އައިފޯން 14 ޕްރޯގެ ނޮޗް ނެތް ފަރުމާ އާ ލީކަކުން ފެނިއްޖެ

ޢާއިޝަތު ޝައިހާ 09 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯން 14 ނެރުމަށް ގާތްގަނޑަކަށް މަހެއް ހާ ދުވަސް ބާކީވެފައި ވާއިރު، ދުވަސް ދުވަސްކޮޅުން ފެންނަ ލީކްތަކުގެ ސަބަބުން އަޅުގަނޑުމެން މިހާރު މި ތިބީ ހަޤީޤަތް ނޭނގޭ ކޮންމެ ފަދަ ވާހަކައެއްވެސް ގަބޫލުކުރެވޭ ހިސާބަށް އާދެވިފައެވެ. އަދި އައިސް ޔުނިވާސްއިން އެންމެ ފަހުން ލީކުކުރި މައުލޫމާތުތަކަށް ބަލައިލާނަމަ، އައިފޯން 14 ޕްރޯއަށް ނޮޗްއަކީ ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ކުރީގެ ކަމެކެވެ.

މިހާރު އައިސް ޔުނިވާސްއިން ވަނީ، ކަޓްއައުޓްތަކާއި އެއްކޮށް، އައިފޯން 14 ޕްރޯއަށް ފަރުމާކޮށްފައިވާ ސްކްރީން ޕްރޮޓެކްޓަރ ގެ ތަސްވީރެއް ހިއްސާކޮށްފައެވެ.

މި ކަޓްއައުޓްތައް މިހާރު ކުރިން ފެނިފައި ވާހެން އިހުސާސްވި ނަމަވެސް، ސްކްރީން ޕްރޮޓެކްޓަރެއްގެ ގޮތުގައި ފެނުމަކީ އާދަޔާ ޚިލާފު ކަމެކެވެ. ދެ ކަޓްއައުޓްއިން ކެމެރާ ސެޓްއަޕް މަސައްކަތް ކުރުމަށް އެހީވެއެވެ. މި ސްކްރީން ޕްރޮޓެކްޓަރުތަކަކީ ބޮޑު، އަދި ނޮޗްތަކަށް ވުރެ ބޮޑަށް މީހުންގެ މެދުގައި ދެބަސްވުން އުފެދޭނެ އެއްޗެކެވެ. ސަބަބަކީ މިހާރު ނޮޗްއަކީ މީހުންނަށް ކޮންމެވެސް ވަރަކަށް އޭގެ މައުލޫމާތު ލިބިފައިވާ އެއްޗެކެވެ.

ނޮޗްއަށް ވުރެ ގޯސް އެއްޗެއްތަ؟

އެގޮތުން، މިހާރުގެ ފަރުމާއަކީ ގިނަ މޮޅު އެންޑްރޮއިޑް ހޭންޑްސެޓް ސޮލިއުޝަންތަކަށް ވުރެ މާ އުނދަގޫ ފަރުމާއެކެވެ. މި މައްސަލައިގެ އެއްބަޔަކީ އެޕަލްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އެންޑްރޮއިޑް ޑިވައިސްތަކުގައި އުނދަގޫ ފޭސް އައިޑީ ފަންނިޔާތަކަށް ޖާގަ ހުސްކުރާކަށް ނުޖެހެއެވެ. އެހެންކަމުން، އެންމެ ހޯލް ޕަންޗަކުން ކެމެރާއަށް ޖާގަ ހަދައިލެވޭނެއެވެ.

ނަމަވެސް ތެދުތެދަށް ބުނާ ކަމުގައި ވާނަމަ، އެންޑްރޮއިޑް ހޭންޑްސެޓް އުފައްދާ ފަރާތްތަކުން ވަނީ ކުރިމައްޗަށް އިންނަ ލެންސް ފޮރުވޭނެ އީޖާދީ ގޮތްތަކެއްވެސް ހޯދާފައެވެ. އުފައްދާ ފަރާތްތަކުން ވަނީ ފޯނު ތެރޭގައި ކެމެރާތައް، އުނދަގޫ ޕޮޕް-އަޕް އެއްގައި ބަހައްޓާ، ނުވަތަ ސްކްރީން ދަށުގައި ފޮރުވާލައި އެކިއެކި އެކްސްޕެރިމެންޓުތައް ކޮށްފައެވެ.

ނަމަވެސް މި ދެގޮތުން ވެސް ކުރާ ނޭދެވޭ އަސަރުތަކެއް ވެއެވެ. ޕޮޕް-އަޕް މެކޭނިޒަމްތަކުން ހަލާކުވާ ނުވަތަ ހިރަފުސް އެޅޭ އިތުރު މެކޭނިކަލް އެލެމެންޓެއް ހިމެނުމުގެ އިތުރުން ހޭންޑްސެޓްގެ ބަރުދަން އިތުރުކުރެއެވެ. ސްކްރީން ދަށުގައިވާ ކެމެރާތަކަށް ބަލައިލާނަމަ، ތަސްވީރުތަކުގެ ކޮލިޓީ ދަށެވެ.

އެޕަލްއިން، ނޮޗްގެ މަގުބޫލުކަން ކުޑަކަން އެނގި، މިފަދަ ކަންތައްތައް ބަލާފައި ނުވާނަމަ އެއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެ. ނަމަވެސް ކުންފުނީގެ ބްރޭންޑިންގ ގެ ސަބަބުން މިހާރުގެ ފެޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވޭނެކަން ކުންފުންޏަށް އެނގެއެވެ. ނޮޗް ވަނީ، އައިފޯން އެކްސްއާއި އެއާޕޮޑް ގެ ފުރަތަމަ ދުވަސްކޮޅު، އެހެން މަގުބޫލު ފޯނުތައް އުފައްދާ ފަރާތްތަކުން ނަކަލުކޮށްފައެވެ. އަދި މިހާރުވެސް ކަންތައް ވަމުން ދަނީ ހަމަ މިފަދައިންނެވެ.

އައިފޯން 14 ޕްރޯގެ ފަރުމާއަކީ އެފަދަ ދެވަނައެއް ނުވާ ފަރުމާއަކަށް ވާން ޖެހުނު ނަމަވެސް، އޭގެ އަމިއްލަ ގޮތުގައި މޮޅު އެއްޗަކަށް ވެދާނެއެވެ. ޕްރެކްޓިކަލް އަދި އެސްތެޓިކް ގޮތަށް ބެލި ކަމުގައި ވިޔަސް، މިހާރު ފެންނަންހުރި އެހެން އެއްޗެއްސަށް ވުރެ އެހާ ހިތްގައިމެއް ނޫނެވެ.

އުއްމީދަކީ އަޅުގަނޑުމެންނަށް ސެޕްޓެމްބަރު މަހުގެ މެދުތެރެއިން އެޕަލްގެ ކުރިއަށް އޮތް ހަފްލާއިން ފޯނު ފެނިގެން ދިޔުމެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.