އުކާލެވޭ ތަކެތިން ރާނަން ބޭނުންކުރާ ގައު އުފައްދަނީ

އަޙްމަދު ދާއޫދު 08 އޯގަސްޓު 2022

ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ޢިމާރާތް ކުރުމުގެ ސިނާޢަތަށް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ތެރޭގައި ޕޮލިމަރ ބްލޮކްތަކުން ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަކީ މިހާތަނަށް ހޯދިފައިވަ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތް ކަމުގައި ވެދާނެއެވެ.

ފްލިންޑާސް ޔުނިވާސިޓީގެ އޯގަނިކް ކެމިސްޓުން ދަނީ ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން އުފައްދާ މެޓީރިއަލްސް އިން އިމާރާތް ކުރުމަށް ބާރުއަޅާ، ދެމެހެއްޓެނިވި ބަދަލުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފްލިންޑާސް ޗޯކަރ ލެބުގެ ދިރާސާވެރިން ވަނީ އެޑްހީޒިވް ބޭނުން ނުކޮށް ކެމިކަލް ގުޅުވައިލެވޭ ލުއި ނަމަވެސް ވަރުގަދަ ޕޮލިމަރ ބިލްޑިންގ ބްލޮކްތައް އުފައްދާފައެވެ.

އެމީހުންގެ އެންމެ ފަހުގެ ދިރާސާތަކުގައި މި ތަކެތި އުފެއްދުމުގެ ތެރޭގައި ވަރުގަދަ ކުރެވޭނެ ބައެއް ގޮތްތައް ހޯދާފައިވާއިރު، އެތަކެތީގެ ވަރުގަދަކަން ވެސް ޓެސްޓްކޮށްފައިވެ އެވެ.

މެތިއު ފްލިންޑާސްގެ ކެމިސްޓްރީގެ ޕްރޮފެސަރެއް ކަމަށްވާ ޖަސްޓިން ޗަލްކަރ ވިދާޅުވާ ގޮތުގައި، ދުނިޔޭގައި އަހަރަކު %15 އަށްވުރެ ގިނަ ސީއޯ2 ދޫކުރާ ސިމެންތި، އަދި ދަގަނޑު އުފެއްދުމަކީ ތިމާވެއްޓަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ.

ކެއްކުމަށް ބޭނުންކުރާ ތެލުން ހަދާފައިވާ އަދި ސަލްފަރާއި ޑައިސައިކްލޮޕެންޓަޑައިން (ޑީސީޕީޑީ) އާއި އެއްކޮށްފައިވާ އާ ފޯމެއްގެ ބިއްލޫރި ޓެސްޓަށް މިދިރާސާގައި ބޭނުންކޮށްފައިވެއެވެ. ސަލްފަރާއި ޑީސީޕީޑީ އަކީ ޕެޓްރޯލިއަމް ސާފުކުރުމުގެ ބައިޕްރޮޑަކްޓްތަކެކެވެ.

މިދިރާސާގައި ބަޔާންކޮށްފައިވާގޮތުގައި "ވަރަށް މަދު މިންވަރަކަށް އެމިން ކެޓަލައިސްޓެއް ބޭނުން ކުރާއިރު، ބިއްލޫރިތައް މޯޓަރެއް ނެތި ބައިންޑް ވެއެވެ."

"އެ ހުރިހާ ރޯ މެޓީރިއަލްތަކަކީ ވެސް ފަސޭހައިން ލިބެން ހުންނަ އަދި ސިނާއީ ކުނި ކެޓަގަރީގެ ދަށަށް ވަންނަ ތަކެތި." ދިރާސާގައި ބުނެފައިވެއެވެ.

މި މަޝްރޫއުގެ ޑިރެކްޓަރު ޕްރޮފެސަރު ޗަލްކާ ވިދާޅުވި ގޮތުގައި "މި ދިރާސާއަކީ ދެމެހެއްޓެނިވި ގޮތެއްގައި މާހައުލް ބިނާކުރުމަކާ ދިމާއަށް ދިއުމަށް ކުރާ ބޮޑު މަސައްކަތުގެ ބައެކެވެ."

ކްލީން އާރތް ޓެކްނޮލޮޖީސް އިން ދަނީ މި ޓެކްނޮލޮޖީގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ހޯދާ ތަރައްގީ ކުރުމަށް ފްލިންޑާސް ޔުނިވާސިޓީގެ ކޮލެޖް އޮފް ސައިންސް އެންޑް އިންޖިނިއަރިންގައި ޗަލްކަރ ލެބްގެ އާ ޕޮލިމަރ ރިސާޗް ޓީމާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މެކްރޮމޮލިކިއުލަރ ކެމިސްޓްރީ އެންޑް ފިޒިކްސް ޖާނަލްގައި ޝާއިއުކުރި އެންމެ ފަހުގެ ދިރާސާއިން އަސްލު ތަހުގީގު ފުޅާކޮށް އާ ބުރިކްތަކުގެ މެކޭނިކަލް ކޮލިޓީތައް ޓެސްޓްކޮށް، ކާބަން ފައިބަރ ފިލާ ބޭނުންކުރުން ހިމެނޭ ގޮތަށް ހެދުމުގެ ތެރޭގައި އެތަކެތި ވަރުގަދަ ކުރެވޭނެ ގޮތްތައް ތަހުގީގުކޮށްފައިވެ އެވެ.

ޗަލްކަރ ލެބުގެ ރިސާޗް އެސޯސިއޭޓް ޑރ.މެކްސިމިލިއަން މާން ވިދާޅުވާ ގޮތުގައި ޕޮލިމަރ ބްރިކްސްގެ ސަލްފަރ ބޮންޑްގެ ސަބަބުން ކުނިބުނީގެ ވަސީލަތްތައް ވެލިއު އެޑެޑް ކޮންސްޓްރަކްޝަން މެޓީރިއަލްތަކަށް ރީސައިކަލް ކުރުމުގެ އިތުރުން އާންމު އިމާރާތްކުރުމުގެ އުސޫލުތަކާ ހިލާފަށް މޯޓަރެއް ނެތި ގުޅުވޭނެއެވެ.

ޑރ.މާން ވިދާޅުވާ ގޮތުގައި މި އާ ކެޓަލައިޓިކް ޕްރޮސެސްގައި ހުރި ބޮންޑިންގ ފުދޭވަރަކަށް ވަރުގަދަ ކަމުން، ފަހަރެއްގައި ކޮންސްޓްރަކްޝަން އަވަސްކޮށްފާނެ ފަދަ އަމިއްލަ މޯޓަރެއް އެކުލެވޭ ދެމެހެއްޓެނިވި އިމާރާތް ކުރުމުގެ މެޓީރިއަލްއެއް ކައިރި މުސްތަޤުބަލެއްގައި ލިބިގެން ހިނގައިދާނެއެވެ.

މި ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ ޕެރިސް ޕޯލިންގ ވިދާޅުވާ ގޮތުގައި، މިދިރާސާއަކީ ދެމެހެއްޓެނިވި ތަކެތި ދިރާސާކުރުމުގައި ފަހުގެ ތާރީޚެއްގައި ލިބިފައިވާ ކުރިއެރުންތަކުގެ މޮޅު މިސާލެކެވެ.

މަސްދަރު:

ފްލިންޑާސް ޔުނިވަރސިޓީ

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.