މައިކްރޮސޮފްޓުން އިއުލާނުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ މުޅި އިމޯޖީ ލައިބްރަރީ އޯޕަން ސޯސް ކޮށްފިއެވެ. މިދިޔަ ހަފްތާއިން ފެށިގެން ކޮންމެ މީހަކަށްވެސް މައިކްރޮސޮފްޓްގެ ބޮޑު އިމޯޖީ ލައިބްރަރީއަށް ގިޓްހަބް އަދި ފިގްމާ އިން ވަދެވޭނެ އެވެ.
"އަހަރެމެންގެ އިމޯޖީ ބޭނުންވާ ކޮންމެ ފޯމެޓެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޑިޒައިނަރުންނާއި އިންޖިނިއަރުންގެ އާދަޔާއި ހިލާފު ޓީމަކުން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވޭ. ކްލޯޒްޑް ކެޕްޝަން ތަފާތު ބަސްބަހުން އަންނަ ފަދައިން، ކޮންމެ ގޮތަކަށް ބޭނުން ކުރެވޭނެފަދައިން ވާރސަޓައިލް ވުމަށް އިމޯޖީ ވެސް އެސްވީޖީ، ޕީއެންޖީ، އަދި ޖޭޕީޖީ ފައިލްއެއްގެ ގޮތުގައި އުފެދިފައި އޮންނަން ޖެހޭނެ،" މައިކްރޮސޮފްޓްގެ ސީވީޕީ، ޑިޒައިން އެންޑް ރިސާޗް ޖޯން ފްރީޑްމަން ވިދާޅުވި އެވެ.
މައިކްރޮސޮފްޓުން ދާދި ފަހުން ވިންޑޯޒް 11 އަދި މައިކްރޮސޮފްޓް 365 ގައި އިމޯޖީ ސްޓައިލް ރިފްރެޝް ކުރިއިރު، އަލުން ޑިޒައިން ކުރި 3ޑީ އިމޯޖީ ދާދި ފަހުން ވަނީ މައިކްރޮސޮފްޓް ޓީމްސް އަށް ގައި ބޭނުން ކުރަން ފަށާފައެވެ. ނަމަވެސް މި އާ 3ޑީ އިމޯޖީތަކާއި މެދު އެކިމީހުންގެ ހިޔާލުހުރީ ވަރަށް ތަފާތުކޮށެވެ.
ގާނޫނީ ސަބަބުތަކާހުރެ މައިކްރޮސޮފްޓް އަށް ކްލިޕީ ފަދަ ޓްރޭޑްމާކް ކޮށްފައިވާ އިމޯޖީތައް އޯޕަން ސޯސް ނުކުރެވޭ ނަމަވެސް ގިޓްހަބް ރިޕޮޒިޓަރީގައި ޑައުންލޯޑް ކުރެވޭނެ 1،500 އަށް ވުރެ ގިނަ މައިކްރޮސޮފްޓް އިމޯޖީ ވެއެވެ. "އަހަރެމެންގެ ކްރިއޭޓަރ ކޮމިއުނިޓީއަކީ ވަރަށްވެސް ބޮޑަށް އިމޭޖިނޭޓިވް ކޮމިއުނިޓީއެއް، މި އައު ފުރުސަތާއި އެކު ބައުންޑަރީތައް ފަޅާލައި، އަހަރެމެންގެ ޑިޒައިންތައް ރީމިކްސްކޮށް، މި އިމޯޖީ އަހަރެމެންނަށް ކުރިން ނުފެންނަ ތަންތަނަށް ގެންދާނެ ގޮތެއް ބަލަން މިތިބީ ކެތް މަދުވެފައި" ފްރީޑްމަން މިއަދު ބުންޏެވެ.
ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން