ގޫގަލް ސާޗް ކުރާއިރު ކޮމާކޯޅި ބޭނުން ކުރުން އިތުރަށް ފުރިހަމަކޮށްފި

ރީޝަން 12 އޯގަސްޓު 2022

ގޫގަލް ސަރޗްސް ގައި ކޮމާކޯޅި ބޭނުން ކުރުން މިހާރު މިވަނީ ސަފްހާއަކުން ލަފުޒުތައް ފެންނަ ސީދާ ތަން ހޯދަން ބޭނުން ނަމަ ވަރަށް ބޮޑަށް ބޭނުންތެރި ވެގެންނެވެ. އިންޓަނެޓުގެ އެންމެ ބިޔަ ކުންފުނި ގޫގަލް އިން ވަނީ ކޮމާކޯޅި ބޭނުންކޮށްގެން ކުރާ ސަރޗްތައް އަޕްޑޭޓްކޮށް ޕޭޖް ސްނިޕެޓް އެއް މެދުވެރިކޮށް އެ ޕޭޖްތަކުން ހޯދަން ބޭނުންވާ ޓެކްސްޓް ލިބޭނެ ސީދާ ކޮންތާކުން އެނގޭނެގޮތް ހަދާފައެވެ. ބޭނުންވާ ރަނގަޅު ޢިބާރާތެއް ހޯދުމަށްޓަކައި މުޅި ލިޔުން އެއްކޮށް ސްކްރޯލް ކުރަން ނުޖެހޭނެގޮތް ހަދާދީފައެވެ.

އެހެންނަމަވެސް ބައެއް ހުދޫދުތަކެއް އެބަހުއްޓެވެ. ކޮމާކޯޅި ބޭނުންކޮށްގެން ސާޗް ކުރުމުން ގެނެސްދޭ ނަތީޖާގެ ތެރޭގައި ވެބްޕޭޖް ގައި ބޭރުފުށުން ނުފެންނަ މެޓާ ޑިސްކްރިޕްޝަން ތަކާއި ޓެގްތަކުގައި ހުންނަ ނަތީޖާވެސް ދައްކާނެއެވެ. މީގެ އިތުރުން ސްނިޕެޓްތެރޭގައި ހުމިނޭ ހުރިހާ އެއްޗެއް ދުރު ދުރުގައި ހުރިނަމަ ނުފެނިދާނެ އެވެ. އާންމުކޮށް ޑެސްކްޓޮޕްގައި ބޯލްޑް ކޮށްފައިވާ ނަތީޖާތައް ފެންނަން ހުންނާނެއެވެ. ޚާއްޞަ ސަރޗްތަކާއި ނަތީޖާތަކަށް (އިމޭޖް ސަރޗްތަކާއި ވީޑިއޯ ބޮކްސް ފަދަ) ބޯލްޑްކޮށްފައިވާ ލަފްޒުތައް އެއްގޮތަކަށްވެސް ނުފެނިދާނެއެވެ. އަދި ކަމާބެހޭ ކީވޯޑްތަކަށް ފުންމާލުމަށްޓަކައި ބްރައުޒާގެ އޮން ޕޭޖް ސަރޗް ފީޗާ ބޭނުން ކުރަން ޖެހިދާނެއެވެ.

އެ ކުންފުނިން ސިފަކުރި ގޮތުގައި މި ބަދަލު ގެނައީ ފީޑްބެކަށް ތަކާއި ގުޅިގެންނެވެ. ލިޔެކިޔުންތަކުން އަބަދުވެސް ކިޔަން ފަސޭހަ ސިފަތަކެއް ނުއުފެދޭތީ، މާޒީގައި މި ހޯދުންތަކަށް ސްނިޕެޓްތައް ހަދަން އެކުންފުނިން ފަސް ޖެހިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. އެކަމަކު މި އަދާހަމަ އަކީ ހޯދުމަށް ސާޗް ކުރުމުގައި ކޮމާކޯޅި ބޭނުންކުރާ މީހުން ބައެއް ފަހަރު ސައިޓް ޑިސްކްރިޕްޝަންތައް ކިޔުމަށް ވުރެ ލަފުޒުތައް ޕިންޕޮއިންޓް ކުރުމަށް ޝައުގުވެރިވާ "ޕަވަރ ޔޫޒަރުން" ކަމަށް އެކުންފުނިން ގަބޫލުކުރާތީ ގެނައި ބަދަލެކެވެ.

ރީޝަން

ރީޝަން

ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.