2005 އިން ފައްޓައިގެން ވިއްކި ހުރިހާ ފެރާރީތައް ރިކޯލް ކުރަނީ

ޢާއިޝަތު ޝައިހާ 12 އޯގަސްޓު 2022

ފެރާރީއާއި ދޭތެރޭ ވިސްނާލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ރެޑް ބުލް އިން އެއްވަނައާއި އެކު އުފަލުގައި ދިޔައިރު، ފެރާރީގެ އެފް 1 ގެ ޓީމުން ކާމިޔާބީގެ ދަތްތަކުން ބަލި އަތުލި ވާހަކައެއް ނޫނެވެ. ނަމަވެސް 2005 ވަނަ އަހަރުން ފަށައިގެން ވިއްކި ހުރިހާ ކާރެއް ރިކޯލް ކުރުމުގެ މަރުހަލާގައި ރޯޑް ކާ ޑިވިޝަންގެ ވާހަކައަށް ވިސްނާލާށެވެ.

މައްސަލައަކީ ބްރޭކް ފްލުއިޑް ބަހައްޓާ ތަނުގެ ކޮޅުގެ މައްސަލައެވެ. މިތަން ފަރުމާ ކޮށްފައި ވަނީ ބޭނުން ޖެހިއްޖެ ހިނދެއްގައި ޕްރެޝަރު ދަށް ކުރެވޭނެ ހެން ނަމަވެސް މި ފަރުމާއަކީ މާ މަގުބޫލު އެއްޗަކަށް ނުވިއެވެ. ޕްރެޝަރ ދަށްކުރުން ފޭލިވެ، ވެކިއުމް އުފެދި، ބްރޭކް ފްލުއިޑް ލީކުވުން އެކަށީގެން ވެއެވެ. އަދި ބްރޭކް ލައިންގައި ބްރޭކް ފްލުއިޑް ނެތް ނަމަ، ދުވެލި މަޑުކޮށް ނުވަތަ އެއްކޮށް ހުއްޓުމަކަށް ގެންނަން ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

މިކަމަށް އޮތް ޙައްލަކީ ވަރަށް އާދައިގެ ކަމެކެވެ. އެއީ އާ ބްރޭކް ފްލުއިޑް ބަހައްޓާ ތަނުގެ ކޮޅަކާއި، ބްރޭކް ފްލުއިޑް ހުސްވުމުން އެކަން ދުއްވާ މީހާއަށް އަންގައިދޭ ސޮފްޓްވެއަރ ޕެޗެކެވެ.

ކުންފުންޏަށް ހަމައެކަނި ހީވާގޮތުގައި މި މައްސަލަ ދިމާވަނީ އެ ކުންފުނީގެ ކާރުތަކުގެ 1 އިންސައްތައަށް ކަމަށެވެ. ނަމަވެސް ސަލާމަތަށްޓަކައި ހުރިހާ ކާރުތަކެއް ބަދަލުކުރަން ޖެހޭނެއެވެ. އެއީ ގާތްގަނޑަކަށް އެމެރިކާގެ 23،555 ކާރެވެ. މީގެ ތެރޭގައި 2004 ވަނަ އަހަރުގެ ކުރީކޮޅު އުފެއްދި 612 ސްކެގްލިއެޓިސް ހިމެނެއެވެ. އެގޮތުން، މި ލިސްޓުގައި ހަމައެކަނި ނުހިމެނޭނެ މޮޑެލްތަކަކީ 575 އެމް މަރަނެލްލޯ، 599 ޖީޓީބީ، އެސްއެފް90 އަދި އާ 296 ހައިބްރިޑެވެ.

ކާރުތަކުގެ ވެރިފަރާތްތަކަށް ކާރު ރަނގަޅުކުރުމަށް ގެނައުމަށްޓަކައި ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އެންގޭނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.