މައިކްރޯސޮފްޓްއިން މިހާރު ދަނީ ޑިވެލޮޕަރުންނަށް މައިކްރޯސޮފްޓް ޑެވް ބޮކްސް ކްލައުޑް ޕަވާރޑް ވޯކްސްޓޭޝަންތަކުގެ ޕްރިވިއު ވާޝަންއަށް ވަދެވޭނެގޮތް ހަދަމުންނެވެ. އެ ކުންފުނިން މިއަހަރުގެ ކުރީކޮޅު މައިކްރޯސޮފްޓް ޑެވް ބޮކްސް ތައާރަފްކުރާނެކަމަށް އިއުލާންކޮށްފައިވާއިރު، މިއީ ޑިވެލޮޕަރުންނަށް އެޕްލިކޭޝަންތައް ޓެސްޓުކުރުމަށް ފަސޭހަވާނެ ފީޗާއެކެވެ. ޑެވް ބޮކްސްގައި ހިމެނެނީ ޕްރީކޮންފިގާޑް ވޯކްސްޓޭޝަންތަކަށް ޑިވެލޮޕަރުންނަށް ހަލުވިކަމާއިއެކު ވަދެވޭނެގޮތް ފަސޭހަކޮށްދޭ އެޕްތަކެވެ.
ވިންޑޯސް 365 އިން މައިކްރޯސޮފްޓް ޑެވް ބޮކްސް މެނޭޖުކުރުމަށް އެހީތެރިވެދޭއިރު، ޑިވެލޮޕަރުންނަށް މިހާރު އެކި ބްރައުޒާރތަކުން ކޮންމެ ތަނެއްގައި ހުރެގެންވެސް އަޒުއަރ ވާރޗުއަލް ޑެސްކްޓޯމް މެޝީންތަކަށް ވަދެވޭނެއެވެ. މައިކްރޯސޮފްޓް ޑޭވް ބޮކްސް އިން އައިއީޑީ އާއި އެސްޑީކޭ ސަޕޯޓުކުރެއެވެ.
ޑިވެލޮޕަރުންނަށް ވާޗުއަލް ސީޕީޔޫ އާދި 32 ޖީބީގެ ރޭމް އާއި އެކު ކޮންފިގަރޭޓްކޮށްފައިވާ މައިކްރޯސޮފްޓް ޑޭވް ބޮކްސް ޕްރިވިއުކުރެވޭނެއެވެ. ވިޔާފާރިކުރާފަރާތްތަކަށް ކޮންމެ މަހެއްގެ ފުރަތަމަ 15 ގަޑިއިރުތެރޭ ހިލޭ ސިޕީޔޫއާއި މެމޮރީ ބޭނުންކުރެވޭނެއެވެ. އަދި ފުރަތަމަ 365 ގަޑިއިރު 512 ޖީބީގެ ސްޓޯރޭޖް އެސްކޭޔޫ ބޭނުންކުރެވޭނެއެވެ. މައިކްރޯސޮފްޓްއިން ރާވާފައިވަނީ އޯގަނައިޒޭޝަންތަކަށް ގަޑިއަކު އެއްފަހަރު ސްޓޯރޭޖްއާއި ކޮމްޕިއުޓްކުރުމަށް ޕާރ-އަވަރ ބޭސިސްއަށް ޗާރޖުކުރާށެވެ.
މައިކްރޮސޮފްޓް ޑެވް ބޮކްސް އިން 32 ވާޗުއަލް ސީޕީޔޫ އާއި 128ޖީބީގެ ރެމް ހުންނަ މެޝިންތަކަށް ސަޕޯޓް ކުރާނެ އެވެ. ޑިވެލޮޕަރުންނަށް އެމީހުންގެ ލޯކަލް އެޒޫރް ރީޖަންގައި ޑެވް ބޮކްސްތައް ޑިޕްލޮއި ކުރެވި، ކޮންމެ މެޝިނެއްގައި ވެސް ގިގަބިޓް ކަނެކްޝަން ސްޕީޑްތައް ބެހެއްޓިފައިވެއެވެ. މައިކްރޮސޮފްޓުން ވަނީ ޑިވެލޮޕަރުންނަށް ޑެވް ބޮކްސްތައް އިންތިޒާމު ކުރުމަށް ވެސް ޕޯޓަލްއެއް އުފައްދާފައެވެ. މިއީ ލެގަސީ އެޕްތަކާއި ބައެއް އެޕްތަކުގެ ކުރީގެ ވާޝަން މެނޭޖްކުރުމަށް ވަރަށް ރަނގަޅު ޕޯޓަލްއެކެވެ.
ފްރީލޭންސް ލިޔުންތެރިޔެއް