އިންޓަރނެޓްގެ ޒަރިއްޔާއިން ދޮގު މައުލޫމާތު ފެތުރޭ

ފާޠިމަތު އައިން ލަބީޤް 27 އޯގަސްޓު 2022

ގޫގަލްގެ އެހީތެރިކަމާއެކު ޕޮއިންޓާރ އިންސްޓިޓިއުޓް ގެ ޑިޖިޓަލް މީޑިއާ ލިޓަރެސީ އިނީޝިއޭޓިވް ކަމަށްވާ މީޑިއާވައިސް އާއި ބައިންލްއަގުވާމީ ޑާޓާ އެނަލިޓިކް ގުރޫޕެއްކަމަށްވާ ޔޫގަވްއިން ގުޅިގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ހަފްތާއަކު %62 މީހުންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ދޮގު މައުލޫމާތު ލިބެއެވެ.

މި ދިރާސާއިން ދައްކާގޮތުގައި ޖެން ޒީ އާއި މިލެނިއަލްސްއަށް ފަސޭހައިން ދޮގު މައުލޫމާތު ވަކިކުރެވޭއިރު، ބޭބީ ބޫމާރސްއާއި ސައިލެންޓް ޖެނެރޭޝަންއަށް ދޮގު މައުލޫމާތު ދެނެގަންނަން އުދަގޫވެއެވެ.

ދިރާސާގައި ކޮންމެ ޖީލެއްވެސް އިންޓަރނެޓް ބޭނުންކުރާގޮތާއި، އޮންލައިން ކޮންޓެންޓަށް އިތުބާރުކުރާ މިންވަރު ކަނޑައަޅާގޮތް ހޯދާފައިވެއެވެ. މި ދިރާސާގައި ބްރެޒިލް، އިނގިރޭސިވިލާތް، ޖަރުމަނީ، ނައިޖީރިއާ، އިންޑިއާ އަދި ޖަޕާނުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

"ހުރިހާ ޖީލެއްގެ މީހުންވެސް ދޮގު މައުލޫމާތު ދެނެގަތުމަށްޓަކައި ބަލަނީ މަލޫމާތުގެ މަސްދަރަށާއި ޔަގީނުންވެސް ތެދުކަން އިނގޭ މައުލޫމާތައް." މީޑިއާވައިސްގެ ޑިރެކްޓަރ އެލެކްސް މަހޭދަވާން ވިދާޅުވިއެވެ.

އޮންލައިން ކޮންޓެންޓްގެ މައުލޫމާތުގެ ތެދުކަން ޔަގީންކުރުމަށް ކޮންމެ ޖީލަކުންވެސް އިސްކަންދޭ އުކުޅުތައް މި ދިރާސާގައި ހޯދާފައިވެއެވެ. އެގޮތުން ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި ކުރީގެ ޖީލްތަކަށްވުރެ ބޮޑަށް ޖެން ޒީ، ފެކްޓް ޗެކް ކުރުމަށް ސޯޝަން މީޑިއާ ކޮމެންޓްސް އާއި ސާރޗް އިންޖީންތަކުން ރިވާރސް އިމޭޖް ސާރޗް ފަދަ ފީޗާތައް ބޭނުންކުރެއެވެ.

މީޑިއާވައިސްގެ އަމާޒަކީ އިންޓަރނެޓްގައިވާ މައުލޫމާތުގެ މަސްދަރު ތަހުގީގުކުރާނެގޮތް ކޮންމެ މީހަކަށްވެސް ދަސްކޮށްދިނުމެވެ. އަދި މިކަން ކުރުމަށް ތަފާތު އެކި ޕްރޮގަރާމްތައް މީޑިއާވައިސްއިން ހިންގައެވެ. އެގޮތުން މީޑިއާވައިސްއިންވަނީ ލެސަން ޕްލޭންތައް ސްކޫލްތަކުގެ މުދައްރިސުންނަށް ފޮނުވާފައެވެ.

މި ވަސީލަތްތައް ޕީބީއެސް ލާނިން މީޑިއާ ބޭނުންކުރާ މުދައްރިސުންނަށް ހިލޭ ލިބި، ޑައުންލޯޑުކުރެވޭނެ ކަމަށްވެސް މީޑިއާވައިސްއިން ވަނީ ބުނެފައެވެ. އިންފޮމޭޝަން ލިޓަރެސީ ދާއިރާއިން ޕޮއިންޓާރގެ ތަޖުރިބާއާއި މީޑިއާވައިސްގެ ޓީން ފެކްޓް ޗެކިންގް ނެޓްވޯކް ބޭނުންކޮށްގެން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ކޮންޓެންޓް ތަރައްގީކުރެވޭނެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.