އިލެކްޓްރިކް ވެހިކަލް ކޮމްބަސްޝަން ވެހިކަލްތަކަށް ވުރެ މޮޅު

ފާޠިމަތު އައިން ލަބީޤް 23 އޯގަސްޓު 2022

އެމެރިކާގައި އެވަރެޖްކޮށް ދުވާލަކު ބޭނުންކުރާ 8.9 މިލިއަން ފީފާ ގެ ގޭސޮލީންގެ ތެރެއިން ކޮމްބަސްޝަން ވެހިކަލްތައް ދުއްވުމަށް ބޭނުންކުރަނީ އެންމެ 1.8 މިލިއަން ގެލޮންއެވެ. އެއީ ދުވާލެއްގެ މައްޗަށް ބޭނުންކުރާ އަދަދުގެ އެންމެ %20 އެވެ. އަނެއް %80 ބޭނުންކުރެވެނީ ވެހިކަލްގެ ހީޓިންގްއާއި އޭގެ ޕެރެސެޓިކް އޮކްސިލަރީ ކޮމްޕޯނެންޓްތަކަށެވެ.

ތިރީގައި މިވަނީ ޔޭލް ކްލައިމެޓް ކަނެކްޝަންއިން ޝާއިރުކޮށްފައިވާ ކާރުތަކުގެ އެނާރޖީ ބޭކާރުގޮތުގައި ބޭނުންކުރެވޭގޮތް ދައްކުވައިދޭ ޑައިއަގްރާމްއެކެވެ.

އައިއީސީ ވެހިކަލްތަކުގެ އެނާރޖީގެ ބޮޑު ބައެއް ދަނީ ކާރުގެ އިންޖީން އުފައްދާ ހޫނުގެ ސަބަބުންނެވެ. އަދި ޕެރެސެޓިކް އިންޖީން ކޮމްޕޯނެންޓްތަކުން %5 ގެއްލޭއިރު %4 މޭކޭނިކަލް ފްރިކްޝަންގެ ސަބަބުން ގެއްލެއެވެ. ޖުމްލަކޮށް ބަލާއިރު ވެހިކަލްގެ އަސްލު އެނާރޖީގެ %80-75 ގެއްލިގެންދެއެވެ.

މި ޑާޓާ އިލެކްޓްރިކަލް ވެހިކަލްތަކާ އަޅާކިޔާއިރު އިލެކްޓްރިކް ވެހިކަލްތަކުން ގެއްލެނީ އެންމެ %35-31 ޕަސެންޓް އެނާރޖީއެވެ. އެއީ ޗާރޖިންގް ޕްރޮސެސްގައި ގެއްލޭ %10، ޑްރައިވްޓްރެއިން ކޮމްޕޯނެންޓްސް އަށް 18%، އޮކްސިލަރީ ކޮމްޕޯނެންޓްސް އަށް %4 އަދި ޕަވާރޓްރެއިން ކޫލިންގް އަށް %3 އެވެ.

ޔޭލް ކްލައިމެޓް ޗޭންޖްއިން ބުނެފައިވާގޮތުގައި އާދައިގެ ވެހިކަލްތަކުގެ ބަދަލުގައި އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރުމުން 6.9 މިލިއަން ގޭސޮލީން ފީފާ ރައްކާކުރެވޭނެއެވެ. އަދި އިލެކްޓްރިކް ކާރުތައް ރީފިޔުލް ކުރުމަށް ބޭނުންކުރާ ޕަވާރ ޕްލާންޓްތައްވެސް ގޭސް-ޕަވާރޑް ކާރުތަކަށްވުރެ މާ ރަނގަޅެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.