިބާވަތުގެ މޫސުމީ އަސަރު އެންމޮޑަށް ކުރަނީ ސެޓެލައިޓް އިންޓަނެޓަށޭ ބުނެވިދާނެއެވެ.

ފަހަރެއްގައިވެސް އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ވާރޭވެހުމާއި، ސްނޯއާއި އައިސްއާއި، ވިލާގަނޑު ބޮޑުވުމާއި، މިނޫންވެސް ކަންކަމުގެ ސަބަބުން ސެޓެލައިޓް އިންޓަނެޓް ޚިދުމަތަށް ބުރޫއެރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ސެޓެލައިޓް ސިގްނަލްތައް ދަތުރުކުރަނީ ގިނަ ފަހަރަށް ބިމުން ގާތްގަނޑަކަށް 22 ހާސް މޭލު ނުވަތަ އެއަށްވުރެ މަތީގައެވެ. އެހެންކަމުން އެ ސިގްނަލްތައް ތިބާގެ ގެއަށް ފޯރުމަށް ފުދޭވަރަކަށް ދުރަށް ދަތުރުކުރަން ޖެހެ އެވެ. ބޯކޮށް ވާރޭވެހުމާއި ނުވަތަ ބޯކޮށް ވިލާގަނޑަކުން ބްލޮކް ވުމާއި، އެއާއެކު އަންނަ ސިގްނަލް ޑިސްޕާސް ކުރާ ފެންތިކިތައް ފަދަ ކަންކަމަކީ އިންޓަނެޓްގެ ހިދުމަތަށް ބުރޫއަރާފާނެ ކަމެކެވެ.

ހަމައެކަނި އެކަންތައްތައް އެކަންޏެއް ނޫނެވެ. ޚުދު އެ ޑިޝްއިން ވެސް ސްނޯ އާއި އައިސް އެޅުމުން ސިގްނަލް ރިފްލެކްޓް ކޮށްދޭ މިންވަރު ދައްވެއެވެ. މިއީ ބޯކޮށް ވާރޭ ވެހުން ނުވަތަ ވިލާގަނޑެއް ކަވަރު ކުރުމަށްވުރެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމެއް ނަމަވެސް، ތިބާގެ ޚިދުމަތަށް އަސަރު ފޯރާފާނެ ކަމެކެވެ.

ބޯކޮށް ވާރޭވެހުމާއި ވިލާގަނޑުން ކަވަރު ވުމަކީ ސެޓެލައިޓްގެ ކްރިޕްޓޮނައިޓް ކޮށްލާ ކަމެކެވެ. އެފަދަ ކަމަކުން ރައްކާތެރިވުމަށް ރެއިން ގާޑެއް ނުވަތަ ސެޓެލައިޓް ޑިޝް ޝީލްޑް ކުރުމަށް އެއްޗެއް އިންސްޓޯލް ކުރުމަކީ ވަގުތީ ގޮތުން ކަރަންޓް ކެނޑުން ހުއްޓުވުމަށް ކުރެވިދާނެ ފަސޭހަ ހައްލެއް ކަމުގައި ހީވިޔަސް އެއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ.

ސެޓެލައިޓް ސިގްނަލްތައް ތިމާގެ ގެއަށް ދިއުމަށްޓަކައި މޭލުތަކެއް ދުއްވަން ޖެހޭތީ، ހަމައެކަނި ޑިޝްގެ ކައިރީގައި ނޫނަސް، ސިގްނަލް ދަތުރުކުރާ މަގުގެ ކޮންމެ ތަނެއްގައި ވެސް ޚިދުމަތަށް ބުރޫއަރާ ހާލަތްތަކެއް ކުރިމަތިވެދާނެ އެވެ. އެއީ ސީދާ ގޭގެ މަތީގައި ވާރޭ ނުވެހި ނުވަތަ ވިލާގަނޑެއް ނުވި ނަމަވެސް މޫސުމާ ގުޅިގެން އިންޓަނެޓް ކެނޑިދާނެ ކަމެކެވެ.

ރެއިން ގާޑަކުން ކަނެކްޓިވިޓީގެ މައްސަލަތައް ހުއްޓުވުމަށް އެހީތެރި ނުވާނެ ސަބަބަކީ ވެސް އެއީ އެވެ. އަދި ހަމަ އެހެންމެ ޑިޝްގެ މަތީގައި ނުވަތަ ވަށައިގެން ސޮލިޑް ފަށަލައެއް އިންސްޓޯލް ކުރުމަކީ ވެސް ސިގްނަލް ބްލޮކް ވެދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އިތުރަށް ޚިދުމަތަށް ބުރޫއަރާފާނެއެވެ.

އެހެންކަމުން ވާރޭ ވެހުމުގެ ސަބަބުން ނުވަތަ ވިލާގަނޑު ކަވަރޭޖްގެ ސަބަބުން އިންޓަނެޓް ކެނޑިއްޖެ ހާލަތެއްގައި، އެކަން ހައްލުވެ ޚިދުމަތް އަލުން ލިބެންދެން މަޑުކުރުން ނޫން އެހެން މާބޮޑު ކަމެއް ކުރެވޭނެ މަގެއް ނެތެވެ. ނަމަވެސް ސެޓެލައިޓް ޕްރޮވައިޑަރުން ވަނީ ފާއިތުވި އަހަރުތަކުގައި މޫސުން ގޯސްވުމުން އިންޓަނެޓް ކަނެކްޝަނަށް ކުރާ އަސަރު އެންމެ ކުޑަކުރުމަށް ކުރިއެރުންތަކެއް ގެނެސްދީފަ އެވެ.

ކުދި، ރީތި ޑިޝްތަކާއި ވަރުގަދަ އިންޓަނެޓް ސިގްނަލްތައް ފަދަ ހޫގްސްނެޓާއި ވިއަސަޓްގެ ޑިޒައިން އާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތަށް، ވާރޭވެހުމާއި ވިލާ ކަވަރޭޖް އިން ލިބޭ ގެއްލުން ކުޑަވެ އެވެ. އަދި މޫސުމުގެ ސަބަބުން ނެޓް ކެނޑުން ކުޑަކުރުމަށް އެހީތެރިވެދޭ ލޯ އޯބިޓް ސެޓެލައިޓް ޓެކްނޮލޮޖީއާއެކު ޑިޝް ޑިޒައިން ރަނގަޅުކޮށްފައިވާ ސްޓާލިންކް އާއި އެކު އާ ސެޓެލައިޓް ޓެކްނޮލޮޖީއެއް ވެސް މިހާރު ލިބެން ހުރެއެވެ. އަދި އޭގެއިތުރުން މިބާވަތުގެ ޓެކްނޮލޮޖީން ސްޕީޑާއި ލެޓެންސީ އަދި ޖުމްލަ ޕާފޯމަންސް ވެސް ވަރަށް ބޮޑަށް ރަނގަޅުކޮށްދެ އެވެ. އެކަމަކު އޭގެ މާނައަކީ މޫސުމާ ގުޅިގެން ސެޓެލައިޓް އިންޓަނެޓާއެކު ޚިދުމަތަށް ބުރޫއެރުމެއް ކުރިމަތި ނުވާނެ ކަމަށް ބުނުމެއް ނޫނެވެ. އެއީ ހަމައެކަނި ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން އެބާވަތުގެ މައްސަލަަތަކަށް ލިބިގެންދިޔަ ކޮންމެވެސް ވަރެއްގެ ހައްލެކެވެ.

ސްނޯ އާއި އައިސްގެ ސަބަބުން ދިމާވެދާނެ ހުރަހަކަށް ކުރެވިދާނެ ކަންކަންވެސް އެބަހުއްޓެވެ.

ވާރޭ ވެހުމާއި ސްނޯ އާއި އައިސްގެ އުނދަގޫ ބައެއް ސަރަޙައްދު ތަކުގައި ދުވަސްތަކެއް ނުވަތަ ހަފްތާތަކެއް ވަންދެން ދިގުދެމިގެން ހިނގައިދާނެ އެވެ. ސްނޯ ނުވަތަ އައިސްގެ ތުނި ފަށަލައެއް ހުރުމުން އިންޓަނެޓްގެ ހިދުމަތަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ހަގީޤަތުގައި އިންޓަނެޓްގެ ސްޕީޑަށް ބަދަލުތަކެއް އަންނާނެއެވެ.

މިފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ރައްކާތެރިކަމާއެކު އަތުން ނުވަތަ ފޮތިގަނޑެއް ފަދަ އެއްޗަކުން ނުވަތަ މަޑު ބުރުހަކުން ސްނޯ ނަގަން މަސައްކަތް ކުރާށެވެ. މީގެ އިތުރުން ޑިޝްއަށް ގެއްލުން ލިބިދާނެ މަށްޓަކައި ވިންޑްޝީލްޑް ސްކްރޭޕަރ ފަދަ އެއްޗެއް ބޭނުންކުރާށެވެ. ސްކްރެޗް ކޮށްފާނެ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް ސަމާލުކަން ދޭށެވެ.

ފިކްސްޑް ވައިލެސް އާއި 5ޖީ އިންޓަނެޓް

ފިކްސްޑް ވައިރަލްސް އިންޓަނެޓާއި 5ޖީ ހޯމް އިންޓަނެޓް ފަދަ އެއާ އިންޓަނެޓް ހިދުމަތްތަކަކީ ސެޓެލައިޓް އިންޓަނެޓާ ޚިލާފަށް މޫސުމީ މައްސަލަތައް ވަރަށްކުޑަ ޚިދުމަތެކެވެ.

އެހެނީ މިފަދަ ޓެކްނޮލޮޖީގައި އިންޓަނެޓް ސިގްނަލްތައް ދަތުރުކުރަނީ މާ ކުރު ދުރުމިންތަކަކަށެވެ. އާންމުކޮށް ގިނަވެގެން ފަސް މޭލާއި 10 މޭލާއި ދެމެދުގެ ދުރުމިނެއްގައި ދަތުރުކުރާތީ މޫސުން ގޯސްވުމުގެ ސަބަބުން ސިގުނަލްތަކަށް ހުރަސް އެޅުމުގެ ފުރުސަތު ކުޑައެވެ.

މީގެ އިތުރުން 5ޖީއަށް ބޭނުންކުރާ ފިކްސްޑް ވައިލެސް އަދި ސެލްއުލަރ ޓަވަރުތަކަކީ ބިމުން ފެށިގެން މޭލުތަކެއް މަތީގައި ހުންނަ ޓަވަރުތަކެއް ނޫނެވެ. އަދި އެއީ ކްލައުޑް ކަވަރޭޖް ބޮޑު ޚިދުމަތަށް ވާތީ އަސަރުކުރާ މިންވަރު ކުޑަވާނެއެވެ.

އަނެއްކޮޅުން ފިކްސްޑް ވައިލެސް އިންޓަނެޓް މަސައްކަތް ކުރަނީ ޓަވަރާއި ތިބާގެ ގެއާ ދެމެދު ސީދާ ރޮނގެއްގައި ނުވަތަ ފިކްސްޑް ޕޮޒިޝަނެއްގައި އިންޓަނެޓް ސިގްނަލްތައް ބީމްކޮށްގެންނެވެ. އެހެންކަމުން އެ ސިގްނަލަށް ހުރަސްއެޅޭ ކޮންމެ އެއްޗަކުން، މޫސުމީ ވިއްސާރައެއް ފަދަ އެއްޗަކުން، ސިގްނަލް އަށް ބުރޫއަރައިފިނަމަ އިންޓަނެޓް ކަނެކްޝަން އަށް ބުރޫއަރާފާނެ އެވެ.

ކޭބަލް، ޑީއެސްއެލް އަދި ފައިބަރ

ކޭބަލް، ޑީއެސްއެލް އަދި ފައިބަރ ލައިންތައް ސީދާ ގެއަށް ދަތުރުކުރާތީ، ސެޓެލައިޓް، ފިކްސްޑް ވައިރަލްސް އަދި 5ޖީ ފަދަ ވައިގެ މަގުން ޑެލިވަރީ ކުރާ ގޮތްތަކާ އެއްވަރަށް މޫސުމީ ނުރައްކާތަކެއް ކުރިމައްޗެއް ނުވާނެއެވެ.

ވާރޭވެހުމާއި ސްނޯ އަދި ވިލާގަނޑު ކަވަރުވުމުން އިންޓަނެޓްގެ ހިދުމަތަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެނެއްކަމަކު ގެއަށް އަޅާފައިވާ ލައިނެއް ހަލާކުވުން ބުރިވުން ކަހަލަކަމެއް ދިމާވުމަކީ މުޅިން އެހެންކަމެކެވެ.

މޫސުން ގޯސް ދުވަސްވަރު ކޭބަލް، ޑީއެސްއެލް ނުވަތަ ފައިބަރ އިންޓަނެޓަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ކަރަންޓް ކެނޑުމެވެ. ގޭއިން ކަރަންޓް ކެނޑުމުން މޮޑެމް އާއި ރައުޓަރު ބޭނުން ނުކުރެވޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ، މާނައަކީ، އިންޓަނެޓް ސިގްނަލެއް ގޭގައި ހުރި ނަމަވެސް، އިކުއިޕްމަންޓުގައި ބެޓެރީ ބެކަޕް ނެތި ނޫނީ އެ ސިގްނަލް ބޭނުން ނުކުރެވޭނެ އެވެ.

އެހެންކަމުން މިއިން ކޮންމެ ވަޞީލަތަކީވެސް އޭގެ ޒާތުގައި ރަނގަޅު ވަޞީލަތްތަކެކެވެ. ކޮންމެކަމަކަށްވެސް ހައްލެއް އޮންނާނެއެވެ. އެހައްލެއް ބިނާވެގެންދާނީ އެ ޓެކްނޮލޮޖީގެ ބާވަތަށާއި، ބޭނުންކުރާ ބައެއްގެ މައްޗަށެވެ.






އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.