މޮބައިލް ފޯނާ ނުލާ ދަތުރުކުރަން ޖެހިދާނެ!

ފާޠިމަތު އައިން ލަބީޤް 18 އޯގަސްޓު 2022

މޮބައިލް ފޯންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތަކަކީ އާންމު ދިރިއުޅުމުގައި އަބަދުހެން ބޭނުންކުރާ އެއްޗެހިތަކަކަށްވާތީ، ދަތުރުކުރާއިރު މިފަދަ ތަކެތި ގިނަ މީހުން ހޭންޑް ލަގެޖައް ލުމަކީ އެހާ ހައިރާންކުރަނިވިކަމެއް ނޫނެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ދަތުރުކުރާ މީހުން އިލެކްޓްރޯނިކް ޑިވައިސެސް ޕެކް ކުރާއިރު ވަކި ގަވައިދުތަކަކަށް ތަބާނުވާނަމަ އެއާލައިންތަކަށް މޮބައިލްފޯން ފަދަ ތަކެތި ބޭން ކުރުމުގެ ބާރު މިހާރު ލިބިގެންވެއެވެ.

ބްރިޓިޝް އެއާލައިން އިން ބުނެފައިވާ ގޮތުގައި އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފުން އެދުމުން ޑިވައިސްތައް އޮން ނުކުރެއްވިއްޖެނަމަ އެ ޑިވައިސްތައް އަތުލުމުގެ ބާރު މުވައްޒަފުންނަށް ލިބިގެންވެއެވެ. އެހެންކަމުން ދަތުރައް ފެށުމުގެ ކުރިން ޑިވައިސްތައް ޗާޖު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހުރިހާ ފަސިންޖަރުން ހުއްޓުވައި ޑިވައިސްތައް ސްވިޗް އޮން ކުރުމަށް ނޭދުނަސް، އެއާޕޯޓުގެ ސެކިއުރިޓީ ޕޮއިންޓްތަކުގައި ރެންޑަމް ޗެކް ކުރެވޭނެއެވެ.

ބްރިޓިޝް އެއާރވޭއިން ޓްރާންސިޓް ކުރާ ފަސިންޖަރުންނަށް ޑިވައިސްތައް ޗާޖުކުރަން ޕްލަގްއާއި ޔޫއެސްބީ ސޮކެޓްފަދަ ތަކެތި ފޯރުކޮށްދެއެވެ. ނަމަވެސް ސެކިއުރިޓީ މުވައްޒަފަކު އެދޭއިރު ޑިވައިސް އޮން ނުކުރެވިއްޖެނަމަ އެފަދަ ތަކެތި ބެލެވޭނީ ސެކިއުރިޓީ ރިސްކެއްގެ ގޮތުގައެވެ.

މިފަދަ ގަވައިދުތައް އެންމެ ފުރަތަމަ ތައާރަފްކުރީ އެމެރިކާއިންނެވެ. އަދި މިހާރު އިނގިރޭސިވިލާތުންވެސް ވަނީ މި ގަވައިދުތަކަށް އަމަލުކުރަން ފަށާފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.