މެޓަ ގެ ވެބްސައިޓްތަކަށް ކޯޑް އިންޖެކްޓްކޮށްގެން އެ ވެބްސައިޓް ބޭނުންކުރާ ފަރާތްތައް ޓްރެކް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފޭސްބުކް އާއި އިންސްޓަގްރާމްގެ ވެރިފަރާތް ކަމަށްވާ މެޓާ އިން ދަނީ އެ ކުންފުނީގެ ޔޫޒަރުން ޒިޔާރަތްކުރާ ވެބްސައިޓްތައް ފާހަގަކޮށް، އެ ކުންފުނީގެ ވެބްސައިޓްތަކުގެ ތެރެއިން ވެބް މެދުވެރިކޮށް ފޮލޯ ކުރުމުގެ ފުރުސަތު ފަހިކޮށްދެމުން ކަމަށް ފަޅާއެރީ ގޫގަލްގެ ކުރީގެ އިންޖިނިއަރެއްގެ ރިސާޗަކުން ނެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން ފޭސްބުކް އާއި އިންސްޓަގްރާމް ބޭނުންކޮށްގެން ޓްރެކް ކުރަމުން ދަނީ، ސަފާރީ ނުވަތަ ފަޔާފޮކްސް ފަދަ، އިހްތިޔާރު ކުރާ ޔޫޒާގެ ވެބް ބްރައުޒާގެ ބަދަލުގައި އެ ދެ އެޕް އިން ކޮންޓްރޯލް ކުރާ "އިން-އެޕް ބްރައުޒާ" އެއް މެދުވެރިކޮށެވެ.
ޔޫޒަރުން ބައެއް ލިންކްތަކަށް ކްލިކް ކުރުމުން ވަދެވޭ ބައެއް ސައިޓްތަކަކީ ޓްރެކިންގ މައުލޫމާތު ރެކޯޑްކުރެވެމުންދާ ސައިޓްތައް ކަމުގައި އެ ދިރާސާގައި ވަނީ ބުނެފައެވެ.
"އިންސްޓަގްރާމް އެޕް އިން ދައްކާ ކޮންމެ ވެބްސައިޓަކަށް އެމީހުންގެ ޓްރެކިން ކޯޑް އިންޖެކްޓް ކުރޭ، އޭގެ ތެރޭގައި ކޮންމެ ބަޓަން އެއް އަދި ލިންކް ޓެޕް ކޮށްފައިވާ، ޓެކްސްޓް ސިލެކްޝަން، ސްކްރީންޝޮޓް، އަދި ޕާސްވޯޑް، އެޑްރެސް އަދި ކްރެޑިޓް ކާޑް ނަމްބަރުތައް ފަދަ އެއްވެސް ފޯމެއްގެ އިންޕުޓްތައް، ކޮންމެ ޔޫޒާ އިންޓަރެކްޝަނެއް މޮނިޓާ ކުރުމަށް މަގުފަހިކޮށްދޭ،" ގޫގަލް އިން 2017 ވަނަ އަހަރު ހޯދި އެޕް ޑިވެލޮޕްމަންޓް ޓޫލް އެއް އުފެއްދި ޕްރައިވެސީ ރިސާޗަރެއް ކަމަށްވާ ފެލިކްސް ކްރަސް ބުންޏެވެ.
މެޓާ އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެކިން ކޯޑެއް އިންޖެކްޓް ކުރުމުން އެޕްތަކަށް އަމަލު ކުރުމުގެ ހުއްދަ ދިންތޯ ނުވަތަ ނޫންތޯ ޔޫޒަރުންގެ އިހުތިޔާރުތަކަށް ދީފައިވާނެ ކަމަށާއި، އެފަދަ ޓްރެކިން އިހްތިޔާރު ކުރާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ކުރިން ބޭނުން ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ލިބިދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަސްދުގައި މި ކޯޑް ޑިވެލޮޕްކޮށްލީ އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުގައި އެކިމީހުންގެ [އާސްކް ޓު ޓްރެކް] ޗޮއިސްތަކަށް އިހުތިރާމް ކުރުމުގެ ގޮތުން،" ތަރުޖަމާނަކު ވިދާޅުވި އެވެ. "މި ކޯޑުގެ ސަބަބުން ޓާގެޓެޑް އިޝްތިހާރު ނުވަތަ ގޮތް ނިންމުމުގެ ކުރިން ޔޫޒަރ ޑޭޓާ އެގްރިގޭޓް ކުރުމުގެ ފުރުސަތު ލިބިގެންދޭ. އަޅުގަނޑުމެން އެއްވެސް ޕިކްސެލްއެއް އިތުރުކުރާކަށް ނެތިން. ކޯޑް އިންޖެކްޓް ކުރަނީ ޕިކްސެލް އިން ކޮންވަޒޭޝަން އިވެންޓްތައް އެގްރިގޭޓް ކުރެވޭނެ ގޮތަށް." ތަރުޖަމާނު ވިދާޅުވިއެވެ.
އެމީހުން އިތުރަށް ބުނީ" އިން-އެޕް ބްރައުޒަރ މެދުވެރިކޮށް ގަންނަ ތަކެއްޗަށް، އޮޓޯފިލް ކުރުމުގެ ބޭނުމުގައި ޕޭމަންޓް މައުލޫމާތު ސޭވް ކުރުމަށް ޔޫޒަރ ކޮންސެންޓް ހޯދުމަށް އެދޭ ކަމަށެވެ."
ކްރައުސް އަށް ކޯޑް އިންޖެކްޝަން ފެނިފައިވަނީ ބްރައުޒާ އިން ވެބްސައިޓަކަށް އިތުރުކުރި ހުރިހާ އެކްސްޓްރާ ކޮމާންޑްތައް ލިސްޓް ކުރެވޭނެ ފަދަ ޓޫލެއް ބިނާކޮށްގެން ނެވެ. އާދައިގެ ބްރައުޒަރތަކަށް، އަދި ގިނަ އެޕްތަކަށް، މި ޓޫލްއިން އެއްވެސް ބަދަލެއް ނުފެނޭ، އެކަމަކު ފޭސްބުކް އަދި އިންސްޓަގްރާމަށް މި އެޕްއިން އިތުރުކޮށްފައިވާ 18 ލައިންއޮފް ކޯޑް ގެ ކޯޑު ފެނިއްޖެ. ކޯޑުގެ އެ ލައިންތަކަކީ ވަކި ކްރޮސް-ޕްލެޓްފޯމް ޓްރެކިން ކިޓަކަށް ސްކޭން ކުރާ ލައިންތަކެއް ކަމަށް ބެލެވޭއިރު، އިންސްޓޯލް ނުކުރެވިއްޖެ ނަމަ، އޭގެ ބަދަލުގައި މެޓާ ޕިކްސެލް އަށް ކަނެކްޓްވެ، އެ ކުންފުނީގެ ވެބް ތެރެއިން ޓާގެޓެޑް އިޝްތިހާރު ތައް ދެއްކުމުގެ ފުރުސަތު ލިބެ އެވެ.
ކުރައުސްގެ ރިސާރޗް ގައި ބުނެފައިވާ ކަންކަމަށް މެޓައިން ސީދާ ރައްދު ނުދޭއިރު، އެ ކުންފުނިން އެ ގޮތަށް ވެބްޕޭޖްތައް އަލުން ރިޑައިރެކްޓް ކުރާކަން އެ ކުންފުނިން ޔޫޒަރުންނަށް ހާމައެއް ނުކުރެ އެވެ.
ކްރައުސްގެ ރިސާޗުން ބުނާ ގޮތުގައި ފޭސްބުކް އާއި އިންސްޓަ ގްރާމްގައި މިގޮތަށް ދިމާވިޔަސް، ވަޓްސްއެޕްގެ އިން-އެޕް ބްރައުޒާއަށް އެފަދަ ކޯޑެއް އިތުރުނުކުރެވެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.