2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި މޮބައިލް ގޭމް ޖޯންރާތައް ޑައުންލޯޑްކުރާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. އަދި ކުރީ އަހަރާ އަޅާބަލާއިރު މޮބައިލް ގޭމިންގް މާކެޓްވެސް ވަނީ %9.6 ދަށްވެފައެވެ.
ސެންސަރ ޓަވަރ ގޭމް އިންޓެލިޖެންސް އިން ނެރުނު ރިޕޯޓަކުން ބުނެފައިވާގޮތުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ގޭމިން މާކެޓް 11.4 ބިލިއަން ޑޮލަރަށް ވެއްޓުނުއިރު، އެ މުއްދަތުގައި އާމްދަނީ އިތުރުވި ހަމައެކަނި ކެޓެގަރީތަކަކީ އާރކޭޑް އާއި ޓެބްލެޓްޓޮޕް ގޭމް ތަކެވެ.
އާރކޭޑް ގޭމްތަކުގެ އާމްދަނީ ވަނީ %14.8 އިތުރުވެ، 176 މިލިއަން ޑޮލަރަށް އަރާފައެވެ. ނަމަވެސް އެހެން ހުރިހާ ޖޯންރާއެއް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އެންމެ ބޮޑަށް އާމްދަނީ ދަށްވެފައިވަނީ ރޭސިންގް ގޭމްތަކާއި ޖިއޯލޮކޭޝަން އޮގްމެންޓެޑް ރިއަލިޓީ ގޭމްތަކެވެ.
އާމްދަނީ ދަށްވުމުގެ އިތުރުން މޮބައިލް ގޭމް ޑައުންލޯޑް ކުރާ އަދަދުވެސް ވަނީ %2.5 ދަށްވެ، 2.4 ބިލިއަނަށް އަރާފައެވެ.
ސެންސަރ ޓަވަރއިން ބުނެފައިވާ ގޮތުގައި މޮބައިލް ގޭމިންގް މާކެޓް ދަށަށް ގޮސްފައިވަނީ އިންފްލޭޝަން އާއި ކޮވިޑް-19 ގެ ލޮކްޑައުންތައް ނިމުމަކަށް އައުން ފަދަ ސަބަބުތަކާ ހުރެއެވެ.
"ޕަބްލިޝާރސް އަށް އަދިވެސް ކާމިޔާބު ގޭމްތައް ލޯންޗު ކުރެވޭނެ. ނަމަވެސް މި އަހަރުގެ ފަހުކޮޅު މުޅި އިންޑަސްޓްރީ ރީބައުންޑް ވާނީ އިގްތިސާދީ ކަންތައްތައް ރަނގަޅުވުމުން." ސެންސަރ ޓަވަރ ބުނެފައިވެއެވެ.
ފްރީލޭންސް ލިޔުންތެރިޔެއް