އާ ފީޗާސްތަކަކާއެކު ވަންޑްރައިވް 15 އަހަރު ފާހަގަކުރަނީ

ފާޠިމަތު އައިން ލަބީޤް 13 އޯގަސްޓު 2022

ވަންޑްރައިވްއަށް 15 އަހަރު ފުރުމުގެ މުނާސަބާތް ފާހަގަކުރުމަށް މައިކްރޯސޮފްޓްއިން ވަނީ ވަންޑްރައިވް ހޯމްގެ ނަމުގައި އާ ލޭންޑިންގް ޕޭޖެއް ތައާރަފްކޮށްފައެވެ. މިހާރު އެންމެ ފުރަތަމަ ވަންޑްރައިވް ހުޅުވާއިރު ފެންނާނީ މައި ފައިލްސް ޓެބް ގެ ބަދަލުގައި އޮފީސްގެ އޮންލައިން ވާޝަންގެ ޑޭޝްބޯޑާއި ވައްތަރު އާ ހޯމްޕޭޖެކެވެ.

އޮފީސް ވެބް އެޕާއި އެއްފަދައިން ވަންޑްރައިވް ހޯމްގައިވެސް ފައިލްތަކުގެ ލިސްޓު ހިމެނެއެވެ. އަދި އެ ލިސްޓްގައިވާ ފައިލްތައް ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް އަދި ޕީޑީއެފް ފައިލްތައް ވަކިން ސޯޓް ކުރެވޭނެއެވެ.

އަދި މިހާރު އެކްޓިވިޓީ ކޮލަމުން އެހެން ޔޫޒަރުންގެ ކޮމެންޓްތައް ކިޔާލެވޭނެއެވެ. ނުވަތަ ޝެއަރ ކުރެވިފައިވާ ޑޮކިއުމެންޓެއްގެ ތެރޭގައި ޓާސްކެއް ހަވާލޮކޮށްފި ނަމަވެސް އެނގޭނެއެވެ. ހޯމް ވިއުގެ ވާތް ފަރާތުގައި އާ ކުއިކް ސެކްޝަނެއް އިތުރުކޮށްފައިވާއިރު، އެ ސެކްޝަން އިން އެންމެ ގިނައިން އެކްސެސް ކުރާ ސްޕޭސްތައް ހޯދައި ޕިން ކުރެވޭނެއެވެ.

މައިކްރޯސޮފްޓްއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވަންޑްރައިވް ހޯމް ތައާރަފްކުރެވޭނެއެވެ.

ވަންޑްރައިވް ވެބް އެޕްގެ އިތުރުން މައިކްރޯސޮފްޓްއިން ދަނީ އޮސްޓްރޭލިއާގައި ވަންޑްރައިވް މޮބައިލް އެޕެއް ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ. މި ފީޗާ އެމެރިކާއާއި ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ތައާރަފްކުރެވޭނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.