ދުނިޔޭގެ ހިނގުން ކުރިއަށްވުރެ ނުހަނު އަވަސްވެއްޖެ: ސައިންސް

އަޙްމަދު ދާއޫދު 10 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔެ ކުރިއަށްވުރެ ބާރަށް އެނބުރެމުންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ދުނިޔެހިނގުމުގެ ސްޕީޑަށް މިއައި ބަދަލަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ސައިންސްވެރިން ބުނެފައިވީނަމަވެސް، ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި ރެކޯޑް ސްޕީޑެއްގައި ދުނިޔޭގެ ގުރުދާގައި އެނބުރެމުން އެބަދެއެވެ.

ޖޫން 29 ވަނަ ދުވަހު މި ޕްލެނެޓް 24 ގަޑިއިރަށް ވުރެ 1.59 މިލިސެކަންޑް އަވަހަށް އެނބުރުނު ކަމަށް timeanddate.com އިން ބުނެފައިވާއިރު، މިއީ 1960 ގެ އަހަރުތަކުގައި އެޓޮމިކް ގަޑި ރެކޯޑް ކުރަން ފެށިފަހުން ދުނިޔޭގެ ދުވެލި އެންމެ ބާރުވި ފަހަރު ކަމަށްވެސް އެ ސައިޓްގައި ބުނެފައިވެއެވެ.

މިއީ 2020 ވަނަ އަހަރު ރެކޯޑްކުރެވުނު އެންމެ ކުރު 28 ދުވަހުގެ ސްޓްރީކް އަށް ފަހު އަނެއްކާވެސް ރެކޯޑް ކުރެވުނު އެންމެ ކުރު ދުވަސް ކަމަށް ސައިންސްވެރިން ބުނެއެވެ. އެގޮތުން މިހާތަނަށް ފާހަގަކުރެވުނު އެންމެ ކުރު ދުވަހުގެ ގޮތުގައި ރެކޯޑް ކުރެވުނީ ޖުލައި 19 ވަނަ ދުވަހެވެ. އެއީ 24 ގަޑިއިރަށް ވުރެ 1.47 މިލިސެކަންޑް ކުރުދުވަހެކެވެ.

އެންއައިއެސްޓީން ފޯރުކޮށްދިން މި ހެންޑްއައުޓް ފޮޓޯއިން ފެންނަނީ ބޯލްޑަރގައި ހުންނަ ޔުނިވާސިޓީ އޮފް ކޮލޮރާޑޯގެ ޕްރޮފެސަރ ޖޫން ޔޭގެ ލެބުގައި ހުރި ދުނިޔޭގެ އެންމެ ޞައްޙަ ވަގުތު ބެލެހެއްޓުމުގެ އެއް ޕިސް ކަމަށްވާ ސްޓްރޯންޝިއަމް އެޓޮމިކް ގަޑިއެކެވެ. (އޭއެފްޕީ)

2022 ވަނަ އަހަރުގެ ޖޫން މަހުގެ މި ރެކޯޑަށްފަހު، ޖެހިގެން އައި މަހު ދުނިޔޭގެ އެނބުރުން އަނެއްކާވެސް އަވަސްވިއެވެ. އެއީ ޖުލައި 26 ވަނަ ދުވަހު 24 ގަޑިއިރަށް ވުރެ 1.50 ސިކުންތު އަވަހަށް އެނބުރުމަކުންނެވެ.

ދުވަސްތައް ކުރުވުމުގެ ފަހަތުގައިވާ ސަބަބު ސައިންސްވެރިންނަށް ޔަގީން ނުވިނަމަވެސް ބައެއް ތިއަރީތައް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރެއިން އެއްތިއަރީއެއްގައި ބުނަނީ މި އަވަސްވުންތައް ދިމާވެދާނެ އެއް ސަބަބަކީ ޗަންޑްލަރ އިފެކްޓް ކިޔާ ހާދިސާއެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެނބުރުމުގައި ރެކޯޑްކުރެވިފައިވާ ތެޅުންތަކެކެވެ.

އެހެން ތިއަރީތަކުން ބުނާ ގޮތުގައި ސްޕީޑަށް އަންނަ ބަދަލު ކަނޑުތަކަށް އަންނަ ބަދަލުތަކާއި، ނުވަތަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުމެއް ވެދާނެ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން އިންޓަވިއު ކުރި ސައިންސްވެރިން ބުނީ ދުނިޔޭގެ އެނބުރުމުގެ ސްޕީޑް އާދައިގެ މަތިން ގަވާއިދުން އުފުލިގެންދާ ކަމަށާއި އެއީ ބިރުގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެނބުރޭ ގޮތުގެ ގުރުދާއަށް ބަދަލުވެ، 'ވޮބްލް' އެއް އުފެދޭ ގޮތަށް ދައްކުވައިދޭ ތަސްވީރެއް (ނާސާ)

"އެއީ މުޅިން އާދައިގެ ކަމެއް،" ނާސާގެ ގޯޑާޑް ސްޕޭސް ފްލައިޓް ސެންޓަރުގެ ސައިންސްވެރިއެއް ކަމަށްވާ އަދި ޕްރޮޖެކްޓް މެނޭޖަރު ސްޓީވަން މެރްކޯވިޓްސް އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވި އެވެ.

“މިކަމުގައި ބިރުވެރިކަމެއް ޚާއްޞަކަމެއް ނެތް. އެއީ އެހާ އާދަޔާޚިލާފު ޑޭޓާ ޕޮއިންޓެއް ނޫން. ހުރިހާ ސައިންސްވެރިން މިކަމަށް އެއްބަސްވޭ. އޭނާ ވިދާޅުވިއެވެ.

އެޓޮމިކް ގަޑިތަކަކީ 1960 ގެ އަހަރުތަކުން ފެށިގެން ވަގުތު މިންކުރުމަށް ވަރަށް ޔަޤީންކަމާއި ސައްޙަކަމާއެކު ބޭނުންކުރަމުން އަންނަ ގަޑިތަކެކެވެ.

މި ޑިވައިސްތަކުން ސިކުންތަކަށް އެތައް މިލިއަން ފަހަރަކު ތެޅޭ ޕާރޓިކަލްއެއްގެ އޮސިލިޝަންތައް ވަޒަންކޮށް ވަގުތުގެ ސީދާ ދަތުރުތައް ވަޒަންކުރެއެވެ.

ގިނަ ފަހަރަށް ތަފާތުތައް ފެންނަނީ 24 ގަޑިއިރުގެ އެޓޮމިކް ގަޑި މިންކުރުމާއި ދުނިޔެ ފުރިހަމައަށް އެނބުރެން ނަގާ ވަގުތާ އަޅާކިޔާއިރުގައެވެ.

މި މިންތައް ސިންކް ނުވެއްޖެނަމަ، ނުވަތަ ސީދާ ނުވެއްޖެނަމަ އިންޓަނޭޝަނަލް އާރތް ރޮޓޭޝަން އެންޑް ރެފަރެންސް ސިސްޓަމްސް ސާވިސް (ގްލޯބަލް ޓައިމް ބެލެހެއްޓޭ ޖަމިއްޔާއެއް) އިން، އެ ތަފާތު އެޖެސްޓް ކުރުމަށްޓަކައި ލީޕް ސެކަންޑެއް އިތުރުކުރަމުން ދެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.