އައިއޯއެސް 16ގެ އާ 5 ފީޗާއެއް!

ހަސަން ޒަޔާން 11 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިއޯއެސް 16 މިވަނީ ޕަބްލިކް ބީޓާ ޓެސްޓިންގ އަށް ހުޅުވާލައިފައެވެ.ގެ އެގޮތުން މި އާ އައިއޯއެސް 16ގައި އަލުން ފަރުމާކޮށްފައިވާ ލޮކް ސްކްރީން އަކާއި، ބެޓެރީ ޕަރސެންޓެޖް ދެއްކުމާއި މިފަދަ އާ ފީޗަރސް ތަކެއް އެބަހުއްޓެވެ.

އެގޮތުން މި އަރޓިކަލް ގައި މައިގަނޑު 5 ފީޗަރ އެއް ފެނިގެންދާނެއެވެ.

ފޮރުވިފައިވާ އަދި ދާދި ފަހުން ޑިލީޓްކޮށްފައިވާ އަލްބަމްތަކަކީ މިހާރު ޕާސްވޯޑް ރައްކާތެރިކުރެވިފައިވާ އަލްބަމްތަކެކެވެ.

މިގޮތުން ފޮޓޯސް އެޕް ގެ ތެރެއިން "ހިޑެން" އަދި "ރީސެންޓްލީ ޑިލީޓެޑް" އަލްބަމް އަކީ މިހާރު ފޭސް އައިޑީ ނުވަތަ ފިންގަރޕްރިންޓް ނުވަތަ ޕާސްވޯރޑް މެދުވެރިކޮށް ޕްރޮޓެކްޓް ކުރެވިފާއިވާ އަލްބަމް ތަކެކެވެ.


ބެޓެރީ ޕަރސެންޓޭޖް

އައިއޯއެސް 16ގެ ބީޓާ-5 ގައި ބެޓެރީ އައިކަން ގެ ތެރެއިން ބެޓެރީ ޕަރސެންޓޭޖްފެންނަ ގޮތް ހެދެއެވެ.

އެގޮތުން މި ފީޗަރ އޮން ކުރުމަށްޓަކައި ސެޓިންގް - ބެޓެރީ - ޝޯ ބެޓެރީ ޕަރސެންޓޭޖް އޮޕްޝަން ޓޮގަލް ކުރާށެއެވެ.


ސޭވްކޮށްފައިވާ ވައިފައި ޕާސްވޯޑްތައް ބަލާ، ޝެއަރ ކުރުން

އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ވައިފައި ޕާސްވޯޑް ތައް ޝެއާ ކުރުމުގެ ހުއްދަ އެޕަލް އިން މިވަނި ދީފައެވެ. އެޕަލްގެ ދެ ޑިވައިސް އެއް ޑިވައިސް އަނެއް ޑިވައިސް ކައިރީގައި ބެހެއްޓުމުން، ވައިފައި ޕާސްވޯޑް ޝެއާ ކުރުމުގެ ހުއްދަ އެޕަލް އިން ވަނީ ދީފައެވެ.

ވައިފައި ޕާސްވޯޑް ބެލުމަށްޓަކައި ހަދާނެ ގޮތް

ސެޓިންގްސް - ވައިފައި - މަތީ ކަނުން އެޑިޓް އިހުތިޔާރު ކުރާށެވެ.

ދެން އެ ވައިފައި ނަމާއި ދިމާ އަށް އިންނަ ޕާސްވޯޑް އަށް ކްްލިކް ކުރުމުން ފޭސް އައިޑީ ނުވަތަ ފިންގަޕްރިންޓް ނުވަތަ ޕާސްވޯޑް ޖަހަން އަރާނެއެވެ. ޖެހުމުން ޕާސްވޯ ބަލާ ޝެއަރ ކުރުމުގެ ހުއްދަ ލިބިގެން ދާނެއެވެ.


ޑުޕްލިކޭޓް ފޮޓޯ ނުވަތަ ވީޑިއޯ ފަސޭހައިން ހޯދާ ޑިލީޓް ކުރުން

ފަހަރެއްގައި ހަމަ އެއް ފޮޓޯ އެތައް ފަހަރަކު ސޭވްކޮށްފައި ނުވަތަ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވީޑިއޯ ޑައުންލޯޑްކޮށްފައި ހުރެދާނެއެވެ. އެހެންވެ ފޮޓޯ އަލްބަމްގައި ޑުޕްލިކޭޓްތައް ހެރެދާނެއެވެ. ސްޓޯރެޖް ކުޑަ ފޯނެއްގަ މިއީ ބޮޑު މައްސަލަ އަކަށް ވެދާނެއެވެ.

ޑުޕްލިކެޓް ފޮޓޯ ޑިލިޓް ކުރާނެ ގޮތް

ފޮޓޯ އަށް ދިއުމަށްފަހު އަލްބަމްތަކުގައި، ޔޫޓިލިޓީސްގެ ދަށުން އާ ޑުޕްލިކޭޓް އަލްބަމެއް މިހާރު ފެންނާނެ، އެޕަލް އިން ތިބާގެ ހުރިހާ ފޮޓޯއެއް ސްކޭންކޮށް، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސޭވްކޮށްފައިވާ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ދައްކާލާނެއެވެ. އެތަނުން ޑުޕްލިކޭޓްތައް ޑިލީޓް ކޮށްލެވިދާނެ، ނުވަތަ ހަމައެކަނި މާރޖް ޕްރެސް ކޮށްލެވިދާނެ، އޭގެ ސަބަބުން ފޮޓޯ އެންމެ މަތީ ކޮލިޓީ (އަދި ކަމާގުޅޭ ޑޭޓާ) އާއެކު ބެހެއްޓޭނެއެވެ.

މެސެޖް އެޑިޓް ކޮށް ޑިލީޓް ކުރުން

މިހާރު އައި މެސެޖް ބޭނުން ކުރައްވާ ފަރާތްތަކަށް މެސެޖް އެޕް މެދުވެރިކޮށް މެސެޖް އަށް އޮބާލުމުން އެ މެސެޖް އެއް ޑިލީޓް ކޮށް އެޑިޓް ކުރުމުގެ ހުއްދަ ލިބިގެންދެއެވެ.


ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.